އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވުން- ފޮޓޯ/ އެސްޓީއޯ
ވިޔަފާރި
13 Jun 2026 | 20:07
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

1991 ވަނަ އަހަރު ހުޅުވިގެންދިޔަ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އައުޓްލެޓާއި އެކު ސުޕަރމާކެޓް ކޮންސެޕްޓް ދިވެހިންގެ ތެރެއަށް ތަޢާރްފެ ވެގެން ދިޔައެވެ. އެއާއި އެކު ފަސޭހަ ކަމާއިއެކު ހެޔޮ އަގެއްގައި ގިނަ ބާވަތްތަކެއް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރާޅުގެ ދަށުން އާއްމުންނަށް ފޯރުކޮށްދެވެން ފެށުނެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ހައިޕަރމާކެޓްގެ ގެތޮގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް 2022 ވަނަ އަހަރު، ބޮޑެތި ބަދަލުތަކާއި އެކު ހުޅުވިގެން ދިޔައިރު، ކާބޯތަކެތީގެ އިތުރުން ހޯމްއިމްޕްރޫވްމަންޓް ސާމާނުގެ ގިނަ ބްރޭންޑުތަކެއްގެ އުފެއްދުންތަށް ގެނެވި ބާޒާރަށް ތަޢާރަފް ކުރެވިގެން ދިޔައެވެ.

ޕީޕަލްސް ޗޮއިސުން ލިބެމުންދިޔަ ޚިދުމަތްތަށް އިތުރަށް ފުޅާކޮށް ގިނަ ބަޔަކަށް މި ޚިދުމަތްތަށް ފޯރުކޮށް ދިނުމުގެ ނިޔަތުގައި އެޅުނު އެންމެ ބޮޑު އެއް ފިޔަވަޅަކަށް ވެގެންދިޔައީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހުޅުމާލޭ ފޭސް 1 ގައި ޕީޕަލްސް ޗޮއިސްގެ އައުޓްލެޓެށް ހުޅުވިގެން ދިއުމެވެ. މިއާއި އެކު، މާލެ ސަރަހަދުގެ ބޮޑު އާބާދީއެއް ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުންގެ ގިނަ ދުވަހެއްގެ އުއްމީދެއް ހަގީގަތަކަށް ވެގެން ދިޔައެވެ. 

އެސްޓީއޯ ޕީޕަލްސް ޗޮއިސުން ފޯރުކޮށްދެމުން އައި ޚިދުމަތްތައް އައު އުސްމިންތަކަކަށް ދާކަމުގެ ހެއްކަކީ ، މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވިގެން ދިއުމެވެ. މި އައު ފަންގިފިލާ ހުޅުވިގެން ދިއުމާއިއެކު، މި ފިހާރައިން އާއްމުންނަށް ލިބެމުން އަންނަ އުފެއްދުންތަކާއި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ހަރުދަނާ ކުރެވިގެންދާނެއެވެ. 

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަމްގިފިލާ ހުޅުވިގެން ދިޔައީ 11 ޖޫން 2026 ވީ ބުރާސްފަތި ދުވަހު އެތަނުގައި ބޭއްވުނު ހާއްސަ ހަފްލާއަކުންނެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަލްފާޟިލް މުހައްމަދު ސަޢީދެވެ. މީގެ އިތުރުން އެސްޓިއޯގެ ބޯޑު އަދި އެކްސްކޯ މެމްބަރުންގެ އިތުރުން އެސްޓީއޯ ޖެނެރަލް ޓްރޭޑިންގްގެ ބެރޭންޑްތަކުގެ ސަޕްލަޔަރުންނާއި ކަލްއެންޓުން ބައިވެރިވިއެވެ. 

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހާއްސަ ކުރެވިފައިވަނީ ހޯމް އިމްޕްރޫވްމަންޓް ސާމާނުގެ އިތުރުން ގޭތެރެ ރީތިކުރުމަށް ބޭނުންވާ ހޯމް ޑެކޯ އައިޓަމް ތަކާށެވެ. މީގެ އިތުރުން، ޕްރޮކިޔޯ ޕްލަސް އަދި ޕީކަބޫގެ އައުޓްލެޓަކާއި ރައިމްބޯ ހޯމް އިމްޕްރޫވްމަންޓްގެ ޑިސްޕްލޭ ޒޯނެއްވެސް މި ފަންގިފިލާގައިހިމެނިފައިވާނެއެވެ. އަދި ދިވެހިންގެ މެދުގައި މަޝްހޫރު ކޮފީ ބީންސް އެންޑް ޓީ ލީވްސްގެ އައުޓްލެޓެއްވެސް ވަރަށް އަވަހަށް މި ފަންގިފިލާގައި ހުޅުވިގެންދާނެއެވެ.ހަމަ އެއާއި އެކު، އެސްޓީއޯއިން މިވަގުތު ވިއްކަމުން ގެންދާ ބްރޭންޑްތައް ކަމުގައިވާ ފިލިޕްސް، ރަސެލްހޮބްސް، އެލްޖީޓިވީ އަދި ޑައިސަންގެ ތަފާތު ގިނަ ޕްރޮޑަކްޓްތަކެއް މި ފަންގިފިލާގައި ލިބެން ހުންނާނެއެވެ.

މީގެ އިތުރުން، މި ފަންގިފިލާ ހުޅހުވިގެން ދިއުމާއިއެކު، ޗައިނާގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ސުންމީ ބްރޭންޑްގެ ޕްރޮޑަކްޓްތައް ވެސް ބާޒާރަށް ވަނީ ތަޢާރަފް ކޮށްފައެވެ. މި ފަންގިފިލާ ހާއްސަ ކުރެވިވައިވާނީ އާއިލާއާއި އެކު ވިޔަފާރި ކުރުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ފަސޭހަ ވާނެ ގޮތަށް، ތުއްތު ކުދިންނަށް ހާއްސަ ކިޑްސް ކޯނަރއެއްވެސް އެކުލެވޭ ގޮތަށެވެ. މި ފަންގިފިލާ ހިޅުވިގެން ދިއުމާއިއެކު ކަސްޓަމަރުންނަށް ހިތްގައިމު މާހައުލެއްގައި ހިތްފަސޭހަ ކަމާއިއެކު ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވިގެން ދިއުމާއި އެކު، މި ފެށޭ ހުކުރު ދުވަހުން ފެށިގެން އާއްމުންނަށް ވިޔަފާރި ކުރުމަށް ހުޅުވިގެންދާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.