ފްރާންސް އިރާޤް މެޗުގެ ބްރޭކްގެ ތެރެއިން-
ކުޅިވަރު
23 Jun 2026 | 11:16
މޫސުން ގޯސްވުމުގެ ސަބަބުން ފްރާންސް-އިރާޤް މެޗު ދެ ގަޑިއިރަށް މެދުކަނޑާލިއިރު، ކުޅުންތެރިން ކީއްކުރީ؟

އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި ރޭ ފްރާންސް އާއި އިރާޤު ކުޅުނު ވޯލްޑް ކަޕްގެ ފޯރިގަދަ މެޗު، ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދެ ގަޑިއިރަށް މެދުކަނޑާލަން ޖެހުނެވެ.

ފްރާންސާއި އިރާގު ބައްދަލުކުރި މި މެޗު ރާއްޖެ ގަޑިން ދަންވަރު 2:00 (އެމެރިކާގެ ގަޑިން 17:00)ގައި ފެށި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން މެޗު ނިންމާލެވުނީ 5:47 (އެމެރިކާ ގަޑިން 20:47) ގައެވެ. ފްރާންސް 1-0 އިން ކުރީގައި އޮއްވާ ފުރަތަމަ ހާފު ނިމުނުތަނާ، ބޯކޮށް ވާރޭވެހި ގުގުރަން ފެށުމުން ރެފްރީ ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި މެޗު މެދުކަނޑާލާފައެވެ.

މެޗު އަލުން ފެށުނީ ގާތްގަނޑަކަށް އެއްގަޑިއިރާއި 40 މިނެޓުގެ މެދުކަނޑުމަކަށް ފަހު 5:00 ގައެވެ. މެޗު އަލުން ފަށައިގެން ފްރާންސުން ވަނީ އިތުރު ދެ ލަނޑު ޖަހައި 3-0 އިން މެޗު ކާމިޔާބުކޮށްފައެވެ.

ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އޭނާގެ 100 ވަނަ ބައިނަލްއަގުވާމީ މެޗުގައި ދެ ލަނޑު ޖަހައި، ޓީމު ގަދަ 32 އަށް ގެންގޮސްދިނެވެ.

މެޗު މެދުކަނޑާލާފައި އޮތް ވަގުތު ކުޅުންތެރިން ކުރި ކަންތައްތަކާ ގުޅޭގޮތުން އެމްބާޕޭ ބުނީ، އެހާ ގިނަ ވަގުތު ހޭދަކުރަން ޖެހުމަކީ ނަފްސާނީ ގޮތުން ވަރަށް ވަރުބަލިވި ކަމެއް ކަމަށެވެ.

"ޑްރެސިން ރޫމުގައި ދެ ގަޑިއިރެއްހާއިރު މަޑުކޮށްގެން ތިބިއިރު، މެޗަށް ދީފައިވާ ސަމާލުކަން ނުގެއްލި ހިފެހެއްޓުމަކީ ވަރަށް އުނދަގޫ ކަމެއް. އެއީ އިމޯޝަނަލީ އަދި މެންޓަލީ ވަރަށް ވަރުބަލިވި ކަމެއް،" އޭނާ ބުންޏެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ސަމާސާ ރޫހެއްގައި ބުނީ އެ ވަގުތު ކުޅުންތެރިން ކާޑު ކުޅުނު ކަމަށެވެ. 

ނަމަވެސް، ފްރާންސްގެ ޑިފެންޑަރު ޔޫލްސް ކޫންޑޭ ބުނީ ކުޅުންތެރިން ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމަށްޓަކައި ބައިސްކަލް ދުއްވުމުގެ ކަސްރަތު ކުރި ކަމަށެވެ.

”ބޮޑު ބްރޭކް އެއް އައުމުން ކުރެވުނީ އަލުން މެޗު ފެށުނު ކަމުގެ އިހްސާސް. އަހަރެމެން ސައިކްލިން އެކްސަސައިޒް ކުރުމަށްފަހު، ވާހަކަދައްކާލަން މަޑު ކޮށްލީ. ދެން ވާމް އަޕް ހެދުމަށްފަހު ދަނޑަށް އެރުމަށް ތައްޔާރުވީ“ޔޫލްސް ކޫންޑޭ ބުންޏެވެ. 

އިރާގުގެ ކޯޗު ގްރަހަމް އާނޯލްޑް ބުނި ގޮތުގައި މިއީ ޙަޔާތުގައި މިފަދައިން ކަން ދިމާވި ފުރަތަމަ ފަހަރެވެ. އަދި މެޗު މެދުކަނޑާލަން ޖެހުމުން އޭނާ އެ ވަގުތު ބޭނުންކުރީ ފުރަތަމަ ހާފުގެ ވީޑިއޯ އެނަލިސިސް ހެދުމަށެވެ. އަދި ދެވަނަ ހާފު ފަށައިގެން އިރާގުގެ ފަރާތުން ފެނުނު ގޯސްތަކަކީ މި ދިގު މެދުކަނޑުމުގެ ސަބަބުން ސަމާލުކަން ގެއްލުމުގެ ނަތީޖާ ކަމަށް އޭނާ ގަބޫލުކުރެއެވެ.

އެމެރިކާގެ ގަވާއިދުތައް ބުނާގޮތުން، ސްޓޭޑިއަމާ 8 މޭލު ކައިރިއަށް ހޮނުއަޅާނަމަ ކުޅިވަރުގެ ހަރަކާތްތައް ވަގުތުން ހުއްޓާލަންޖެހެއެވެ. 68,000 އަށްވުރެ ގިނަ ސަޕޯޓަރުން ތިބި މި ސްޓޭޑިއަމްގައި، މެޗު މެދުކަނޑާލި ވަގުތު ސަޕޯޓަރުންނަށް ވަނީ ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގާފައެވެ. މޫސުން ރަނގަޅުވިކަން އިއުލާން ކުރުމާއެކު ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.

މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި މޫސުމުގެ ސަބަބުން މެޗެއް މެދުކަނޑާލަން ޖެހުނު ފުރަތަމަ ފަހަރެވެ. މި ދިގު މެދުކަނޑުމަށްފަހު ވެސް ދެވަނަ ހާފުގައި "ހައިޑްރޭޝަން ބްރޭކެއް" ނުދޭއިރު، އިތުރު ވަގުތުގެ ގޮތުގައި ދިނީ އެންމެ ދެ މިނެޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.