މެކްސިކޯ ކުޅުންތެރިން ލަނޑުޖެހުމަށްފަު... ފޮޓޯ: ސީބީއެސް ސްޕޯޓްސް
ކުޅިވަރު
12 Jun 2026 | 02:07
ވަރލްޑްކަޕް ހުޅުވިމެޗް މެކްސިކޯއަށް

މިފަހަރުގެ ވަރލްޑްކަޕް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗް ދެކުނު އެފްރިކާ ބަލިކޮށް މެކްސިކޯއިން ކާމިޔާބުކޮށްފިއެވެ.

މެކްސިކޯ ސިޓީގައި ކުޅުނު މިމެޗް ދެކުނު އެފްރިކާގެ މައްޗަށް އެޓީމް ކުރިހޯދާފައިވަނީ 2-0 ގެ ނަތީޖާއިންނެވެ. މެޗް ފެށިގެން ނިމުމާ ހަމަޔަށްވެސް މޮޅަށްކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ މެކްސިކޯ އިންނެވެ.

މެޗްގައި މެކްސިކޯއަށް ގޯލް ހުޅުވާލަދިނީ، ދެކުނު އެފްރިކާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ނުވަވަނަ މިނެޓް ތެރޭގައި ކުއިނޮނެސްއެވެ. މި ލަނޑަށްފަހު މެކްސިކޯއިން ވަނީ ކައުންޓަރ އެޓޭކްގައި ދެކުނު އެފްރިކާގެ ޑިފެންސްލައިނަށް ބާރުބޮޑުކޮށް ގޯލަށް ނުރައްކާކޮށްފައެވެ.

މެޗްގައި މެކްސިކޯގެ ދެވަނަ ލަނޑު ފެނިގެން ގޮސްފައިވަނީ، 67 ވަނަ މިނެޓްގައެވެ. މި ލަނޑު ޖަހައިދިނީ މެޗްގައި މޮޅު ކުޅުމެއް ދެއްކި ރައުލް ޖެމިނޭޒްއެވެ.

މި މެޗްގައި ގިނަ އަދަދެއްގެ ކާޑުތައް ފެނިގެން ގޮސްފައިވާއިރު، ދެކުނު އެފްރިކާގެ ދެ ކުޅުންތެރިއަކަށް އަދި މެކްސިކޯގެ ކުޅުންތެރިއަކަށްވެސް ވަނީ ރަތްކާޑު ދައްކާފައެވެ. ދެކުނު އެފްރިކާއިން ރަތްކާޑު ދައްކާފައިވަނީ، ތެމްބަޒްވަން އަދި ސިތޯލޭ އަށެވެ. މެކްސިކޯއިން ރަތްކާޑު ދެއްކީ، މޮންޓެސް އަށެވެ. މިމެޗްގައި މެކްސިކޯގެ ޒުވާން ކުޅުންތެރިޔާ ޖިލްބާޓޯ މޯރާ ވަނީ ދެވަނަ ހާފްގައި ކުޅެން ނިކުމެފައެވެ. މި މެޗަށް ނިކުތްއިރު އޭނާގެ އުމުރަކީ، 17 އަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Jul 2026
ބީއެމްއެލްގެ ބްރާންޗް ވިއުގަ 55 އަށް: އަލަށް 7 ބްރާންޗެއް ހުޅުވައިފި
ބޭންކިންގ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިއަދު ޚިދުމަތް ދޭން ފެށި ބްރާންޗުތައް ހުންނަނީ ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި އަދި ލ. މާވަށުގައެވެ.
15 Jul 2026
ސެމީ ފައިނަލަށް ރެފްރީއެއް ކަނޑައެޅުން
އާޖެންޓީނާ-އިންގްލެންޑް ސެމީ ފައިނަލް ރެފްރީކުރުމަށް އެމެރިކާގެ އިސްމާއިލް އެލްފަތު ހަމަޖައްސާފައިވާއިރު، މެސީ ބައިވެރިވި މެޗުތަކުގައި އޭނާ ރެފްރީކުރި ކޮންމެ މެޗަކުންވެސް އިންޓަރ މިއާމީ ފުރިހަމަ ޕޮއިންޓް ހޯދާފައިވާކަން ސޯޝަލް މީޑިއާގައި ފާހަގަކުރެވިފައިވެއެވެ.
15 Jul 2026
ޒުވާން ވިޔަފާރިވެރިންނަށް ރަހުނަކާ ނުލައި ލޯނު ދޫކުރާ ސްކީމެއް
ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި، އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
15 Jul 2026
ދައުލަތުގެ އިނާމަށް 66 ބޭފުޅުން
މިއަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ. 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ތެރެއިން ޝަރުޠު ފުރިހަމަވި ބޭފުޅުންނަށް މި އިނާމު ދެއްވާނެއެވެ.
15 Jul 2026
މާލޭގައި ހުރި ޑްރަގް ކެފޭއެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރުގެ ދަށުން އެ ތަން ބަންދުކޮށްފައިވަނީ 13 ޖުލައި 2026 އިން ފެށިގެން 11 އޮކްޓޯބަރު 2026 ގެ ނިޔަލަށް، 3 މަސްދުވަހުގެ މުއްދަތަށެވެ.
15 Jul 2026
ސަފީރު ލިޔުއްވި ފޮތެއް އެމްއެންޔޫއަށް ހަދިޔާކޮށްފި
ބަންގުލަދޭޝްގެ ސަފީރު ޑރ. މުޙައްމަދު ނަޒްމުލް އިސްލާމް އަމިއްލަފުޅަށް ލިޔުއްވި ފޮތެއް ޤައުމީ ޔުނިވަރސިޓީގެ ލައިބްރަރީ ކަލެކްޝަނަށް ހަދިޔާކުރައްވައިފިއެވެ. މި ފޮތުގައި ބައިނަލްއަޤުވާމީ ގުޅުންތަކާއި ސޮފްޓް ޕަވަރ ސްޓްރެޓެޖީއާ ބެހޭ މުހިންމު މަޢުލޫމާތު ހިމަނާފައިވެއެވެ.
15 Jul 2026
ދިރާގުގެ ސައިބަރ ސެކިއުރިޓީ ހިދުމަތް
ދިރާގާއި 'އީސެޓް' ގުޅިގެން 'ސައިބަރ ޕްރޮޓެކްޓް'ގެ ނަމުގައި މެނޭޖްޑް އެންޑްޕޮއިންޓް ސެކިއުރިޓީ ހިދުމަތެއް ތައާރަފުކޮށްފިއެވެ. މި ހިދުމަތް ހަތަރު ޕެކޭޖަކަށް ބަހާލައި، މަލްވެއަރ އަދި ފިޝިންގ ހަމަލާތަކުން ރައްކާތެރިކަން ފޯރުކޮށްދޭނެއެވެ.
15 Jul 2026
100 ދަރިވަރުންނަށް ފަސްޓް އެއިޑް ސެޓްފިކެޓް
އެމްއެންޔޫ އާއި އެމްއާރްސީ ގުޅިގެން ބޭއްވި ބޭސިކް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީނު ފުރިހަމަކުރި 100 ދަރިވަރުންގެ ލީޑަރުންނަށް ސެޓްފިކެޓް ދީފިއެވެ. މި ތަމްރީނުގައި ނަފްސާނީ އެހީތެރިކަން ދިނުމުގެ ހުނަރު ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.