މިއަދު ބޭއްވި އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން.. ފޮޓޯ: އިލެކްޝަންސް
ހަބަރު
13 Jun 2026 | 21:26
ދ.މީދޫގައި މިއަދު ބޭއްވި އިންތިހާބުގެ އިންތިޒާމުތައް ވަރަށް ރަނގަޅު: އެޗްއާރުސީއެމް

ދ.މީދޫގައި މިއަދު ކުރިއަށްދިޔަ ކައުންސިލް ރައިސް ހޮވުމުގެ ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖެހިފައިހުރީ ވަރަށް ރަނގަޅަށްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބުނެފިއެވެ.

އިންތިހާބުގެ ކަންކަން ކުރިއަށްދިޔަ ގޮތާ ބެހޭގޮތުން އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ވޯޓު ނެގުމުގެ ކަންކަން މައިގަނޑު ގޮތެއްގައި ކުރިއަށް ގޮސްފައިވަނީ، ސުލްހަވެރިކަމާއި އަމާންކަމާއި އޮމާންކަމާއެކުގައެވެ. އެޗްއާރުސީއެމުން ބުނީ، ރައްޔިތުންގެ ބައިވެރިވުން އޮންނަ މި އިންތިހާބަކި މިނިވަން، އިންސާފުވެރި، ހާމަކަން ބޮޑު އަދި އިތުބާރުކުރުވަނިވި ވޯޓެއްތޯ ކަށަވަރު ކުރުމަށް އިންތިހާބުގެ ވޯޓުލުމުގެ ކަންކަން ކުރިޔަށްދިޔަގޮތް އެ ކޮމިޝަނުން ބަލާފައިވާކަމަށެވެ.

ކޮމިޝަނުން ބުނީ ވޯޓުލުމުގެ އިންތިޒާމުތަކާއި، ވޯޓު ނެގުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވަނީ ޖުމްލަގޮތެއްގައި "ފުރިހަމަ އިންތިޒާމުތަކެއްގެ ތެރެއިންކަން ފާހަގަކުރާ ކަމަށެވެ. އެގޮތުން ވޯޓުލުމުގެ ކަންކަން ކުރިއަށްދިޔައިރު ކަމާބެހޭ ފަރާތްތަކުންވެސް ވަރަށް ގާތުން ހަރަކާތްތެރިވިކަން ވަނީ ފާހަގަކޮށްފައެވެ.

އިންތިހާބުގައި ރަނގަޅުކޮށްލަން ޖެހޭ ކަމެއްގެ ގޮތުގައި އެޗްއާރުސީއެމުން ފާހަގަކޮށްފައިވަނީ، ވޯޓުލުން ކުރިޔަށް "ދިޔަ ދ މީދޫގެ ދެ މަރުކަޒުގައި ނުކުޅެދުންތެރިކަނ ހުންނަ މީހުންނަށް ފަސޭހައިން ވަދެ ނިކުމެވޭނޭ އިންތިޒާމް، ހަމަޖެހިފައި ނެތްކަން އެކަންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.