އަނިޔާއަށްފަހު ކޯނޭ ދަނޑުން ބާލަނީ-
ކުޅިވަރު
21 Jun 2026 | 10:48
އަނިޔާވި ކެނެޑާގެ ކޯނޭގެ އަސަރުގަދަ މެސެޖެއް: "މާތްالله އަހަރެން ދޫކޮށްނުލައްވާނެ، މިއީ އީމާންތެރިކަމުގެ އިމްތިހާނެއް"

ބުރާސްފަތި ދުވަހު، ކުޅެވުނު ވޯލްޑްކަޕްގެ މެޗުތަކުގެ ތެރެއިން ޤަތަރާ ދެކޮޅަށް ކެނެޑާ ކުޅުނު މެޗުގައި، ކެނެޑާގެ ގައުމީ ފުޓްބޯޅަ ޓީމުގެ މެދުތެރެއަށް ކުޅޭ އުމުރުން 24 އަހަރުގެ، އިސްމާއިލް ކޯނޭއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

ކެނެޑާ 6-0 އިން މޮޅުވި މި މެޗުގެ 51 ވަނަ މިނެޓުގައި، ގަތަރުގެ އާސިމް މަދީބޯ ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެން ކޯނޭއަށް ވަނީ ބޮޑު އަނިޔާއެއް ލިބިފައެވެ. ދަނޑުމަތީގައި ގިނަ ވަގުތު ފަރުވާ ދިނުމަށްފަހު އޭނާ ބޭލީ ސްޓްރެޗަރުގައެވެ. ސްޓްރެޗަރުގައި އޮވެ ދަނޑުން ފައިބައިގެން ދިޔައިރު، އޭނާ އޮތީ އޮކްސިޖަން ގުޅާފައެވެ. ނަމަވެސް، ކޯނޭ ވަނީ ސަޕޯޓަރުންނަށް އަތުގެ އިޝާރާތުން "ތަމްބްސް-އަޕް" ދީ، އަތް ހޫރުވާލާފައެވެ.

އަނިޔާއާ ގުޅިގެން ކޯނޭ ވަނީ ސާޖަރީއެއް ހަދާފައެވެ. ކެނެޑާ ސޮކަރއިން ބުނެފައިވާ ގޮތުގައި، ކޯނޭއަށް މި މުބާރާތުގެ ބާކީ ހުރި މެޗުތަކުގައި ނުކުޅެވޭނެއެވެ. ނަމަވެސް އޭނާ މުޅިން ރަނގަޅުވާނެ ކަމަށް އުންމީދު ކުރެވެއެވެ.

މި ހާދިސާއާ ގުޅިގެން ކޯނޭގެ އިންސްޓަގްރާމްގައި ލިޔެފައިވާ ޕޯސްޓެއްގައިވަނީ އޭނާގެ އިހްސާސްތައް ބަންޑުން ކޮށްލާފައެވެ.

އެގޮތުން އޭނާ ބުނީ މާތްالله އޭނާ ދުވަހަކުވެސް ދޫކޮށްނުލައްވާ ކަމަށާއި، މި ކުރިމަތިވި ހާލަތަކީ އޭނާގެ އީމާންތެރިކަމާއި ސަހުސިއްޔަތު ވަޒަންކުރުމަށް ކުރިމަތިވި އިމްތިހާނެއް ކަމަށެވެ.

"މާތްﷲ އަހަރެން ދުވަހަކުވެސް ދޫކޮށްނުލައްވާ. މުޅި ހަޔާތުގައިވެސް އެންމެ ފަހަރަކުވެސް އެކަލާނގެ އަހަރެން ދޫކޮށްނުލައްވާ. އެހެންވީމާ މިހާރު ޝައްކުކުރަންވީ ކީއްވެ؟" ކޯނޭ ލިޔެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ކޮންމެ ކަމެއް ހިނގުމުގެ ކުރިންވެސް އެކަލާނގެ ހުރިހާ ކަމެއް ދެނެވޮޑިގެންވާ ކަމަށާއި، ކޮންމެ މީހަކަށްވެސް އެމީހަކަށް ކެތްނުކުރެވޭނެ ވަރުގެ ތަކުލީފެއް އެކަލާނގެ ނުޖައްސަވާނެ ކަމަށެވެ.

ކޯނޭ ވަނީ އޭނާއަށް ހެޔޮދުއާކޮށް، ސަޕޯޓް ދިން ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި ކެނެޑާ ޓީމުގެ ކުޅުންތެރިންނާ މުހާތަބުކޮށް ބުނެފައިވަނީ، އޭނާ މިހާރު ހުރީ ސައިޑްލައިންގައި ހުރި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އެކުވެރިންނަށް ސަޕޯޓްދޭން ތައްޔާރަށް ކަމަށެވެ.

"އަހަރެން ވަރަށް އަވަހަށް އެނބުރި އަންނާނަން،" ކުރިން ވަޓްފޯޑަށްވެސް ކުޅުނު ކޯނޭ ބުންޏެވެ.

ގްރޫޕް ބީގެ ފަހު މެޗުގައި ޖޫން 24 ގައި ކެނެޑާ ނުކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.