އަރޫފާ, އޭނާގެ ކުޑަ ދަރިފުޅާއެކު ގޮސް އިނާމާ ހަވާލުވަނީ --
ރިޕޯޓް
31 May 2026 | 17:02
ދަނގެތީ އީދު އުފާ: ޢުމްރާ ދަތުރު ވޮއިސްގެ އަރޫއަށް، އުންމީދާއެކު ދުޢާކުރުމުގެ ނަތީޖާ

އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އެންމެ ކުލަގަދަކޮށް އީދު ފާހަގަކުރާ އެއް ރަށަކީ އދ. ދަނގެއްޗެވެ. އެ ރަށުން މުޅި ރާއްޖެއަށް މި ނަމޫނާ ދައްކާތާ ފަސް އަހަރެއްހާ ދުވަސްވީ އެވެ. އިސްލާމީ އުސޫލުގެ ތެރެއިން ވަރަށް ކުލަގަދަކޮށް އެހާމެ އުފާވެރިކޮށް އީދު ފާހަގަ ކުރެވޭނެކަން ސާބިތުކޮށްދިން ރަށަކީ އެއީ އެވެ.

ދަނގެތީ "ގަލަމް" ޖަމިއްޔާއިން އެ ރަށުގެ މުއައްސަސާތަކާއި ގުޅިގެން ކުލަގަދަކޮށް އީދު ފާހަގަކުރާތީ ކޮންމެ އަހަރަކުވެސް ބޮޑު އީދާ ދިމާކޮށް އެތައް ބަޔަކު އެ ރަށަށް ޒިޔާާރަތް ކުރެ އެވެ. ރަށުން ބޭރުގައި ދިރިއުޅޭ އެ ރަށުގެ އެތައް އާއިލާތަކެއްވެސް ބޮޑު އީދަށް ރަށަށް ޖަމާވެ އެވެ. އީދަށް މުޅި ރަށް އޮންނަނީ ފުރިފަ އެވެ.

ދަނގެތީ އީދު އުފާ 

އީދުގެ ހަތަރު ދުވަހަށް ބަހާލައިގެން ކުޅިވަރާއި މުނިފޫހިފިލުވުމުގެ އެތައް ހަރަކާތެއް އިންތިޒާމު ކޮށްފައި އޮވެ އެވެ. އެހާމެ ފުރިހަމަ އިންތިޒާމެއްގެ ދަށުން އެ ހަރަކާތްތައް ކުރިއަށް ގެންދާއިރު ބައިވެރީންނަށް އަގުހުރި އިނާމުތަކެއް ލިބޭނެ ފުރުސަތު ވެސް އޮންނަނީ ފަަހިކޮށްދީފަ އެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް "ދަނގެތީ އީދު އުފާ" ވަރަށް ފޯރިގަދަ އެވެ. ރެއަކީ ރައްޔިތުންގެ ބޮޑު  ބާބެކިއު އާއެކު އީދުގެ ހަރަކާތްތައް ނިންމާލި ރެ އެވެ. މިއީ އީދުގެ އެންމެ ޚާއްސަ ރޭވެސް މެ އެވެ. ރަށުގެ ކުދިބޮޑު އެންމެން އެއްތަނަކަށް ޖަމާވެ ކެއުމަށް އިންސާފުކުރާއިރު އީދަށް ޚާއްސަ އެންމެ އަގުބޮޑު އިނާމުތަކުގެ ޙައްގުވެރީން ކަނޑައަޅާ ރެ އެވެ.

ދަނގެތީ އީދު އުފާ 

މި އަހަރުގެވެސް އެންމެ ޚާއްސަ އިނާމަކީ އުމްރާ ދަތުރެކެވެ. ޤިބްލަ ގުރޫޕުން ހުށައަޅާފައިވާ މި ފަހަރުގެ އުމްރާ ދަތުރުގެ ނަސީބުވެރިއަކީ ޚަދީޖާ އަރުފާ އެވެ. އެއީ ވޮއިސްގެ އެންމެ ފާާހަގަކޮށްލެވޭ ނޫސްވެރިޔާ އެވެ. އދ. މަހިބަދޫއަށް ނިސްބަތްވީ ނަމަވެސް އަރުފާގެ ދިރިއުޅުން އޮތީ ދަނގެތީގަ އެވެ.

ވަރަށް ބޮޑު އުފަލެއް, އުންމީދާއެކު ދުޢާކުރުމުގެ ނަތީޖާ

އުމްރާއަކަށް ދިއުމަކީ އަރުފާގެ ވަރަށް ބޮޑު އުންމީދެކެވެ. އެހެން ކަމުން އެފަދަ ފުރުސަތެއް ތަނަވަސްވޭތޯ އަބަދުވެސް ދުއާ ކުރެ އެވެ. ހަމައެކަނި ހިތުން އެކަމަށް އެދުމުގެ ބަދަލުގައި اللهއާ ކުއްތަންވެ އެކަމަށް އެދި ކުރުމުގައި ދެމި ހުރި އެވެ.

އެންމެ މާތް ދުވަސްތަކާއި ރޭތަކުގައި ދުއާ ކުރުމުގައި ވަގުތު ހޭދަކުރި އެވެ.

އަރޫ ބުނި ގޮތުގަައި އިއްޔެ ވަގުތުކޮޅަކަށް ނިދާލެވުނުއިރު ހުވަފެނެއް ފެނުނެ އެވެ. ފެނުނީ އޭނާގެ ދުއާ الله އިޖާބަކުރައްވާ އުމްރާގެ އަޅުކަމަށްދާންް ތައްޔާރުވަނިކޮށެވެ. ނަމަވެސް ދަތުރަށް ނުފެށި އުޅެނިކޮށް ހޭލެވުނީ އެވެ.

ނަމަވެސް ނަމާދުކޮށް ކުށްފާފަތަކުން ތަޢުބާއަށް އެދި اللهއަށް ދެއަތް އުފުލާ ދުއާކުރި އެވެ. އަދި އުމްރާއަކަށް ދިއުމުގެ ނަސީބު މިންވަރު ކުރެއްވުން އެދި ދުއާކުރި އެވެ. ރޭ އޮތް ބާބެކިއު އަށް އަރޫ ދިޔައީވެސް އިޝާ ނަމާދުކޮށް އެ ދުއާ ތަކުރާރުކުރުމަށް ފަހު އެވެ.

އަރޫފާ, އޭނާގެ ކުޑަ ދަރިފުޅާއެކު ގޮސް އިނާމާ ހަވާލުވަނީ --

ގުރުއަތުގެ ވަގުތު ޖެހުނުއިރުވެސް އަރޫގެ ދޫ މަތީގައި ވަނީ ޒިކުރެ އެވެ. އަދި އެ ފުރުސަތު މިންވަރު ކުރެއްވުން އެދި ކުރެވުނު ދުއާ އެވެ. ނަމަވެސް ގުރުއަތުން ނެގުނީ އަރޫގެ ނަމެއް ނޫނެވެ. އެކަމުން ހިތަށް އެއްވެސް ދައްޗެއް ނެތެވެ. އަސްލު ވަގުތު ނުޖެހެނީކަން އަރޫއަށް ޔަގީންވި އެވެ. މާތްاللهއާމެދު އޮތް ޔަގީންކަމަށް ކުޑަވެސް އުނިކަމެއް ނާދެ އެވެ. އިހްލާސްތެރިކަމާއެކު ކަމަކަށް އެދި ކުރާ ދުއާ އެންމެ ރަނގަޅު ވަގުތު އިޖާބަ ކުރައްވާނެކަން އޭނާއަށް ޔަގީނެވެ.

ކަން ދިމާކުރީ ހީވެސް ކުރެވިފައިވާ ގޮތަކަށް ނޫނެވެ. ގުރުއަތުން ލައްވާލި މީހާ އެ ތަނުގައި ނެތެވެ. ގަވާއިދު އޮންނަ ގޮތުން ގުރުއަތުން ހޮވޭ ނަންބަރުގެ ވެރި ފަރާތް އެތަނުގައި ހުންނަން ޖެހެ އެވެ. އަދި ވަގުތުން އިނާމާ ހަވާލުވާން ޖެހެ އެވެ. އެހެން ކަމުން ދެވަނަ ނަންބަރެއް ނަގަން ޖެހުނީ އެވެ. މާތްالله އަރުފާގެ ދުޢާ އިޖާބަ ކުރެއްވީ އެވެ. މި ފަހަރު ނެގުނީ އޭނާގެ ނަންބަރެވެ.

މިއީ އުންމީދާއެކު އެތައް ދުވަހެއް ވަންދެން އަރުފާ ކުރި ދުޢާގެ ނަތީޖާ އެވެ. އިރާދަފުޅުން ޤިބްލަ ގުރޫޕާއެކު އުމްރާގެ އަޅުކަމަށް ދިއުމުގެ މަގު ތަނަވަސްވީ އެވެ.

            

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.