ކޮލިފިކޭޝަންގައި ބިސްބުރާއި ޓީސީ ބައްދަލުކުރިމެޗްގެ ތެރެއިން..
ހަބަރު
10 Jun 2026 | 11:37
ބިސްބުރުން ޓީސީ ހިފަހައްޓައިފި

ދިވެހިލީގް ކޮލިފައިންގައި ރޭ ބިސްބުރާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއިންނެވެ. މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ ޓީސީންނެވެ. އެއީ މެޗްގެ 20 ވަނަ މިނެޓް ތެރޭގައި ހުސައިން ޝަރީފް ޖަހައިދިން ލަނޑުންނެވެ. 

ޓީސީން ލީޑް ނަގައި ހިފަހައްޓާލެވުނީ ފުރަތަމަ ހާފްގެ 42 ވަނަ މިނެޓާ ހަމައަށެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން މި ލަނޑު ބިސްބުރަށް ކާމިޔާބުކޮށްދިނީ، އާމިރު ޝުައައިބް އެވެ.

ލަނޑޖެހުމަަށްފަހު ޝުއައިބު..

މި ލަނޑު ޖަހާފައިވަނީ ބިސްބުރަށް ލިބުނު ޕެނަލްޓީއަކުންނެވެ. އެއީ މުހައްމަދު ނަޝީދު ފޮނުވާލި ބޯޅަ ޑިފެންޑަރު އަޖުފާންގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ.

މެޗްގައި ދެޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިގެންގޮސްފައެވެ. 

ދިވެހިލީގްގެ ކޮލިފިކޭޝަންގެ ގިނަ މެޗްތަކެއް އެއްވަރުވެގެން ނިމިފައިވާއިރު، މިހާތަނަށް މެޗަކުން މޮޅުވެ ތިން ޕޮއިންޓް ހޯދުނު ހަމައެކަނި ޓީމަކީ ދިއްދޫ ޓީމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Jun 2026
ހިޔާ ޓަވަރުން ކޮމާޝަލް ޔުނިޓު ކުއްޔަށް ދޫކުރަން ހުޅުވާލައިފި
ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ޓަވަރުތަކުގެ ތެރެއިން ދެ ޓަވަރެއްގެ ކޮމާޝަލް ޔުނިޓު ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
10 Jun 2026
ޔޫތު ހަބްގައި ވޯލްޑް ކަޕް ބަލަން ޚާއްޞަ 'ވޮޗް ޕާޓީ' އެއް ބާއްވަނީ
ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރި ދިވެހި ޒުވާނުންނާ ހަމައަށް ފޯރުކޮށްދިނުމުގެ ގޮތުން، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ޚާއްޞަ 'ވޮޗް ޕާޓީ' ސީރީޒްއެއް ބޭއްވުމަށް ނިންމައިފިއެވެ.
10 Jun 2026
އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި އަޅަން އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފި
މިސްކިތް ކޮމްޕްލެކްސްގައި މިސްކިތުގެ އިތުރުން ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަންވެސް ހިމެނޭނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެފައިވެއެވެ.
10 Jun 2026
ގޭގައި އިނދެ ގުޅައިގެން ވެސް މި އިންތިޚާބު ކާމިޔާބުވާ ވަރަށް ވޯޓްލިބޭނެ
ކެންޕެއިން ކުރައްވަން ރަށްރަށަށް ވަޑައިނުގަންނަވައި، ގޭގައި އިންނަވައިގެންވެސް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
10 Jun 2026
ބިސްބުރުން ޓީސީ ހިފަހައްޓައިފި
މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ ޓީސީންނެވެ. އެއީ މެޗްގެ 20 ވަނަ މިނެޓް ތެރޭގައި ހުސައިން ޝަރީފް ޖަހައިދިން ލަނޑުންނެވެ
10 Jun 2026
ކާމިޔާބީއިން ރަމްޒުކޮށްދެނީ މޯދީގެ ދުރުވުސްނޭ ޙިކުމަތާ މިންނެތް މަސައްކަތް
މަޤާމުގައި މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އިންޑިއާގެ ބޮޑުވަޒީރުކަމުގެ ޝަރަފު ނަރެންދުރަ މޯދީ ހޯއްދެވުމާ ގުޅިގެން، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
10 Jun 2026
ޝަމްޢާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް: އިޙްސާން
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުޙައްމަދު ޝަމްޢާން ވަޙީދު ސަރުކާރުގެ އިސްވެރިންނަށް އަމާޒުކޮށް ކުރައްވަމުން ގެންދަވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް، ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ކަމަށް ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
10 Jun 2026
އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި
އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމު މެދުނުކެނޑި އެންމެ ގިނަދުވަހު އަދާކުރެއްވި ބޭފުޅާގެ ޝަރަފު ނަރެންދުރަ މޯދީއަށް ލިބިވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ފޮނުއްވައިފިއެވެ.