ދީން
29 May 2026 | 13:12
”ޙައްޤުނޫން ގޮތުގައި މުދާ ހޭދަ ކުރާ މީހުންނަށް ޤިޔާމަތްދުވަހުން ނަރަކަ ހުއްޓެވެ“

ދިރިއުޅުމުގެ ކަންކަން ބައްޓަންކުރުމުގައި އިސްރާފުކުރުމާ ދުރުހެލިވެ، އިޤުތިޞާދީ ވިސްނުމެއް އިސްކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"ހޭދަކުރުމުގައި އިޤްތިޞާދުކުރުން" މި މައުޟޫޢަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބުނީ، މުދަލަކީ މާތް الله އަޅުތަކުންނަށް ދެއްވާފައިވާ އަމާނާތެއްކަމަށެވެ.

ޚުތުބާގައި ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގައިވާހައި ތަކެއްޗަކީ މާތް الله އަހަރެމެންގެ ޚިދުމަތުގައި ލައްވާފައިވާ ތަކެއްޗެވެ. އަދި މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ މާތް الله ކަމަށްވާއިރު، އެ މުދާ ހޯދުމުގައާއި ހޭދަކުރުމުގައި ޝަރުޢީ މިންގަނޑުތަކަށް ރިޢާޔަތްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުކަމެކެވެ.

ޚާއްޞަގޮތެއްގައި، މުދާ ހޯދުމުގައި ޚިޔާނާތްތެރިވުމާއި، ވައްކަންކުރުމާއި، ރިޝްވަތު ދިނުމާއި، ރިބާގެ މުޢާމަލާތްތައް ފަދަ ޙަރާމް ކަންކަމުން ދުރުހެލިވުމަށް ޚުތުބާގައި ނަޞޭޙަތްތެރިވިއެވެ. ހަމައެހެންމެ، މުދާ ލިބުމަށްފަހު ބޭކާރު ގޮތުގައި ހޭދަކުރުމާއި، ބޭނުންވާ މިންވަރަށްވުރެ އިތުރަށް މުދާ ގަނެ އުކާލަންޖެހުމަކީ ދީނީގޮތުން ހުއްދަ ކަންކަމެއް ނޫންކަން ބަޔާންކޮށްދީފައިވެއެވެ.

"އަދި ތިޔަބައިމީހުން ކައިބޮއިއުޅޭށެވެ! އަދި އިސްރާފުނުކުރާށެވެ! ހަމަކަށަވަރުން އިސްރާފުކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ،" ކީރިތި ޤުރުއާނުގެ އާޔަތެއްގެ މާނަ ވިދާޅުވަމުން ޚުޠުބާގައި ބަޔާންކުރިއެވެ.

މިއަދުގެ ޚުތުބާގައި އިތުރަށް އަލިއަޅުވާލާފައިވަނީ މުދަލުގައި އެހެން މީހުންގެ ޙައްޤުތައް އެކުލެވިގެންވާ ކަމަށެވެ. އެގޮތުން އަނބިދަރިންނާއި، ގާތްތިމާގެ މީހުންނާއި، ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތައް އަދާކުރުމަށް ވަނީ ބާރުއަޅާފައެވެ. އަދި ދުނިޔޭގައި ލިބޭ ނިޢުމަތްތަކާ މެދު ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެކަން ހަނދާންކޮށްދީ، ޙައްޤުނޫން ގޮތުގައި މުދާ ބޭނުންކުރާ މީހުންނަށް އޮތް ނުރައްކާތެރިކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

ކީރިތި ރަސޫލު ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ رِجَالًا يَتَخَوَّضُوْنَ فِيْ مَالِ اللَّهِ بِغَيْرِ حَقٍّ، فَلَهُمُ النَّارُ يَوْمَ الْقِيَامَةِ) މާނައީ: "ހަމަކަށަވަރުން މާތް الله ދެއްވައިފައިވާ މުދާ، ޙައްޤު ނޫން ގޮތުގައި ހޭދަކުރާ ބަޔަކު ވެއެވެ. ފަހެ ޤިޔާމަތް ދުވަހުން އެބައިމީހުންނަށް ނަރަކަ ހުއްޓެވެ!"

ޚުތުބާ ނިންމާލަމުން، ދަރަނި ނަގައިގެން ޚަރަދުކުރުން ފަދަ ނުރަނގަޅު އާދަތަކާ ދުރުވުމަށާއި، ލިބޭ އެއްޗަކުން އިޤުތިޞާދުކޮށްގެން ދިރިއުޅުން ބައްޓަންކުރުމަށް ހުރިހާ މުސްލިމުންނަށް އިލްތިމާސްކުރިއެވެ. މިގޮތަށް ޢަމަލުކުރުމަކީ އިޖުތިމާޢީ ގިނަ މައްސަލަތަކުން ސަލާމަތްވެ، ޢާއިލީ އުފާވެރިކަން އިތުރުވާނެ ކަމެއް ކަމުގައިވެސް ފާހަގަކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.