ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް --
ހަބަރު
30 May 2026 | 14:58
ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ: ޖަލްސާ މާދަމާ ހެނދުނު 9 ޖަހާއިރު

ރައްޔިތުން މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމާ ގުޅޭގޮތުން ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައި ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމަށް އޭނާ ނިސްބަތްވާ ކޮންގްރެސް ޕާޓީން ވަނީ ނިންމާފަ އެވެ. ނާޒިމް ވަކިކުރުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކުރުމަށްފަހު އެކަން ހުށަހަޅާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެ ޕާޓީން ވަނީ ވަނީ ނާޒިމް މަގާމުން ވަކިކުރުމަށް 72 މެމްބަރުންގެ ސޮއި ހޯދާފަ އެވެ. 

ގާނޫނުއަސާސީގައި ވާގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ގަރާރެއް ހުށައެޅުމުން، 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހެ އެވެ. އަދި، ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ވެސް ދޭންޖެހެ އެވެ.

މިދިޔަ ބުދަދުވަހު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި، ވަނީ ނާޒިމް ވަކިކުރުމުގެ ޖަލްސާ ކުރިއަށްގެންދާނޭގޮތް ކަނޑައަޅާފައެވެ. އެގޮތުން މުޅި މައްސަލައަށް އެއްގަޑިއިރު ހޭދަކުރަން ނިންމާފައިވާއިރު، މެންބަރުންގެ ބަހުސަށް 50 މިނެޓް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ނާޒިމަށް 10 މިނެޓްގެ ވަގުތުކޮޅެއް ދިނުމަށް ވަނީ ނިންމާފަ އެވެ

ނާޒިމްގެ މައްޗަށް ދެ ތުހުމަތެއް ކުރެއެވެ. އެއީ ފިތުނަ އުފެއްދުމާއި މަސްލަހަތު ނަގާލުމުގެ ތުހުމަތެވެ.

ނާޒިމްގެ މައްސަލަ ތާވަލުކޮށް މާދަމާގެ އެޖެންޑާ މިހާރު ވަނީ ނެރެފަ އެވެ. އެޖެންޑާގައި އޮތީ ހަމައެކަނި އެ މައްސަލަ އެވެ. އެ ގަރާރާމެދު ގޮތް ނިންމުމުގެ ޖަލްސާ ފަށާނީ މާދަމާ ހެނދުނު 9:00 ގަ އެވެ.

މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަކީ މި ދައުރުގެ އެންމެ ފަހު ޖަލްސާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.