އެމްއެންޔޫގެ މަލްޓި ޕާޕަސް ބިލްޑިންގގެ ބިންގާ އެޅުން
ހަބަރު
11 Jun 2026 | 14:47
އެމްއެންޔޫގެ މަލްޓި ޕާޕަސް ބިލްޑިންގގެ ބިންގާ އަޅައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ މަލްޓި ޕާޕަސް ބިލްޑިންގ މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ބިންގާ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުގީ އާއި ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. މި ރަސްމިއްޔާތު ބޭއްވީ ޔުނިވަރސިޓީ ކައުންސިލްގެ 400 ވަނަ ބައްދަލުވުމާއި ޔުނިވަރސިޓީގެ ތާރީޚު ތަދުވީނުކުރުމަށް ކައުންސިލުން ނިންމެވި ނިންމެވުމާ ގުޅުވައިގެންނެވެ.

ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް ފާހަގަކުރެއްވި ގޮތުގައި މި ތިން ހަރަކާތަކީ ވެސް އެއް ކަމެއް އަނެއް ކަމާ ގުޅިލާމެހިފައިވާ ޔުނިވަރސިޓީގެ ތަރައްޤީއާއި ތާރީޚުގައި ފާހަގަކޮށްލެވޭނެ މުހިންމު ލަނޑުދަނޑިތަކެކެވެ.

އެމްއެންޔޫއިން ބުނި ގޮތުގައި މި ޢިމާރާތް ފަރުމާކޮށްފައި ވަނީ ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފުރިހަމައަށް ލިބޭ ގޮތަށެވެ. އެގޮތުން ކެންޓީނާއި ރެސްޓޯރެންޓާއި ދަރިވަރުންގެ އިޖުތިމާޢީ ހަރަކާތްތަކަށް ޚާއްޞަ ޖާގަތަކާއި މަލްޓިޕާޕަސް ހޯލާއި ކްލާސްރޫމްތަކާއި ސެމިނާ ރޫމްތަކާއި ޢަމަލީ ތަމްރީނުތަކަށް ބޭނުންވާ މަރުކަޒުތައް ހިމެނެއެވެ. މީގެ އިތުރުން ސެންޓަރ ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒްއަށް ބޭނުންވާ ޚާއްޞަ ޖާގައާއި ޒަމާނީ ލެބޯޓްރީތަކާއި އޮފީސްތަކާއި ޕާކިންގގެ ޚިދުމަތް ވެސް މި ބިނާގައި ހިމެނެއެވެ.

އެ ޔުނިވަރސިޓީން ބުނީ ހުޅުމާލޭގައި ޤާއިމުކުރާ މެޑިކަލް ސްކޫލާއި ޓީޗިންގ ހޮސްޕިޓަލްގެ މަސައްކަތް ނިމެންދެން ސްކޫލް އޮފް މެޑިސިންގެ ކިޔެވުން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް މި އިމާރާތުގެ ސަބަބުން ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. މިއީ ނިސްބަތުން ބޮޑު މަޝްރޫޢަކަށް ވާތީ މަސައްކަތް ރޭވިފައި ވަނީ އެކި މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގޮތަށް ކަމަށް ވެސް އެ ޔުނިވަރސިޓީން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Jul 2026
މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން މި އަހަރުވެސް ނޯންނާނެ
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި އަހަރުވެސް ނުބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
14 Jul 2026
އާޖެންޓީނާ މެޗަށް ރައިސް ފިޓްވާނެކަން އެނގޭނީ އަދި ފަހުން: ޓުޗެލް
ޓުޗެލް ބުނީ ރައިސްގެ ބަލި ހާލަތަށް ހެޔޮ ބަދަލެއް އައިސްފައިވާކަމަށާއި، އާޖެންޓީނާ މެޗަށް ފިޓްވުމުގެ އުއްމީދު ބޮޑުކަމަށެވެ
14 Jul 2026
އެމެރިކާ ވަޢުދާ ޚިލާފުވާނަމަ އީރާނުންވެސް ފުއްދާނެ ވަޢުދެއް ނެތް: އީރާން
އެމެރިކާއިން ފަހިކޮށްފައިވާ ވަޢުދުތަކާ ޚިލާފުވަމުންދާ ކަމަށް ބުނެ، ޕާކިސްތާނުގެ ސެހިކަމުގައި ހެދި އެއްބަސްވުމުގެ ދަށުން ޢަމަލުކުރަން ޖެހޭ ކަންކަން ނުކުރާނެ ކަމަށް އީރާނުން އިންޒާރު ދީފިއެވެ.
14 Jul 2026
ބަންގްލަދޭޝްގެ ފެންބޮޑުވުމުގައި 51 މަރު
ބަންގްލަދޭޝްގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ 51 މީހުން މަރުވެފައިވާއިރު 10 ލައްކައަށްވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވެއެވެ. ބޮޑުވަޒީރު ވަނީ ރައްޔިތުންގެ ފުރާނަ ރައްކާތެރިކުރުމަށް އަމުރުކުރައްވާފައެވެ.
14 Jul 2026
މާލެއަށް މިފްކޯ ހިކިމަސް ކާރުޚާނާ
މިފްކޯ އިން ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފިއެވެ. މިއީ މާލެ ސަރަހައްދުގެ ފިހާރަތަކަށް ސީދާ ޚިދުމަތްދިނުމަށް ފެށުނު ފެށުމެކެވެ.
14 Jul 2026
ހިމަބިހީގެ ކޭސްތައް 144 އަށް
ވޭތުވެދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 23 ކޭސް ފެނި، މިއަހަރު ޖުމުލަ އަދަދު 144 އަށް އަރައިފިއެވެ. މިހާތަނަށް 7100 ފަރާތަކަށް ވެކްސިން ދެވިފައިވެއެވެ.
14 Jul 2026
މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން އޮފީހެއް ހެދީ އެންމެން ގުޅިގެން މަސައްކަތްކުރަން: ސައީދު
މިނިސްޓަރު ސައީދު ވިދާޅުވީ، މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް އޮފީހެއް ގާއިމްކުރީ މިހާރު ހުރި ސިސްޓަމްގެ ތެރެއިން ކަމާބެހޭ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށް ކަމަށެވެ
14 Jul 2026
އިސްލާޙްތަކާއެކު ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް މަޖިލީހުން ފާސްކޮށްފި
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް ފާސްކޮށްފައިވަނީ ހާޒިރުވި 58 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވައެވެ.