ހިޔާ ފްލެޓްތަކާއި މެދު ޝަކުވާކުރާނެ ޖާގައެއް ނެތް: ރައީސް ޔާމީން

16 Jul 2019 | 18:03

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭ ފޭސް ދޭއްގައި ތަރައްގީކުރަން ފެށި ހިޔާ މަޝްރޫއުގެ ފްލެޓްތަކާއި މެދު ޝަކުވާކުރާނެ ޖާގައެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ "ދަ ޕްރެސް"އަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ހިޔާާ މަޝްރޫއުގެ ފްލެޓްތަކާއި މެދު ޝަކުވާ ކުރާނެ ޖާގައެއް ނެތްކަމަށާއި އެތަންތަނަކީ ކޮތަރުކޮށިތަކެއް ނަމަ މާލޭގެ އެޕާޓްމެންޓްތަކަކީ ޕިޖަން ހޯލްތަކެއް ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ މާލޭގައި އެންމެ ހާލުގައި އުޅޭ މީހުންވެސް އުޅެނީ 500 އަކަފޫޓުގެ އެޕާޓްމަންޓް ތަކުގައި ނޫންކަމަށާއި ހިޔާ މަޝްރޫއުގެ ފްލެޓްތަކުގައި 550 އަކަފޫޓު ހުންނާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ހިޔާ މަޝްރޫއުގެ ފްލެޓްތަކުގައި ފިނިޝިންގް ކަންކަން ކުރުމުންވެސް އެތަނުގެ ކުލި މިސަރުކާރުން ބުނާ އަދަދަށް ބޮޑުވެެގެން ނުވާނެއެވެ. އެގޮތުން މުށި ފަދަ އެއްޗެހި ސަރުކާރުން ޖެހިޔަސް އަމިއްލައަށް ފަހުން ބަދަލުކުރާނެކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އެހެންކަމުން މުށި ނުޖަހާ ދިނުމުން އެތަނަށް ވަންނަ ބަޔަކު ހިތްހަމަޖެހޭ ގޮތަކަށް މުށި ޖެހުމުގެ ފުރުސަތު ލިބޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement