މަޖިލީހުގެ ރައީސް އަރިހުގައި ފަލާހް --
ހަބަރު
31 May 2026 | 20:04
ފަތުރަނީ ދޮގެއް، މަޖިލީހުގެ ނާއިބު ރައީސް ކަމަށް ވާދައެއް ނުކުރަން: ފަލާހް

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ލިސްޓްގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ހިމެނޭ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ނާޒިމް, އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ.

ނާޒިމްގެ އިތުބާރު ނެތް މައްސަލަ 73 މެންބަރުންގެ ސޮޔާއެކު ހުށައެޅުމުން މިއަދު ވަނީ އެ ވޯޓް ނަގަން ޖަލްސާއެއް ބާއްވާފަ އެވެ. ނަމަވެސް ވޯޓް ނަގަން ވަގުތު ކުޑަތަންވެފައި ވަނިކޮށް ނާޒިމް ވަނީ ތުހުމަތުތައް ދޮގު ކުރައްވާ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އެ މަގާމަށް ޕީއެންސީގެ ތެރޭގައި ބޮޑު ވާދައެއް އޮތް ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ހަތަރު ބޭފުޅަކު އެ މަގާމަށް ވަޑައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ. އޭގެ ތެރޭގައި ފަލާހް ވެސް ހިމެނެ އެވެ. ފަލާހް އަކީ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރެވެ.

ބައެއް ނޫސްތަކުން ވަނީ މަޖިލީހުގެ ނާއިބު ރައީސް ކަމަށް ވަޑައިގަތުމަށް ފަލާހް މަސައްކަތް ކުރަމުންދާ ކަމަށާ ތާއީދު ހޯދުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ބުނެ އެކަން ރިޕޯޓް ކޮށްފަ އެވެ. ނަމަވެސް ފަލާހް ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހް ވިދާޅުވީ މަޖިލީހުގެ ނާއިބު ރައީސް ކަމަށް އޭނާ ވާދަ ނުކުރާނެ ކަމަށެވެ.
"އަޅުގަނޑު މަޖިލީހުގެ ނާއިބު ރައީސް ކަމަށް ވާދައެއް ނުކުރަން," ބައެއް ނޫސްތަކުން ފެތުރި ހަބަރު ދޮގުކޮށް ފަލާހް އޭނާގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.