ރޭގެ މެޗުގައި ރޮނަލްޑޯ-
ކުޅިވަރު
18 Jun 2026 | 09:33
މިއީ އުއްމީދު ކުރި ފެށުމެއް ނޫން؛ އެކަމަކު ނިމެން އަދި ގާތްވެސް ނުވޭ: ރޮނަލްޑޯ

ރޭގެ މެޗުން ނެރެވުނީ އުއްމީދު ކުރި ނަތީޖާއެއް ނޫން ކަމަށާ ކުރިއަށް އޮތް ތަނުގައި ހިތްވަރާއެކު ކާމިޔާބީއަށް ވާސިލް ވުމަށް އިތުރަށް މަސައްކަތް ކުރާނެ ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނަލްޑޯ ބުނެފިއެވެ.

ވޯލްޑް ކަޕް ގްރޫޕް ކޭގެ ފުރަތަމަ މެޗުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ޕޯޗުގަލް ވާދަކޮށް 1-1 އިން ވަނީ އެއްވަރުވެފައެވެ. 

އެމެރިކާގެ ހިއުސްޓަންގައި ކުޅުނު މި މެޗަށްފަހު ރޮނަލްޑޯގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ އެ ޓީމުން އުއްމީދު ކުރި ފަދަ ފެށުމެއް ނޫން ނަމަވެސް، މުބާރާތް އަދި ނިމުމާ ގާތްވެސް ނުވާ ކަމަށެވެ. އަދި ހިތްވަރާއެކު، ދެން އޮތް މެޗަށް ފޯކަސް ކުރުމަށް އޭނާ ވަނީ އެދިފައެވެ.

މި މެޗުގައި ފެނިގެންދިޔަ ދެ ލަނޑުވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ޖޮއާއޯ ނޭވްސް ބޮލުން ޖަހައި ޕޯޗުގަލްއަށް ލީޑު ނަގައިދީފައި ވަނިކޮށް، ފުރަތަމަ ހާފު ނިމެން ދަނިކޮށް ކޮންގޯގެ ޔޮއާން ވިސާ ވަނީ ބޮލުން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މުޅި މެޗުގައިވެސް ރޮނަލްޑޯ ކުޅެފައިވާއިރު، މިއީ އޭނާއަށް ނުހަނު އުނދަގޫ މެޗަކަށް ވެގެންދިޔައެވެ. މެޗުގެ ދެވަނަ ހާފުގައި ޕޯޗުގަލްއިން ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅުނު ނަމަވެސް، ކޮންގޯގެ ޑިފެންސް ފޫއަޅުވާލައި އިތުރު ލަނޑެއް ޖެހޭގޮތް ވަނީ ނުވެފައެވެ. ކޯޗު ރޮބާޓޯ މާޓިނޭޒް، ފްރެންސިސްކޯ ކޮންސެއިސާއޯ ކުޅެން އެރުވުމުން ޓީމުގެ ހަމަލާތަކަށް ކޮންމެވެސް ވަރެއްގެ ބާރުމިނެއް އައި ނަމަވެސް، ނަތީޖާއަށް ބަދަލެއް ނުގެނެވުނެވެ.

މެޗުގައި ލަނޑު ނުޖެހުނު ނަމަވެސް، މި މެޗާއެކު ރޮނަލްޑޯ ވަނީ ތާރީޚީ ރެކޯޑެއްވެސް ގާއިމްކޮށްފައެވެ. އުމުރުން 41 އަހަރާއި 123 ދުވަހުގައި މެޗު ފެށި ރޮނަލްޑޯ އަކީ ވޯލްޑް ކަޕް މެޗެއް ފަށާފައިވާ އެންމެ އުމުރުން ދުވަސްވީ އައުޓްފީލްޑް ކުޅުންތެރިޔާއެވެ. އަދި އޭނާއަކީ ވޯލްޑް ކަޕެއްގައި ކުޅުނު 40 އަހަރުން މަތީގެ ދެވަނަ އައުޓްފީލްޑް ކުޅުންތެރިޔާވެސް މެއެވެ.

ޕޯޗުގަލްގެ މި ނަތީޖާއާއެކު، ގްރޫޕް ސްޓޭޖުގެ ކުރިއަށް ހުރި މެޗުތަކަކީ އެ ޓީމަށް ނުހަނު މުހިންމު މެޗުތަކަކަށް ވެގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.