މަންފާ އީދު އުފާ: މަދަހަ މުބާރާތުގެ ތެރެއިން --
ހަބަރު
30 May 2026 | 15:42
މަންފާ އީދު އުފާ: މަދަހަ މުބާރާތާއެކު ފެރިދޫ ދަރިވަރުންނަށް ބޮޑު ފުރުސަތެއް

މަންފާ އިން މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް އއ. ފެރިދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް މަދަހަ މުބާރާތާ އެކު ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

ފެރިދޫ ކައުންސިލް އިދާރާގެ ހޯލުގައި ކުރިއަށް ދިޔަ މަދަހަ މުބާރާތުގައި ފެރިދޫއަށް ނިސްބަތްވާ ގިނަ ދަރިވަރުންތަކެއް ވަނީ މަދަހަ ހުށައަޅައިދީފަ އެވެ. 15 އަހަރުން ދަށުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ބޭއްވި މި މުބާރާތުގައި ދަރިވަރުން ވަނީ ތަފާތު ރީތި މަދަހަތަކެއް ހުށައަޅައިދީފަ އެވެ.

މަންފާ އީދު އުފާ: މަދަހަ މުބާރާތުގެ ތެރެއިން --

މަންފާ އީދު އުފާ: މަދަހަ މުބާރާތުގެ ތެރެއިން --

ދަރިވަރުންގެ މަދަހަތަކަށް އިންސާފުކޮށް ދެއްވީ މަދަހަ ކިޔުމުގައި ދިވެހީންގެ ތެރޭގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ އަދި މިފަދަ މުބާރާތްތަކުގައި އިސް ފަނޑިޔާރެއްގެ ގޮތުން ވަރަށް ގިނައިން ބައިވެރިވެފައިވާ އަލްއަޚް އިބްރާހިމް ރަމީޒު (އިބޭ) އެވެ.

މަންފާ އީދު އުފާ: މަދަހަ މުބާރާތުގެ ތެރެއިން --

މަންފާ އީދު އުފާ: މަދަހަ މުބާރާތުގެ ތެރެއިން --

މަންފާ އީދު އުފާ: މަދަހަ މުބާރާތުގެ ތެރެއިން --

އީދުގެ ހަރަކާތްތައް ނިންމުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވަނީ މަދަހަ މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމް ދީފަ އެވެ.

މުބާރާތުގެ ތިންވަނަ ބައިވެރިޔާއަށް 1,000 ރުފިޔާގެ ފައިސާއާ ޓްރޮފީ އަދި ހަނދާނީ ލިޔުން ދީފައިވެ އެވެ. ދެވަނަ އަށް އައި ބައިވެރިޔާއަށް 1,500 ރުފިޔާގެ ފައިސާއާ ޓްރޮފީ އަދި ހަނދާނީ ލިޔުން ދީފައިވެ އެވެ. އެއްވަނަ ބައިވެރިޔާއަށް 2,500 ރުފިޔާގެ ފައިސާއާ ޓްރޮފީ އަދި ހަނދާނީ ލިޔުން ދީފައިވެ އެވެ.

މީގެ އިތުރުން މުބާރާތުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ހަދިޔާ ދީފައިވެ އެވެ.

މަންފާ އީދު އުފާ: މަދަހަ މުބާރާތުގެ ތެރެއިން --

މަންފާ އީދު އުފާ: މަދަހަ މުބާރާތުގެ ތެރެއިން --

މި މުބާރާތާއެކު ދަރިވަރުންނަށް ވަނީ ބޮޑު ފުރުސަތެއް ފަހިވެފަ އެވެ. އެގޮތުން ކުރިއަށް އޮތްތާ އެ ރަށުގައި މަދަހަ މުބާރާތެއް ވަރަށް ބޮޑުކޮށް ކުރިއަށް ގެންދަން ނިންމާ އެކަން ވަނީ އިއުލާނުކޮށްފަ އެވެ. އަދި މަދަހަ މުބާރާތްތަކުގައި ދަރިވަރުން ބައިވެރިވާއިރު ވިސްނާލަން ޖެހޭ މުހިންމު ކަންކަން އެ ދަރިވަރުންނަށް އިބްރާހިމް ރަމީޒު ވަނީ ވިދާޅުވެ ދެއްވާފަ އެވެ.

މަންފާ އީދު އުފާ: މަދަހަ މުބާރާތުގެ ތެރެއިން --

މަންފާ އިން މި ފަހަރުގެ ބޮޑު އީދު ރަސްމީކޮށް ފާހަގަކުރީ އއ. ފެރިދޫގަ އެވެ. އެންމެ ހާއްސަ ކަމަކަށް އޮތީ އީދު ދުވަހުގެ ހަވީރު އޮތް ކުޑަކުދީންގެ ހަވީރެވެ. އެއީ މިހާތަނަށް އެ ރަށުގައި ބޭއްވި އެފަދަ އެންމެ ކުލަގަދަ ހަވީރެވެ.

މަންފާ އީދު އުފާ: މަދަހަ މުބާރާތުގެ ތެރެއިން --

ފެރިދޫގައި ބޮޑު އީދު ނަމާދު އިމާމުވެ ކުރެއްވީ އަލްއަޚް އަލީ ރަމީޒެވެ. ފެރިދޫ އިން މަންފާ ޓީމަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ރަށުގައި މަންފާގެ ދީނީ އެކި ހަރަކާތްތައް ހިންގުމަށް ކައުންސިލާ އެކު ވަނީ މަޝްވަރާ ކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.