ފްރާންސް ކޯޗު-
ކުޅިވަރު
24 Jun 2026 | 09:05
މަންމަގެ ޖަނާޒާއަށް ފްރާންސްގެ ކޯޗު ގައުމަށް، ނޯވޭ-ފްރާންސް މެޗުގައި ނުފެންނާނެ

ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސްގެ މަންމަ މަރުވުމާ ގުޅިގެން، ޖަނާޒާގައި ބައިވެރިވުމަށް އޭނާ އެނބުރި ގައުމަށް ދާން ނިންމައިފިއެވެ. މިކަމުގެ ސަބަބުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ނޯވޭއާ ދެކޮޅަށް ފްރާންސް ކުޅޭ ފަހު މެޗުގައި އޭނާ ބެންޗުން ނުފެންނާނެއެވެ.

ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަން (އެފް.އެފް.އެފް) އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަންމަ މަރުވި ޚަބަރު ޑިޝޯމްޕްސްއަށް ލިބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

އެހެންކަމުން، ނޯވޭ މެޗުގެ ކުރިން ކުރިއަށްދާ ފަރިތަކުރުންތަކާއި، އަންނަ ހުކުރު ދުވަހު ކުޅޭ ގްރޫޕްގެ ފަހު މެޗުގައި ޑިޝޯމްޕްސްއަށް ބައިވެރިއެއް ނުވެވޭނެއެވެ.

އެފް.އެފް.އެފްގެ ރައީސް ފިލިޕް ޑިއާލޯއާ މަޝްވަރާކުރުމަށްފަހު، ޑިޝޯމްޕްސް އެނބުރި ގައުމަށް އަންނަންދެން ޓީމުގެ ކަންކަން ބެލެހެއްޓުން މިހާރު ވަނީ އެސިސްޓަންޓް ކޯޗު ގާއި ސްޓެފަންއާ ހަވާލުކޮށްފައެވެ.

ފްރާންސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ، މުބާރާތުގެ ނޮކްއައުޓް ބުރަށް ކޮލިފައިވެފައެވެ. އެއީ ސެނެގާލް އަތުން 3-1 އިން އަދި އިރާގު އަތުން 3-0 އިން މޮޅުވުމާ ގުޅިގެންނެވެ. ނޯވޭއާ ދެކޮޅަށް ކުޅޭ މެޗަކީ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.