އިމިގްރޭޝަން ގެ ކުރީގެ ކޮންޓްރޯލާ ޝައްމާން އަދި ހޯމް މިނިސްޓަރު އަލީ އިހުސާން. ފޮޓޯ: އިމިގްރޭޝަން
ހަބަރު
10 Jun 2026 | 10:32
ޝަމްޢާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް؛ ކަން ހިނގިގޮތް ސާފުކޮށްދޭން ފުލުހުންނަށް އަންގައިފިން: އިޙްސާން

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުޙައްމަދު ޝަމްޢާން ވަޙީދު ސަރުކާރުގެ އިސްވެރިންނަށް އަމާޒުކޮށް ކުރައްވަމުން ގެންދަވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް، ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ކަމަށް ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ޝަމްޢާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ތުހުމަތު ކުރައްވާފައިވަނީ ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް މިނިސްޓަރު އިޙްސާން ބޭނުންވާ ވަކި ބަޔަކަށް ވިއްކާލާފައިވާ ކަމަށެވެ.

އަދި މިކަމާ ދެކޮޅު ހެދުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭނާއަށް ގުޅުއްވައި އިންޒާރު ދެއްވި ކަމަށާއި، މި ޖަރީމާ ހިންގުމުގައި އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމް ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ޝަމްޢާން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ބިދޭސީންގެ ކޯޓާ އާއި ވޯކް ޕާމިޓް ދޫކުރުމުގައި ރިޝްވަތު ނަގާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ވެސް އޭނާ ވަނީ ކުރައްވާފައެވެ.

މި ތުހުމަތުތަކާ ގުޅިގެން މިނިސްޓަރު އިޙްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝަމްޢާން ތަކުރާރުކޮށް ކުރަމުންދާ އެއްވެސް ތުހުމަތަކާ ގުޅޭ ހެއްކެއް ނުވަތަ ޤަރީނާއެއް ނެތް ކަމަށެވެ. އަދި އޭނާ އެ ހަދަނީ ދޮގުކަން މީގެ ކުރިންވެސް މީޑިއާގައި ހާމަކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޝަމްޢާން ފްރޭމްކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީ ވެސް އެއްވެސް ޙަޤީޤަތެއް އޮތް ވާހަކައެއް ނޫންކަން މި މައްސަލާގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފުވޭ،" މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.

މި މައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލު ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގައި އެދިވަޑައިގެންފައިވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ޝަމްޢާންގެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ، މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު މިކަންކަން ރައީސްގެ ސަމާލުކަމަށް ގެނައުމުން، ރައީސް އެސްޓޯނިއާގައި ހުންނަވައި ދެއްވި ޖަވާބަކީ މިނިސްޓަރު އިޙްސާން ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި، ޝަމްޢާންގެ ޢަމަލުތަކަކީ ޒާތީ ކަންތައްތަކެއް ކަމަށް ބެލެވޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.