އެމްއެންޔޫގެ މިދިޔައަހަރުގެ ރޮބޮޓިކްސް ހެކަތަން- ފޮޓޯ/ ޕީއެސްއެމް
ހަބަރު
20 Jun 2026 | 22:10
އެމްއެންޔޫގެ "ރޮބޮޓިކްސް ހެކަތަން 2026" ކާމިޔާބުކަމާއެކު ބާއްވައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ރޮބޮޓިކްސް ހެކަތަން 2026: އޮޓޮނޮމަސް މޭޒް ސޯލްވިންގ ޗެލެންޖް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެމްއެންޔޫއިން ބުނި ގޮތުގައި، މި މަހުގެ 18 އިން 20 އަށް ކުރިއަށްދިޔަ މި ހެކަތަންއަކީ ދަރިވަރުންގެ މެދުގައި އީޖާދީ ފިކުރާއި، އުފެއްދުންތެރިކަން އަދި ރޮބޮޓިކްސް އާއި އިންޖިނިއަރިންގ ދާއިރާއިން ހުރި ފަންނީ ހުނަރުތައް ދައްކާލުމަށް ހުޅުވާލި ފުރުސަތެކެވެ.

"އިލެކްޓްރޯނިކްސް ފޯ ރޮބޮޓިކްސް" މާއްދާގެ ދަށުން އިންތިޒާމުކުރި މި ތިން ދުވަހުގެ ހަރަކާތުގައި ޖުމްލަ 12 ދަރިވަރުން ބައިވެރިވިއެވެ. މި ހެކަތަންގައި ދަރިވަރުންނަށް ހަވާލުކުރެވުނު މައިގަނޑު މަސައްކަތަކީ، އިންސާނެއްގެ އެހީއާ ނުލައި އަމިއްލައަށް މަގު ހޯދައިގެން ދަތުރުކުރާ (އޮޓޮނޮމަސް) ރޮބޮޓް ފަރުމާކޮށް، ބިނާކޮށް، ޕްރޮގްރާމްކޮށް އަދި އޭގެ މަސައްކަތް ދައްކާލުމެވެ.

މި ހަރަކާތުގެ ސަބަބުން ދަރިވަރުންނަށް ކިޔަވައިދެވޭ ތިއަރީ މައުލޫމާތުތައް އަމަލީ މައިދާނުގައި ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށް އެ ފެކަލްޓީން ފާހަގަކުރެއެވެ. ޚާއްޞަކޮށް ރޮބޮޓިކްސް، އިލެކްޓްރޯނިކްސް، ޕްރޮގްރާމިންގ އަދި އިންޖިނިއަރިންގ ޑިޒައިންގެ ދާއިރާއިން ދަރިވަރުންގެ ޢިލްމު މުއްސަނދިވެގެންދިޔައެވެ.

ހެކަތަން ކުރިއަށްދިޔަ މުއްދަތުގައި ދަރިވަރުން ގުޅިގެން މަސައްކަތްކޮށް، ކުރިމަތިވި ފަންނީ ގޮންޖެހުންތަކަށް އީޖާދީ ހައްލުތައް ހޯދާފައިވެއެވެ. މީގެ އިތުރުން، މި ހަރަކާތުގެ ސަބަބުން ދަރިވަރުންގެ މެދުގައި ޓީމްވޯކާއި، ކަންކަމުގައި ފުންކޮށް ވިސްނުމުގެ ހުނަރު އިތުރުވެގެންދިޔަކަން އެމްއެންޔޫއިން ފާހަގަކުރެއެވެ.

މި މުބާރާތުގައި ބައިވެރިވި ދަރިވަރުން ވަނީ ހާޑްވެއަރ އަދި ސޮފްޓްވެއަރ ނިޒާމުތައް އެކުލަވާލައި، ސެންސަރުތަކާއި ކޮންޓްރޯލް ސިސްޓަމްތައް ބޭނުންކޮށްގެން އަމިއްލައަށް ދަތުރުކުރާ ރޮބޮޓްތައް ތައްޔާރުކޮށްފައެވެ. މި ހަރަކާތް ނިމިގެންދިޔައީ ބައިވެރިން ތައްޔާރުކުރި ރޮބޮޓްތަކުގެ މަސައްކަތް ދައްކާލުމަށް ބޭއްވުނު ޚާއްޞަ މުބާރާތަކުންނެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ބުނީ، މިފަދަ ހަރަކާތްތަކުގެ މަގްސަދަކީ ކުރިމަގުގައި އަންނަ ބަދަލުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމާއި، ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އީޖާދީ ކުރިއެރުންތައް ހޯދައިދޭނެ ފަންނުވެރިން ބިނާކުރުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
23 Sep 2026
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.
23 Sep 2026
ކުރިއަށް އޮތް ތަނުގައި ރާއްޖެއާ ސައުދީގެ ގުޅުން އިތުރަށް ބަދަހިވާނެ
ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއްޔާއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
23 Sep 2026
ތިނަދޫގައި މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އިސްކޮށް އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.