މަރުވި ކުއްޖާ އަދި އޭނާގެ ބައްޕަ
ދުނިޔެ
21 Jun 2026 | 11:18
ޕާކިސްތާނު ފުލުހުންގެ އޮޅުމަކުން 9 އަހަރުގެ ކުއްޖަކު މަރުވި މައްސަލާގައި ފުލުހުންގެ ތަހްގީގެއް


ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ ޗަކްވާލްގައި، އޮސްޓްރޭލިއާއަށް ނިސްބަތްވާ އުމުރުން 9 އަހަރުގެ ހާނިޔާ އަހުމަދު ގަޔަށް ފުލުހުން ބަޑިޖަހައި މަރުވި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ފުލުހުން މާފަށް އެދިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހާނިޔާ އާއި އޭނާގެ އާއިލާ ޗަކްވާލްގައި ހުންނަ އާއިލީ މީހެއްގެ ގެއަށް ޒިޔާރަތްކޮށް، އެނބުރި ދަނިކޮށް ހަތިޔާރު އެޅި ބަޔަކު އެމީހުން ރެންޓަލް ކާރުގައި ތިއްބާ ރަހީނުކުރި ވަގުތެއްގައެވެ. އެވަގުތު އެ ސަރަހައްދަށް އައި ޕަންޖާބު ފުލުހުންގެ ކްރައިމް ކޮންޓްރޯލް ޑިޕާޓްމަންޓްގެ އޮފިސަރުން ވަނީ ހަތިޔާރު އެޅި މީހުންނަށް އަމާޒުކޮށް މެޝިން ބަޑިން ހަމަލާދީފައެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަމަލާގެ ތެރޭގައި އޮފިސަރަށް އޮޅިގެން ކާރުގައި ފިލަން އުޅެނީ ކުށްވެރިން ކަމަށް ހީކޮށް ކާރަށް ބަޑިޖެހީ ކަމަށެވެ. މި ބަޑީގެ ހަމަލާތަކުގައި ހާނިޔާގެ ގަޔަށް 4 ވަޒަން އަރައި، ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ވަނީ މަރުވެފައެވެ. އަދި މި ހާދިސާގައި ހާނިޔާގެ ބައްޕަ، އަދީލް އަހުމަދު އާއި އޭނާގެ 11 އަހަރުގެ ބޭބެ އާފާން އަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ނަމަވެސް އޭނާގެ މަންމަ ސަލާމަތްވިއެވެ.

ޕާކިސްތާނު ފުލުހުން ބުނި ގޮތުގައި، ކާރަށް ބަޑިޖެހި އޮފިސަރު ވަނީ ފުލުހުންގެ މިންގަނޑުތަކާއި ހަތިޔާރު ބޭނުންކުރުމުގެ އުސޫލުތަކާ މުޅިން ހިލާފުވެފައެވެ. އެހެންކަމުން އެ އޮފިސަރު މިހާރު ވަނީ ވަޒީފާއިން އެކަހެރިކޮށް، ހައްޔަރުކޮށް، ޝަރީއަތް ކުރިއަށްދަންދެން ބަންދުކޮށްފައެވެ.

އޮސްޓްރޭލިއާގެ ޕާތު ސިޓީއަށް ނިސްބަތްވާ މި އާއިލާއަކީ ސައުދީ އަރަބިއްޔާގައި ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު، ޕާކިސްތާނުގައި ތިބި ތިމާގެ މީހުންނަށް ޒިޔާރަތްކުރި އާއިލާއެކެވެ.

މި ހާދިސާއާ ގުޅިގެން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، މިކަން ހިނގާދިޔަ ގޮތް ދެފުށް ފެންނަ ގޮތަކަށް، ފުރިހަމައަށް ތަހުގީގުކޮށްދިނުމަށް ޕާކިސްތާނު ސަރުކާރަށް ގޮވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.
23 Aug 2026
ކުދި ޖަޒީރާ ޤައުމުތައް އީޖާދީ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް ގޮވާލައްވައިފި
ސުމޭކު ގުޅުންތައް މިހާރު ހަމައެކަނި މުވާސަލާތުގެ ވަސީލަތެއް ނޫން ކަމަށާއި ވިޔަފާރިއާއި މާލީ ޚިދުމަތާއި ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާޢަތަށް ބާރުދޭ އިޤުތިޞާދީ ބިނާރަކަށް އެ ގުޅުންތައް ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ