17 Jul 2019 | 16:51
ޑީއައިޑީގެ ކޮންމެ އެޕިސޯޑަކަށް ކަރީނާއަށް 3 ކުރޯޑު ރުޕީސް

ޑާންސް އިންޑިއާ ޑާންސް، ޑީއައިޑީގެ ކޮންމެ އެޕިސޯޑަކަށް ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރަށް ތިން ކުރޯޑް ރުޕީސް ލިބޭ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފިއެވެ.

ޑީއައިޑީއަކީ އިންޑިއާގައި ވަރަށް މަގުބޫލް ޑާންސް ރިއަލިޓީ ޝޯއެކެވެ. މިފަހަރުގެ ސީޒަންއިން ޖަޖެއްގެ ގޮތުގައި ހުނަރުވެރި ތަރި ކަރީނާ ފެނިގެން ދިޔުމުން، ޝޯއަށް އިތުރު ފުރިހަމަ ކަމެއް ވަނީ ގެނެސްދީފައެވެ. ޖޫން 23ގައި މިފަހަރުގެ ޝޯ ޕްރިމިއަރ ކުރިއިރު، ކަރީނާއަށް ޝޯގެ ޖަޖުކަން ކޮށްގެން ބޮޑު އާމްދަނީއެއް ލިބޭ ކަމަށް ކުރިންވެސް އޮތީ ޚަބަރު ފެތުރިފައެވެ.

ކަރީނާ މިހާރު ހުރީ ލަންޑަންގައެވެ. އޭނާގެ ފިލްމު އަންގްރޭޒީ މީޑިއަމްގެ ޝޫޓިންގެ މަސައްކަތުގައެވެ. އެހެންނަމަވެސް ދޭތެރެ ދޭތެރެއިން ޑީއައިޑީގެ އެޕިސޯޑެއް ޝޫޓް ކުރަން އޭނާ އެނބުރި އިންޑިއާއަށް ދެއެވެ.

ކަރީނާ ވަނީ އޭނާއަށް، ޑީއައިޑީގެ ކޮންމެ އެޕިސޯޑަކަށް 3 ކުރޯޑު ރުޕީސް ލިބޭތޯ ސުވާލު ކުރުމުން އެއީ އޭނާއަށް ހައްގު މިންވަރެއް ކަމަށް ބުނެފައެވެ.

"ޕޭ ޖެހޭނެ ވަރަށް ރަނގަޅު އެއްޗަކަށް ވާން. ހަގީގަތުގައި މި ކުރެވެނީ ވަރަށް ބުރަ މަސައްކަތެއް" ކަރީނާ ބުންޏެވެ.

ކަރީނާ ބުނީ އޭނާ އަކީ މަންމައެއް ކަމަށާއި، ދަރިފުޅަށް ވަގުތު ހުސްކުރުމަކީ އޭނާއއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ދަރިފުޅު ތައިމޫރު އަލީ ޚާން ލިބުނު ފަހުން އަށްގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ނުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.