އިންނަމާދޫ ވޮލީ ދަނޑު.. ފޮޓޯ: ކިޔުންތެރިއެއް
ހަބަރު
10 Jun 2026 | 16:25
އިންނަމާދޫ ވޮލީ ދަނޑު މައްސަލާގައި އަންހެނުންނާއި ފިރިހެނުން މެދުގައި އަރާރުމެއް

ރ.އިންނަމާދޫ ވޮލީދަނޑު މައްސަލާގައި އެދަނޑަށް ކުޅެންދާ އެރަށުގެ އަންހެނުންނާއި ފިރިހެނުންނާ ދެމެދު އަރާރުމެއް އުފެދިއްޖެއެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ގޯސްވީ އެރަށު ސްޕޯޓްސް އެރީނާގައި ހިމެނޭ ވޮލީ ކޯޓަށް އަންހެނުން ކުޅެންދާއިރު ދަނޑުގައި ހުންނަ ވަސީލަތްތަކަށް ގެއްލުންދީފައި ހުންނަ މައްސަލާގައެވެ. މި މައްސަލަ މިހާރު ވަނީ އެރަށު ކައުންސިލްގެ ސަމާލުކަމަށްވެސް އައިސްފައެވެ.

މިކަމާ ގުޅިގެން އިންނަމާދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސްޕޯޓްސް އެރީނާގައި ހިމެނޭ ކުޅިވަރުދަނޑުތަކާއި އެނޫންވެސް އެފަދަ ބިންތަކަކީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ކަމަށެވެ. ކައުންސިލުން ބުނީ އެތަންތަނަކީ ކުޅިވަރަށް ލޯބިކުރާ ހަމަ ކޮންމެ ފަރާތަކަށްވެސް ހަމަހަމަ ގޮތެއްގައި ބޭނުންކުރެވޭނެ ތަންތަން ކަމަށެވެ. 

ކައުންސިލުން ބުނީ ވޮލީދަނޑުގައި އަންހެނުން އަދި ފިރިހެނުން ކުޅެމުންދާއިރު ދެފަރާތުގެ ދެމެދުގައި ހަމަނުޖެހުން އުފެދި އަދި ވޮލީދަނޑުގައި ހުރި ވަސީލަތްތަކަށް ބަޔަކު ގެއްލުންދިން މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. 

ކައުންސިލުން ބުނީ ވަކި ގޮތަކަށް ދަނޑުގައި ކުޅުމުގެ އިންތިޒާމްތައް ހަމަޖައްސަންދެން މިއަދުން ފެށިގެން ވޮލީދަނޑު ވަގުތީގޮތުން ބަންދުކޮށްފައިވާކަމަށެވެ. އަދި ދަނޑު ބަންދުކޮށްފައިވަނިކޮށް އެއްވެސް ފަރާތަކުން އެތަނުގައި ކުޅޭނަމަ އެކަން ހުއްޓުވުމަށް ޤާނޫނީގޮތުން އަލަންޖެހޭ ފިޔަވަޅުތައް އަޅާނޭކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި މައްސަލާގައި އެރަށަށް ނިސްބަތްވާ ބައެއް އަންހެނުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ، އަންހެނުން ދަނޑަށް ކުޅެންދާއިރު، ފިރިހެނުން ދަނޑުގައި ހުންނަ ބައެއް އެއްޗެހި ނަގައި ނުކުޅެވޭގޮތް ހަދާފައި ހުންނަ ކަމަށެވެ. 

ކޮމެންޓް
ޢަލީ ފުރުތަންމާނު
މުޅިން ދޮގު. މައްސަލަ ޖެހުނު ސަބަބު ނުބާއި. ފިރިހެނުން އެތަނަކަށް ގެއްލުމެއް ނުދޭ!
10 Jun 2026
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.