ރޭޕާ ދެކޮޅަށް ޕާކިސްތާނުގައި ކުރި މުޒާރާހަރާއެއް- ފޮޓޯ/ ރޮއިޓާސް
ދުނިޔެ
05 Jun 2026 | 09:57
އަންހެނަކު، އޭނާގެ ދަރިންގެ ކުރިމަތީގައި ރޭޕްކުރި ދެ މީހަކު މަރަން ޕާކިސްތާނު ހައިކޯޓުން ހުކުމް ކޮށްފި

ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ ލާހޫރު-ސިއާލްކޮޓް މޮޓޯވޭގައި، ތިން ދަރިންގެ ކުރިމަތީގައި ފްރެންޗް އަންހެނަކު ރޭޕްކުރި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުންގެ މަރުގެ ހުކުމް ލާހޫރުގެ ހައިކޯޓުން ބުދަ ދުވަހު ދަމަހައްޓައިފިއެވެ.

މި މައްސަލައިގައި މަރުގެ އަދަބު އިއްވާފައިވާ ދެ މީހުން ކަމަށްވާ އާބިދު އަލީ އާއި ޝަފްގަތު އަލީ ވަނީ ދަށު ކޯޓުގެ ހުކުމް އިސްތިއުނާފު ކޮށްފައެވެ.

ނަމަވެސް، ލާހޫރު ހައިކޯޓުގެ ފަނޑިޔާރު ސައްޔިދު ޝަހުބާޒް އަލީ ރިޒްވީ އަދި ފަނޑިޔާރު ތާރިގު މަހްމޫދު ބަޖްވާ ހިމެނޭ ބެންޗުން ވަނީ އެ ދެ މީހުންގެ އިސްތިއުނާފީ މައްސަލަ ބޭރުކޮށްލައި، ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ސެޕްޓެމްބަރު 2020 ގައެވެ. އުމުރުން 32 އަހަރުގެ، ޕާކިސްތާނު ދަރިކޮޅުގެ މި ފްރެންޗް އަންހެންމީހާ އޭނާގެ ތިން ދަރިންނާއެކު ދަތުރުކުރަމުން ދަނިކޮށް، ލާހޫރު ކައިރިން ކާރުގެ ތެޔޮ ހުސްވެގެން މަގުމަތީގައި މަޑުކޮށްގެން އިންދާ، ހަތިޔާރާއެކު ދެ މީހަކު އައިސް ކާރުގެ ބިއްލޫރިތައް ތަޅާލައިގެން އެތެރެއަށް ވަދެ، އާއިލާގެ އަތުން ފޭރުނެވެ. އޭގެފަހުން، އެތަނުގެ ކައިރީގައި އޮތް ދަނޑަކަށް ގެންގޮސް، އޭނާގެ ތިން ދަރިންގެ ކުރިމަތީގައި ބިރުދައްކައި ރޭޕްކުރި ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.

މި މައްސަލައާ ގުޅިގެން ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މުޒާހަރާތަކެއް ކޮށް، އިންސާފަށް ގޮވާލާފައިވެއެވެ.

އަދި ޕަންޖާބު ފުލުހުންގެ އިސް އޮފިސަރެއް ކަމަށްވާ އުމަރު ޝެއިޚް، "އަންހެނުން އެކަނި ދަންވަރު ބޭރުގައި އުޅުމަކީ މުޖުތަމައު ގަބޫލުކުރާ ކަމެއް ނޫން" ކަމަށް ބުނެ، ޝިކާރައަކަށްވި އަންހެންމީހާ ކުށްވެރިކޮށް ދެއްކި ވާހަކަތަކާ ގުޅިގެން އާންމުންގެ ނުރުހުން އިންތިހާއަށް އަމާޒުވިއެވެ. މުޒާހަރާގެ ބައިވެރިން ވަނީ އޭނާ މަގާމުން ވަކިކުރުމަށް ވެސް އޭރު ގޮވާލާފައެވެ.

2021 ވަނަ އަހަރުގެ މާރިޗު މަހު، ލާހޫރުގެ އެންޓި-ޓެރަރިޒަމް ކޯޓުން ވަނީ މި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، މަރުގެ އަދަބުގެ އިތުރުން އުމުރަށް ޖަލަށްލުމަށާއި އިތުރު އަދަބުތަކެއް ވެސް ހުކުމްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.
23 Aug 2026
ކުދި ޖަޒީރާ ޤައުމުތައް އީޖާދީ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް ގޮވާލައްވައިފި
ސުމޭކު ގުޅުންތައް މިހާރު ހަމައެކަނި މުވާސަލާތުގެ ވަސީލަތެއް ނޫން ކަމަށާއި ވިޔަފާރިއާއި މާލީ ޚިދުމަތާއި ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާޢަތަށް ބާރުދޭ އިޤުތިޞާދީ ބިނާރަކަށް އެ ގުޅުންތައް ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ