ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަން ބޯޑު.. ފޮޓޯ: އިންޓަރނެޓް
ހަބަރު
07 Jun 2026 | 17:40
އުވިފައިވާ ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ބައެއް ހިސާބުތައް ގެއްލުނު މައްސަލައެއް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ވުޖޫދުގައި އޮތްއިރު، އެ ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ބައެއް ހިސާބުތައް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ހިސާބުތައް ގެއްލުނު މައްސަލަ ފެންމަތިވެފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އެ ކޮމިޝަނުގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައެވެ. މި ރިޕޯޓްގައި ވާގޮތުން 2024 ވަނަ އަހަރު ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިހުރި ފައިސާ ގެ ހިސާބުތައް ތައްޔާރުކުރެވެން ނެތްކަމަށް އޮޑިޓަށް ވަނީ އަންގާފައެވެ. އެކަން އެގޮތަށް ދިމާވީ ކޮމިޝަނުގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން ލިޔެކިޔުންތައް ފެންނަން ނެތުމުން ކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެހެންކަމުން ބްރޯޑްކާސްޓިން ކޮމިޝަނުގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ތައްޔާރުކުރުމުގައި 2024 ވަނަ އަހަރުގެ ނިޔަލަށް ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ތެރެއިްނ ނުލިބިވާ ފައިސާގެ މައުލޫމާތު އެނގެން ނެތްކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ފައިނޭންސް މިނިސްތްރީން ބަލަހައްޓަމުންދާ ސެޕް ސިސްޓަމުގައި ލިބެންހުރި މައުލޫމާތަށް ބަލާއިރު، 2024 ވަނަ އަހަރުގެ ރެކޯޑް ކުރެވިފައިވާ ހިސާބުތަކަށް ބަލާއިރު، ކޮމިޝަނަށް 7.4 މިލިއަން ރުފިޔާ ލިބެން ޖެހެއެވެ. ނަމަވެސް އެ އަހަރުގެ އެ ހިސާބުތައް ރަނގަޅަށް ބެލެހެއްޓިފައި ނެތުމުން ލިބެންޖެހި ނުލިބިވާ ފައިިސާގެ ފުރިހަމަ ތަފްސީލް އެނގެން ނެތްކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް އޮފީހުން ތައްޔާރުކުރި ބްރޯޑްކާސްޓިން ކޮމިޝަނުގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓަށް ބަލާއިރު އެއަހަރުގެ ނިޔަލަށް އެ ކޮމިޝަނަށް 35.6 މިލިއަން ރުފިޔާ ލިބެން ޖެހެއެވެ. އެ އަހަރުގެ އޮޑިޓް ރިޕޯޓްގައިވެސް ވަނީ، ކޮމިޝަނަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި މާލިއްޔަތު ޤަވާއިދާ އެއްގޮތަށް އަމަލުކުރަމުން ނުދާކަން ފާހަގަކޮށް އެކަންކަން ރަނގަޅުކުރަން އަންގާފައެވެ. 

ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ހިސާބުތައް ގެއްލުނުކަމަށް އޮޑިޓް ރިޕޯތްގައި ބުނެފައިވާއިރު، މިހާރު އެ ކޮމިޝަނަކީ އުވިފައިވާ ކޮމިޝަނެކެވެ. އެ ކޮމިޝަން އުވިފައިވަނީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު, ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހު ތަސްދީގުކުރެއްވުމާ ގުޅިގެންނެވެ. ބްރޯޑްކާސްޓިން ކޮމިޝަން އުވުމާއެކު އެތަނުން ކުރަމުން އައި މަސައްކަތްތައް މިހާރު ކުރަނީ އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.