ލަނޑުޖެހުމަށްފަހު ޖަރުމަނުން އުފާފާޅު ކުރަނީ-
ކުޅިވަރު
15 Jun 2026 | 10:10
ކުޑަ އާބާދީއެއް އޮންނަ ކިއުރަސާއޯގެ މައްޗަށް 7-1 އިން ކުރިހޯދައި ވޯލްޑް ކަޕްގެ ފެށުން ޖަރުމަނުން ވަރުގަދަކޮށްފި

އެމެރިކާގެ ޓެކްސަސްގެ ހިއުސްޓަންގައި ރޭ ކުޅުނު ވޯލްޑް ކަޕް ގްރޫޕް އީގެ ފުރަތަމަ މެޗުގައި، އަލަށް ވޯލްޑް ކަޕްގައި ވާދަކުރާ ކިއުރަސާއޯގެ މައްޗަށް 7-1 ގެ ބޮޑު ތަފާތަކުން ކާމިޔާބު ހޯދައި، ޖަރުމަނުން މުބާރާތުގެ ފެށުން ވަރުގަދަކޮށްފިއެވެ.

މިއީ 2014 ވަނަ އަހަރު ތަށި އުފުލާލި ފަހުން، ވޯލްޑް ކަޕެއްގެ ފުރަތަމަ މެޗުން ޖަރުމަނު މޮޅުވި ފުރަތަމަ ފަހަރެވެ.

މެޗުގެ ވަރަށް ކުރީކޮޅު، 6 ވަނަ މިނެޓުގައި ފީލިކްސް އެންމެޗާ ވަނީ ހިތްގައިމު ލަނޑެއް ޖަހައި ޖަރުމަނަށް ކުރިހޯދައިދީފައެވެ. ނަމަވެސް، ކިއުރަސާއޯގެ ލިވާނޯ ކޮމެނެންސިއާ ފޮނުވާލި ހަމަލާއެއް ޖަރުމަނުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ގޯލަށް ވަނުމާއެކު، މެޗުގެ ނަތީޖާ އެއްވަރުވިއެވެ. މި ލަނޑާއެކު "ބްލޫ ވޭވް" ގެ ނަމުން މަޝްހޫރުވެފައިވާ ކިއުރަސާއޯގެ ސަޕޯޓަރުންނަށް ބޮޑު އުފާވެރިކަމެއް ލިބުނެވެ.

ޖަރުމަނުން އަލުން ލީޑު ނެގީ 38 ވަނަ މިނެޓުގައި ނިކޯ ޝްލޮޓަބެކް ބޮލުން ޖެހި ލަނޑުންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ކައި ހާވަރޓްޒް ވަނީ ޕެނަލްޓީއަކުން ލަނޑެއް ޖަހައި ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން 69 ސިކުންތު ތެރޭގައި ޖަމާލް މުސިއާލާ ޖަރުމަނުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރިއެވެ. އޭގެ ފަހުން ފުލްބެކް ނަތަނިއަލް ބްރައުން އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެނިޒް އުންޑާވް ވެސް ވަނީ ލަނޑު ޖަހާފައެވެ. މެޗުގެ ފަހު ލަނޑު ޖަހައިދިނީ ހާވަރޓްޒްއެވެ. މި ނަތީޖާއާއެކު 2014 ވަނަ އަހަރުގެ ސެމީ ފައިނަލްގައި ބްރެޒިލް އަތުން ޖަރުމަނު މޮޅުވި 7-1 ގެ ތާރީޚީ ނަތީޖާ ވަނީ ތަކުރާރުވެފައެވެ.

މި މޮޅާއެކު ކޯޗު ޖޫލިއަން ނާގަލްސްމަންގެ ޓީމަށް ވަނީ ނޮކައުޓް ބުރަށް ދިއުމުގެ ފުރުސަތު ބޮޑުވެފައެވެ. ކުރިއަށް އޮތް މެޗުތަކުގައި ޖަރުމަނު ކުޅޭނީ އިކުއެޑޯ އަދި އައިވަރީ ކޯސްޓާ ދެކޮޅަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.