މީކާއީލް ކެމްޕެއިން ނިންމުމަށް ބޭއްވި ޖަލްސާ --
ހަބަރު
11 Jun 2026 | 20:28
މީކާއިލްގެ ފަހު މެސެޖު ޕާޓީގެ އާންމު މެންބަރުންނަށް: ވަފާތެރިވާނަން، އިންސާފުވެރިވާނަން

މާދަމާ އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ޕާޓީގެ ހުރިހާ މެންބަރުންގެ ވޯޓް ދެއްވުން އެދިވަޑައިގެން މީކާއީލް އަހްމަދު ނަސީމް, ވޯޓްގެ ކުރީން އާންމު މެންބަރުންނަށް ޚާއްސަ މެސެޖެއް ދެއްވައިފި އެވެ. 

މީކާއީލް އާންމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާކަން މިދިޔަ ނޮވެންބަރު މަހު އިއުލާނުކުރެއްވީ ވަރަށް ފޮނި އުންމީދަތާއެކު ކަމަށެވެ.

އަދި އިންތިހާބަށް ނިކުންނެވީ ޕާޓީގެ މެންބަރުންގެ ވިސްނުން ހިމަނައިގެން ބޮޑު ތަސައްވުރަކާއެކު ކަމަށެވެ.

މީކާއީލް ކެމްޕެއިން ނިންމުމަށް ބޭއްވި ޖަލްސާ --

"އަޅުގަނޑު ކުރާ އެންމެ ބޮޑު އުންމީދަކީ 2028 ވަނަ އަހަރާހަމައަށް ގެންދެވޭނެ ކަމުގެ އުންމީދު. މި އުންމީދަށް ލިބުނު އެންމެ ބޮޑު ބާރަކީ އަޅުގަނޑު އިއުލާނުކުރި ކުުރުމާއެކު މި ޕާޓީގެ އާންމު މެންބަރުންނާއި މި ޕާޓީގެ ލީޑާޝިޕް, ތަފާތު ކުރުމެއްނެތި އަޅުގަނޑަށް ކުރެއްވި ތާއީދު,"

މީކާއީލް ވިދާޅުވީ އުމުރުން އެންމެ 18 އަހަރުގައި ރާޅުގަނޑުގައި ހުރި އެމްޑީޕީގެ ޕޯޑިއަމެއްގެ ކުރިމައްޗަށް ހުއްޓުނު ގޮތަށް އޭނާ ހުންނެވީ ޕާޓީއަސް ވަފާތެރިކަމާއި އިތުބާރާއެކު މެދުކެނޑުމެއްނެތި ޚިދުމަތް ކޮށްދިނުމުގައި ކަމަށެވެ. އަދި އެކަން މެންބަރުން މިއަދު ހެޔޮހިތުން ބަލައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

"މިއަދުވެސް އަޅުގަނޑުވާން ބޭނުން އެންމެ ބޮޑު ވައުދަކީ އެމްޑީޕީގެ ޗެއާޕާސަނެއްގެ ހައިސިއްޔަތުން ވެސް އަޅުގަނޑު މި ޕާޓީއަށް ވަފާތެރިވާނެ ކަމުގެ ވައުދު. މި ޕާޓީގެ އެންމެންނާމެދުވެސް އިންސާފުވެރިވާނެ ކަމުގެ ވައުދު. ހުރިހާ އެންމެންނަށް ހަމަހަމަވާނެ ކަމުގެ ވައުދު. މި ޕާޓީގެ ތިލަފަތް, ވަކިއަތަކަށް ބުރަނުކުރާނެ ކަމުގެ ވައުދު," އިންތިހާބުގެ ފަހު މެސެޖު ހިއްސާކުރައްވާ މީކާއީލް ވިދާޅުވި އެވެ.

މީކާއީލް ކެމްޕެއިން ނިންމުމަށް ބޭއްވި ޖަލްސާ --

މީކާއީލް ވަނީ މާދަމާގެ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމުގައި ވިދާޅުވެފަ އެވެ. އަދި ޕާޓީގެ ހުރިހާ މެންބަރުންގެ ކިބައިން ކެންޑިޑޭޓް ނަންބަރު ތިނަކަށް ވޯޓް ދެއްވުމަށް އެދިވަޑައިގަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ