މިނިސްޓަރު ޝިޔާމް- ފޮޓޯ/ ފިޝަރީޒް މިނިސްޓަރު
ހަބަރު
08 Jun 2026 | 11:04
ދިރާސާތައްކޮށް ކަނޑު އަޑީގެ ވަސީލަތްތައް ދެނެގަނެ، އިޤްތިޞާދު ސިންދަފާތުކުރުމަކީ ސަރުކާރުގެ އަމާޒެއް: ޝިޔާމް

ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭގޮތުން އިތުރު ދިރާސާތައްކޮށް، ކަނޑުގެ އަޑީގައިވާ ވަސީލަތްތައް ދެނެގަތުމާއެކު ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި މިނިސްޓަރ ޝިޔާމް ވިދާޅުވީ، ރާއްޖޭގެ 99 އިންސައްތައަށް ވުރެ ބޮޑު ސަރަހައްދަކީ ކަނޑުކަމަށް ވާއިރު، ރާއްޖޭގެ އިޤްތިޞާދީ ނާރެހާއި، ބަނޑުފުރާނަ މުއްތިކުރުމާއި، އާމްދަނީ ހޯދުން ބިނާވެފައިވަނީ ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ކަމަށެވެ. އެހެންކަމުން ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ކަނޑުތަކުގެ ދުވަހުގެ ޝިއާރުގެ މައްޗަށް އަލިއަޅުވާލައްވައި މިނިސްޓަރ ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ލޮޅުންތަކުގެ ސަބަބުން، އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަކީ މިހާރު ފަސްކުރެވެން ނެތް ކަމެއް ކަމަށެވެ.

ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހޫނުވެ، މަސްވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން 2024 ވަނަ އަހަރު އިންޑިއާ ކަނޑުގެ ކަޅުބިލަމަހުގެ މަސްވެރިކަން ދަށްވެ، މަސްވެރިކަމުގެ ނުމޫސުން ދިގުލައިގެން ދިއުމުގެ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ އައު ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މަހަށް އަގުއެއްކުރުމާއި އެކުއަކަލްޗަރ ފުޅާކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. މިގޮތުން ރާއްޖެއަށް ސީވީޑް އެކުއަކަލްޗަރ ތަޢާރުފްކޮށް، ފުރަތަމަ ޝިޕްމަންޓް މިހާރު އެކްސްޕޯރޓްކޮށްފައިވާ ކަމަށާއި، އިތުރު ދެ ކުންފުންޏަކުން މި ސިނާއަތަށް އިންވެސްޓްކޮށް މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވިއެވެ.

އަދި ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމްއިއްޔާ އެފްއގެ އެހީގައި ސީވީޑް އުފެއްދުންތައް ތައްޔާރުކުރުމުގެ އައު މަޝްރޫޢަކަށް ފެހި ސިގްނަލް ލިބިފައިވާ ކަމަށާއި، ޖަޕާނު ސަރުކާރުގެ އެހީގައި އިތުރު މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"އޯޝަން ޑެކޭޑް" ގެ ގޮތުގައި ފާހަގަކުރާ މި ދުވަސްވަރު، ސައިންޓިފިކް ދިރާސާތައްކުރުމާއި އައު ޓެކްނޮލޮޖީ ތަޢާރުފްކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރާ މަސައްކަތްތަކުގައި ރާއްޖެއިން ބައިވެރިވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުތަކުގެ ނަފާ ހޯދުމުގައި ދިވެހިން އެންމެ ކުރީ ސަފުގައި މަސައްކަތްކުރުމަކީ އުއްމީދެއް ކަމަށާއި، އެކަމުގައި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.