މީކާއީލް ނަސީމް
ހަބަރު
12 Jun 2026 | 23:31
މީކާއީލް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ, ދެއްވީ އެމްޑީޕީގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން

މިއަދު އޮތް އިންތިހާބުން ކުރީގެ ރައީސް ނަޝީދު ހޯއްދެވި ކާމިޔާބީއަށް އެމަނިކުފާނާއި ވާދަކުރެއްވި މީކާއީލް އަހްމަދު ނަސީމް މަރުހަބާ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކާއީލް ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވާ ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެފަ އެވެ. 

"އިރުކޮޅެއް ކުރިން ރައީސް ނަޝީދަށް ފޯނުކޮށް، އެމަނިކުފާނަު ހޯއްދެވި ފުރިހަމަ ކާމިޔާބަށް މަރުހަބާ ދެންނެވިން," މީކާއީލް ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގާ ބާއްވާ 2028 އެ ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޭނާ ވަނީ ޕާޓީގެ އާންމު މެންބަރުންނާއި އެކު ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މިއަދު އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރި ހޯއްދެވީ ބޮޑުތަފާތަކުންނެވެ.

މިހާތަނަށް ނަތީޖާ ލިބުނު ގިނަ ފޮށިތަކުން ނަޝީދު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފަ އެެވެ. މަދު ބައެއް ވޯޓްފޮށި ތަކުން މީކާއީލް ވެސް ކުރި ހޯއްދަވާފައިވެ އެވެ. މީކާއީލް ނިސްބަތްވާ ދާއިރާއިން ވެސް ކުރި ހޯއްދެވީ ވެސް ނަޝީދެވެ.

ސިޓީތަކާއި ބޮޑެތި ރަށްތަކުން ވެސް ކުރި ހޯއްދެވީ ވެސް ރައީސް ނަޝީދެވެ. 

މި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމަށް ނަޝީދު ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މީކާއީލް ވެސް ވަނީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދުގެ ސަޕޯޓަރުން މިހާރު ވަނީ އުފާފާޅުކުރުމަށް އާޓިފިޝަލް ބީޗަށް ޖަމާވެފަ އެވެ. ނަޝީދުވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެންފަ އެވެ. އަދި މެންބަރުންނާއި ސަލާމް ކުރައްވާ އުފާފާޅުކުރުމުގައި ދަނީ ބައިވެރިވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ