ކޮންގޯގެ ސްޓެޗޫ ސަޕޯޓަރު-
ކުޅިވަރު
19 Jun 2026 | 15:14
ކޮންގޯގެ މަޝްހޫރު 'ސްޓެޗޫ' ސަޕޯޓަރު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ނުފެނުނީ ކީއްވެ؟

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް 'ކޭ' ގައި ކޮންގޯ އާއި ޕޯޗުގަލް ބައްދަލުކުރި ފޯރިގަދަ މެޗު 1-1 އިން އެއްވަރުވެ، ކޮންގޯއިން ދުނިޔެ ސިއްސުވާލިއިރު، އެ ގައުމުގެ އެންމެ މަޝްހޫރު ސަޕޯޓަރު ދަނޑުމަތިން ފެނިފައެއް ނުވެއެވެ.

"ލުމުމްބާ ވިއާ" ގެ ނަމުން މަޝްހޫރުވެފައިވާ މިޝެލް ކުކާ އެމްބޯލަޑިންގާ އަކީ، މެޗު ކުރިއަށްދާ މުޅި 90 މިނެޓު ވަންދެން އެއްވެސް ހަރަކާތެއް ނެތި ބުދެއް ފަދައިން ހުއްޓި ހުރެގެން ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ސަޕޯޓަރެކެވެ.

އެމްބޮލަޑިންގާ ފުރަތަމަ އާންމުންގެ ސަމާލުކަމަށް އައީ 2025 ވަނަ އަހަރު ބޭއްވި އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގައެވެ. އެ މުބާރާތުގެ ނޮކްއައުޓް ބުރަށް ކޮންގޯ ދަތުރުކުރިއިރު، ދަނޑުގެ ސަޕޯޓަރުންގެ ތެރޭގައި އެއްވެސް ހަރަކާތެއް ނެތި ބުދެއް ފަދައިން އޭނާ ހުންނަ މަންޒަރު ޓީވީތަކުން ތަކުރާރުކޮށް ދައްކަމުން ދިޔައެވެ. އޭނާގެ މި ތަފާތު އަދި ސާބިތު ސަޕޯޓުގެ ސަބަބުން، އެ މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ އެކަކަށް އޭނާ ވެގެންދިޔައެވެ. ބައެއް ކުޅުންތެރިންނަށްވުރެ ބޮޑަށްވެސް އާންމުންގެ މެދުގައި އޭނާގެ ވާހަކަ ދެކެވުނުކަން ފާހަގަކުރެވެއެވެ. 

އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުން އޭނާ ނުފެނުނީ، އެމެރިކާއަށް އެތެރެވުމުގައި ހުރި ހުރަސްތަކަކާ ގުޅިގެންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމާ ގުޅިގެން އެމެރިކާއިން އަޅާފައިވާ ދަތުރުފަތުރުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އޭނާއަށް ވިސާ ލިބުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

އަދި އޭނާއަށް މެޗު ބަލަން ނުދެވުނީ ކަރަންޓީނުގެ 21 ދުވަހުގެ މުއްދަތު ހަމަނުވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ކޮންގޯގެ މިނިވަންކަމުގެ ބަތަލު އަދި ފުރަތަމަ ބޮޑުވަޒީރު ޕެޓްރިސް ލުމުމްބާގެ ސްޓެޗޫ

އުމުރުން 49 އަހަރުގެ އެމްބޯލަޑިންގާ ބުދެއް ފަދައިން ހުއްޓި ހުންނަ ހުރުމަކީ ހަމައެކަނި ދައްކާލުމެއް ނޫނެވެ. އެއީ އެ ގައުމުގެ މިނިވަންކަމުގެ ބަތަލު އަދި ފުރަތަމަ ބޮޑުވަޒީރު ޕެޓްރިސް ލުމުމްބާގެ ހަނދާނުގައި ކުރާ ކަމެކެވެ. އޭނާ ހުންނަނީ ލުމުމްބާގެ ބިނާއެއްގައި ހުންނަ ފަދައިން އެއް އަތް މައްޗަށް ނަގައިގެންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން، އޭނާ އެގޮތަށް ހުރުމަށް ވަރަށް ގިނަދުވަހު ޕްރްކްޓިސް ކުރެއެވެ. އަދި އެއީ ކޮންގޯގެ ކުޅުންތެރިންނަށް ނަފްސާނީ ހިތްވަރު ލިބޭ ކަމެއް ކަމަށް އޭނާ ގަބޫލުކުރާއިރު ލުމުމްބާ ވިއާ ވެފައިވަނީ އެ ޓީމުގެ ވަރުގަދަ ރޫހު ރަމްޒުކޮށްދޭ ނަމޫނާ ސަޕޯޓަރަކަށެވެ.

މިކަމުގެ މުހިންމުކަން ބޮޑުކަމުން، ކޮންގޯގެ ގައުމީ ޓީމުގެ ކުޅުންތެރިން ވަނީ އޭނާ ވޯލްޑް ކަޕަށް ގެންގޮސްދިނުމަށް އެދި އެ ގައުމުގެ ރައީސް ފީލިކްސް ސިސެކޭޑީގެ އަރިހުގައި ދަންނަވާފައެވެ. ރައީސްގެ ބެއްލެވުމުގެ ދަށުން މިހާރު މި މައްސަލަ ހައްލުކުރެވެމުންދާ އިރު، މިމަހުގެ 27 ވަނަ ދުވަހު އެޓްލާންޓާގައި އުޒްބެކިސްތާނާ ދެކޮޅަށް ކޮންގޯ ކުޅޭ މެޗަށް އޭނާއަށް ދެވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.