ޝެއިޚް އަހުމަދު ސަމީރު- ފޮަޓޯ/ ދާރިސް ޓީވީ
ހަބަރު
03 Jun 2026 | 08:28
ޝެއިޚް ސަމީރު ކިޔައިދެއްވީ އެކްސިޑެންޓްވި ވަގުތު ފުލުހުން މުޢާމަލާތް ކުރެއްވި ގޮތުން ލިބުނު ހިތްހަމަޖެހުން

މަގުމަތީގައި ހިނގި އެކްސިޑެންޓްއަކާ ގުޅިގެން ފުލުހުން މުޢާމަލާތްކުރި ގޮތުން، އެވަގުތު ތަޙައްމަލުކުރަންޖެހިވަޑައިގެންނެވި ނަފްސާނީ ނުތަނަވަސްކަމަށް ބޮޑު ލުޔެއް ލިބިގެންދިޔަ ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޝެއިޚް ސަމީރު މިކަން ފާހަގަކުރެއްވީ "ޢިލްމީ ޚަޒާނާ" ޕްރޮގްރާމްގައި ރިވެތި މުޢާމަލާތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން، ޝެއިޚްވަނީ ޝެއިޚްއަށް ދިމާވި އެކްސިޑެންޓެއްގެ ތަޖުރިބާ ޙިއްސާކުރައްވާފައެވެ.

ޝެއިޚް ވިދާޅުވީ، އެކްސިޑެންޓްވި ވަގުތު މުޅި މަގު ބެދި، އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން ވަރަށް ބޮޑަށް ކަންބޮޑުވެ ނުތަނަވަސްކަން ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އެއީ ޝެއިޚްގެ ދިރިއުޅުމުގައި ކުރިމަތިވި މިފަދަ ފުރަތަމަ ހާދިސާ ކަމަށްވުމުން، އެވަގުތު ހުރީ ވަރަށް ބޮޑަށް ދެރަވެ މާޔޫސްވެފައި ކަމަށް ޝެއިޚް ކިޔައިދެއްވިއެވެ.

މާލޭ މަގުމަތީގަ އެކްސިޑެންޓެއް ވުމަކީ ހަމައެކަނި އެކްސިޑެންޓެއް ނޫން. އެއާއެކު މުޅި މަގު ބަންދު ކުރެވޭ މައްސަލައެއް. އެންމެން ކަންބޮޑުވާ މައްސަލައެއް. އެންމެން ބަލަހައްޓައިގެން. މަގޭ މާލޭ ކާރުބާރު ބޮޑު މަގެއްގަ އެކްސިޑެންޓް ވުމަކީ ދެން ވަރަށް އެހެން ކަހަލަ ކަމެއް. އެކްސިޑެންޓްވި މީހާ އަށް އެއްކަލަ ވަރަށް ބޮޑަށް ދެރަވެ ވަރަށް ބޮޑަށް މީހާ ކަންބޮޑުވާ މައްސަލައެއް… الله ގެ ރަޙްމަތުން ޖާނަށް ގެއްލުމެއް ނުވި ނަމަވެސް، ވެހިކަލަށް ލިބުނު ގެއްލުން ބޮޑު، އެ މަރާމާތުކުރަން ބޮޑު ހަރަދެއް ދާނެކަން" ޝެއިޚް ވިދާޅުވިއެވެ. 

ނަމަވެސް، އެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެންނެވި ފުލުސް އޮފިސަރު ކަންތައް ކުރެއްވި ގޮތުން ލިބުނު ހިތްހަމަޖެހުން ޝެއިޚް ވަނީ ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާފައެވެ.

"އެ ބޭފުޅާ ވިދާޅުވީ އެކްސިޑެންޓް ވާނެއޭ، އެއީ އާ ކަމެއް ނޫނޭ. އެއީ އަޅުގަނޑުގެ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބުނު ބަހެއް. އެކަމުގެ ސަބަބުން، އެކްސިޑެންޓާ ގުޅިގެން ދެން ހުރި މަރުހަލާތަކާއި ތަޙްޤީޤަށް ކުރިމަތިލާން ނަފްސަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދިޔަ،" ޝެއިޚް ސަމީރު ވިދާޅުވިއެވެ.

އެކަމު އެބޭފުޅާ ވަޑައިގެން އަޅުގަނޑަށް އެއްޗީކީނަމަ ރޮވުނީސް ކަންނޭނގެ. މާނައަކީ ހިތްދަތިވެ އަސަރު ހުރީސް އެހެން ގޮތަކަށް ކަންނޭނގެ. އަޅުގަނޑު ހުރީ އިރަކުގަ ނަފްސަށް ވަރަށް ބޮޑަށް މާނެވީއާތު ވަރަށް ބޮޑަށް ކަތިލެވިފައި. މުދާ ހަލާކުވެފައި. މަގުމަތި. ހަރާބުވެފައި. ދެން އަނެއްކޮޅުން ބަލާއިރުގަ އަޅުގަނޑު މީގެ ގޯސް ހެދިފައި މިއޮތީ އަނެއްހެން.. އެކަމަކުވެސް އެއާއި އެ މުއާމަލާތް ކުރެއްވި ގޮތް. އަޅުގަނޑުގެ ނަފްސަށް ވަރަށް ބޮޑަށް ފަސޭހައަކަށްވެގެންދިޔަ. ކަންކަމާ ކުރިމަތިލާ. މިއަދު އެެ ވާހަކަ މިކިޔާދެނީ އެ ހަނދާން އަޅުގަނޑު ސިކުނޑީގަ ހުރީމަ. ނަމަވެސް ބޮޑު އެއްޗެއް ނޫން ދެއްތޯ އެބޭފުޅާ ވިދާޅުވީ. ވަރަށް ކުޑަކުޑަ އެއްޗެއް…

ޝެއިޚް ސަމީރު

ޝެއިޚް އިތުރަށް ވިދާޅުވީ، އިންސާނަކަށް ދަތި ހާލަތެއް ކުރިމަތިވާ ވަގުތު އަނެކާ ބުނެލާ ރީތި ބަހަކީ އެމީހެއްގެ ހިތުގައި ބަދަލުނުވެ ދެމިހުންނާނެ އެއްޗެއް ކަމަށެވެ.

ހަމަ އެގޮތަށް، ދުލުން ކުރާ ޒަހަމަކީ ކަނޑިން ކުރާ ޒަހަމަށްވުރެ ބޮޑުވެފައި، ހަނދާނުން ފޮހެލަން އުނދަގޫ އެއްޗެއްކަން ފާހަގަކުރައްވައި، ކޮންމެ މީހަކުވެސް އަނެކާއާ މުޢާމަލާތްކުރުމުގައި ރިވެތި އަދަބުތައް އިސްކުރުމަށް ޝެއިޚް ނަސޭހަތްތެރިވެލެއްވިއެވެ.

ކޮމެންޓް
ޢަލީ
ޝެޙް އަކީ ވަރަށް ރަގަޅު ބޭފުޅެއް، މާތް ﷲ ޝެޙު ރައްކާތެރި ކުރައްވާދޭވެ
03 Jun 2026
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.