ވޯޓުލުން ކުރިއަށްދަނީ..
ހަބަރު
13 Jun 2026 | 10:20
ދ.މީދޫ ކައުންސިލް ރައީސް ހޯވުމަށް ވޯޓުލުން ކުރިއަށްދަނީ

ދ.މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ކުރިއަށްގެންދާ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

އިންތިހާބުގެ ވޯޓުލުން މިއަދު ފަށާފައިވާއިރު، ދެވަނަ ފަހަރަށް ވޯޓުނެގުން ކުރިއަށްގެންދަން ޖެހުނީ ހައިކޯޓުގެ އަމުރަކާ ގުޅިގެންނެވެ. އެއީ ރައީސްއަކު ހޮވުމަށް މީގެކުރިން ބޭއްވި އިންތިހާބާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހެޅުމުންނެވެ. 

މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް އާއި އެމްޑީއޭ ކެންޑިޑޭޓް މުޙައްމަދު ޝާހިދު އެވެ. އިންތިހާބުގެ ނަތީޖާ ފުރަތަމަ ބުރަވެފައި އޮތީ ސުހާ ކޮޅަށެވެ. ނަމަވެސް ހުށައެޅި ޝަކުވާއަކާއި ގުޅިގެން ވޯޓް އަލުން ގުނި އެވެ. އަދި އެއް ވޯޓް ބާތިލު ކަމަށް ކަނޑައެޅި އެވެ. އެއީ ސުހާއަށް ލިބިފައިވާ ވޯޓެކެވެ.

ހެނދުނު 10 އެއް ޖެހިއިރު ވޯޓު ލީ މީހުންގެ ތަފާސްހިސާބު

އެހެން ކަމުން ކޮމިޝަނުން ނިންމީ 392 ވޯޓުން އިންތިހާބު ކާމިޔާބު ކުރީ އެމްޑީއޭ ކެންޑިޑޭޓް މުޙައްމަދު ޝާހިދު ކަމަށެވެ. 

އެ ނިންމުން ސުހާގެ ފަރާތުން ހައިކޯޓަށް ހުށައެޅި އެވެ. ހައިކޯޓުން ވަނީ ކޮމިޝަނުން ބާތިލު ވޯޓެއް ކަމަށް ނިންމި ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ކަނޑައަޅާފަ އެވެ. އަދި އަލުން ނަތީޖާ އިއުލާނު ކުރަން އަމުރުކުރި އެވެ.

ދ.މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ކުރިއަށްގެންދާ އިންތިހާބުގައި މިއަދު ހެނދުނު 10 ޖެހުމާ ހަމަޔަށް 209 މީހަކު ވަނީ ވޯޓުލާފައެވެ. އެއީ ވޯޓުލެވޭ މީހުންގެ 19.92 އިންސައްތައެވެ

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުން މިއަދުގެ 16:00 ޖެހުމާ ހަމަޔަށް ކުރިއަށްދާނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.