ރައީސް ނަޝީދު އަދި މީކާއީލް --
ހަބަރު
13 Jun 2026 | 02:43
ޗެއާޕާސަން އިންތިހާބު: ވޯޓްލީ 30،600 މެންބަރުން، ނަޝީދު 20،900 ވޯޓް ހޯއްދެވި

މިއަދު އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި 30,000 ވުރެ ގިނަ މެންބަރުން ވޯޓްލާފައިވާ ކަމަށާ އޭގެ ތެރެއިން 20,900 ވުރެ ގިނަ ވޯޓް ހޯއްދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައިިފި އެވެ.

މިއަދު މުޅި ރާއްޖޭގައި އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި 50,000 ވުރެ ގިނަ މެންބަރުންނަށް ވޯޓްލުމުގެ ހައްގު ލިބިފައި އޮތެވެ. ވޯޓްލީ 30,626 މެންބަރުންނެވެ. ސައްހަ ވޯޓްގެ އަދަދަކީ 30,363 ވޯޓެވެ.

މި އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ 20,943 ވޯޓް ހޯއްދަވާފަ އެވެ. އެއީ ވޯޓްލީ މީހުންގެ 69 އިންސައްތަ ވޯޓެވެ.

ނަޝީދަށް ލިބުނު ކާމިޔާބީ ފާހަގަކުރުން 

މީކައީލަށް ލިބިވަޑައިގަތީ 9,251 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 30 އިންސައްތަ އެވެ. އިބްރާހިމް މުހައްމަދަށް 169 ވޯޓް ލިބިފައިވެ އެވެ.

އެންމެ އަތޮޅެއް ފިޔަވާ ހުރިހާ އަތޮޅަކުން މެޖޯރިޓީ ނަޝީދަށް

މިއަދު އޮތް އިންތިހާބުގައި އެންމެ އަތޮޅެއް ފިޔަވާ ހުރިހާ އަތޮޅަކުން މެޖޯރިޓީ ހޯދީ ނަޝީދެވެ.

މީކާއީލަށް މެޖޯރިޓީ ލިބުނީ ޅ އަތޮޅުން އެކަންޏެވެ. އެއީ ރައީސް ސޯލިހް ނިސްބަތްވެވަޑައިގަންނަވާ ހިންނަވަރުން ހޯއްދެވި ބޮޑު ކާމިޔާބީގެ ސަބަބުންނެވެ.

ނަޝީދަށް ލިބުނު ކާމިޔާބީ ފާހަގަކުރުން 

އެ އަތޮޅުން މީކާއީލް ވަނީ 547 ވޯޓް ހޯއްދަވާފަ އެވެ. ނަޝީދަށް ލިބިވަޑައިގަތީ 423 ވޯޓެވެ.

ހުރިހާ ސިޓީތަކުން ނަޝީދަށް ބޮޑު އަޣުލަބިއްޔަތެއްް

މިއަދު އޮތް އިންތިހާބުގައި ހުރިހާ ސިޓީތަކުން ނަޝީދު ވަނީ ބޮޑު އަޣްލަބިއްޔަތެއް ހޯއްދަވާފަ އެެވެ. އެގޮތުން މާލެ ސިޓީން ނަޝީދު ވަނީ 3,601 ވޯޓް ހޯއްދަވާފަ އެވެ. މީކާއީލަށް ލިބިވަޑައިގަތީ 1,502 ވޯޓެވެ.

އައްޑޫ ސިޓީން ނަޝީދަށް 2,344 ވޯޓް އަދި މީކާއީލަށް 1,083 ވޯޓް ލިބިވަޑައިގެންފައިވެ އެވެ.

ނަޝީދަށް ލިބުނު ކާމިޔާބީ ފާހަގަކުރުން 

ފުވައްމުލަކު ސިޓީޞް ނަޝީދަށް 890 ވޯޓް ލިބިވަޑައިގެންނެވިއިރު މިކާއިލަށް ލިބިވަޑައިގަތީ 237 ވޯޓެވެ. ތިނަދޫ ސިޓީން ނަޝީދަށް 563 ވޯޓް އަދި މީކާއީލަށް 252 ވޯޓް ލިބިވަޑައިގެންފައިވެ އެވެ.

އުތުރުގެ ކުޅުދުއްފުށި ސިޓީން ނަޝީދު ވަނީ 288 ވޯޓް ހޯއްދަވާފަ އެވެ. މީކާއިލަށް ލިބިވަޑައިގަތީ 146 ވޯޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ