ޤައުމީޓީމްގެ ސަޕޯޓަރުން ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ..
ކުޅިވަރު
08 Jun 2026 | 16:12
ހަގީގީ ސަޕޯޓަރުން މިހާރު ގަލޮޅު ދަނޑަކުން ނުފެނޭ: އުރުބާނީ

ގަލޮޅު ދަނޑުން މިހާރު ހަގީގީ ދިވެހި ސަޕޯޓަރުން ނުފެންނަކަމަށް ގައުމީ ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީ ބުނެފިއެވެ.

ރޭ ބަންގްލަދޭޝްއާ ދެކޮޅުނު މެޗަށްފަހު މީޑިއާ އާ ވާހަކަދައްކަވަމުން ކޯޗް އުރުބާނީ ބުނީ، ދަނޑަށް ސަޕޯޓަރުްނ ނުވަންނަ މައްސަލަ ވަރަށްބޮޑަށް ފާހަގަކޮށް އެ ވާހަކަ ދައްކާފައެވެ. ކޯޗް ބުނީ، ޤައުމީ ޓީމްގެ ފަރާތުން ސަޕޯޓަރުން ބޭނުންވާ ނަތީޖާ ނުނެރެވޭކަމަށް ބުނެ ވާހަކަ ދައްކަމުންދާއިރު، މެޗް ކުޅޭއިރު ދަނޑުން ހަގީގީ ސަޕޯޓަރުން ނުފެންނަކަމަށެވެ. ބަދަލުގައި ފެންނަމުންދަނީ ކުޅުންތެރިންގެ އާއިލާ މީހުންނާއި ރައްޓެހިންކަން އުރުބާނީ ފާހަގަކުރިއެވެ.

ކޯޗް ބުނީ ރާއްޖޭގެ ޤައުމީޓީމާ ހަވާލުވުމަށްފަހު މިވީ ހަތަރު ވަރަކަށް މަސްދުވަހުގެ ތެރޭގައި ދަނޑާއި ދަނޑުން ބޭރުގައި ހިނގާދިޔަ ކަންކަން ވަރަށް ރަނގަޅަށް އޮބްޒޯވް ކުރެވުނު ކަމަށެވެ. ފާހަގަވި އެއްކަމަކީ ދިވެހިން ދަނޑަށް ވަންނަ މިންވަރު މަދުވުންކަމަށާއި، ޤައުމީ ޓީމް ކުޅޭ ދުަވަސްދުވަހު ހަގީގީ ސަޕޯޓަރުން ނުފެންނަތަނުގައި ލީގް މެޗެއް އޮންނަ ދުވަހުވެސް ސަޕޯޓަރުން ނުފެންނަ ކަމަށެވެ.

ކޯޗް ބުނީ މިއީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށާއި، ފުޓްބޯޅައަށް އިހު އޮތް ފޯރި ވަރަށްބޮޑަށް ދަށްވެފައިވާކަމަށެވެ. 

ސަޕޯޓަރުން ދަނޑަށް ނުވަންނަ މައްސަލާގައި ޤައުމީޓީމްގެ ކޯޗް ކަންބޮޑުވުން ފާޅުކުރިއިރު، ރޭ ބަންގްލަދޭޝްގެ މެޗްގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ދިވެހހި ސަޕޯޓަރުންނާއި ފުޓްބޯޅަ އާއިލާގެ ބައެއް މީހުންވެސް ވަނީ ރައްޖޭގެ ބައެއް ކުޅުންތެރިންގެ އަމަލުތަކާ މެދު ނުރުހުން ފާޅުކޮށް ސޯޝަލް މީޑިއާގައި އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައެވެ.

ބައެއް މީހުން ބުނީ މިއީ ޤައުމީޓީމްގެ ކުޅުންތެރިން ސަޕޯޓަރުންގެ އިތުބާރު އެންމެބޮޑަށް ހޯދަންޖެހޭ ވަގުތުކަމަށާއި، ރޭގެ މެޗްގެ ފަހުވަގުތުގައި ބައެއް ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކަންތައްތައް ބަލައި ނުގަނެވޭނެކަމަށެވެ. އެގޮތުން މުބާރާތުގެ އެންމެ ފުލުގައި އޮވެ، ކުޅުނު އެންމެ ފަހުމެޗްގައި ކުޅުންތެރިން ޕްރެޝަރުގައި އިދިކޮޅު ކުޅުންތެރިންނާ ކުރިމަތިލުމުގެ މާނައެއް ނެތްކަމަށް ބައެއް މީހުން ވަނީ ފާހަގަކޮށްފައވެެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Jul 2026
އޭދަފުށީ ބަނދަރު ސަރަހައްދު މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
އަދި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސީސަންގެ، ބ. އޭދަފުށީ، ޢަލީ ޢަބްދުﷲ (82އ) އެވެ.
14 Jul 2026
ރައީސުލްޖުމްހޫރިއްޔާ، ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، އެޤައުމުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި ޝާހީ ޢާއިލާއަށް އިޙުތިރާމު އަދާކުރައްވައި ތަޢުޒިޔާ ދެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވީ މިދިޔަ އާދީއްތަ ދުވަހުއެވެ.
14 Jul 2026
ތެލުގެ އަގު ފާއިތުވި އެއް މަސް ދުވަހު ނާރާ މިންވަރަށް އުފުލިއްޖެ
ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު 1.68 ޑޮލަރު ނުވަތަ 2 އިންސައްތަ މަތިވެ، ފީފާއެއްގެ އަގު ވަނީ 84.98 ޑޮލަރަށް އަރާފައެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް (ޑަބްލިޔު.ޓީ.އައި) ކްރޫޑްގެ އަގު 1.65 ޑޮލަރު ނުވަތަ 2.1 އިންސައްތަ އިތުރުވެ، ފީފާއެއްގެ އަގު ވަނީ 79.79 ޑޮލަރަށް އުފުލިފައެވެ. މިއީ ޖޫން 17 ގައި ދެ ގައުމުގެ ދެމެދުގައި ހަނގުރާމަ ހުއްޓާލުމަށް ސޮއިކުރި ފަހުން ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
13 Jul 2026
ޤަޠަރުގެ އަމީރު، ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރައްވައިފި
މީގެ އިތުރުން ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމު ދެ ޤައުމުން ހިއްސާކުރާކަން ހާމަކުރައްވާފައެވެ.
13 Jul 2026
ވިލިމާލޭގައި ހުރި ބޮޑު ގަހެއް ކަނޑައިފި، އެކަންކުރި ބަޔަކު ކައުންސިލުން ހޯދަނީ
އަދި ބުނީ ގަސް ކެނޑިބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަަށެވެ.
13 Jul 2026
ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފި
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ.
13 Jul 2026
ދިޔާޝް އަށް ހިމަބިހި ޖެހުނު، ނަމަވެސް ނިޔާވީ އެ ބަލީގެ ސަބަބުން ނޫން
ވޮއިސްއަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާއަށް ހިމަބިހި ޖެހުނީ ހުޅުމާލެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނިކޮށެވެ.
13 Jul 2026
ވެމްކޯގެ ދުވަސްވީ އެންމެ ހިދުމަތްތެރި އެއް މުވައްޒިފު ނިޔާވެއްޖެ
މަސައްކަތުގައި އަޒްހީމްގެ ކިބައިން ފެނުނީ ހީވާގި ކަމާއި މުރާލިކަން ކަމުގައި ބުނެފައިވެ އެވެ. އަޒްހީމްގެ ވަކިވުމުން ފުން ހިތާމައެއް ލިބިފައިވާ ކަމަށްވެސް ބުންޏެވެ.