ބ. އަތޮޅު ހޮސްޕިޓަލުގެ ޑައިލިސިސް ޔުނިޓް --- ފޮޓޯ/ އޭދަފުށި ޓައިމްސް
ހަބަރު
24 Jun 2026 | 09:06
ގޭގައި ހެދޭ ޕެރިޓޯނިއަލް ޑައިލިސިސްއިން ކިޑްނީ ސަލާމަތްކުރުމުގެ ފުރުސަތު ހީމޯޑައިލިސިސްއަށްވުރެ ބޮޑު

ކިޑްނީ ފެއިލްވެފައިވާ މީހުންނަށް ގޭގައި ހެދޭ ޕެރިޓޯނިއަލް ޑައިލިސިސްއާއެކު ކިޑްނީ ހަލާކުވާ ނިސްބަތް ދަށްކުރެވޭ ކަމަށް އައިޖީއެމްއެޗްގެ ކިޑްނީ ބަލީގެ ޚާއްޞަ ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ކޮންސަލްޓެންޓް ސަބް-ސްޕެޝަލިސްޓް އިން ނެފްރޮލޮޖީ ޑރ. އަޙްމަދު ޝިހާމް ވިދާޅުވީ ރާއްޖެ ފަދަ ވަކި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމެއްގައި ކޮންމެ ރަށެއްގައި ޑައިލިސިސް ސެންޓަރެއް ތަރައްޤީކުރުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ޕެރިޓޯނިއަލް ޑައިލިސިސްއާއެކު އަމިއްލަ ގޭގައި މި ފަރުވާ ދެވޭނެ ކަމަށް ޑރ. ޝިހާމް ވިދާޅުވިއެވެ.

"ކިޑްނީ ބަލީގެ ސަބަބުން ކިޑްނީގެ ހަލާކު ނުވެ ހުންނަ މިންވަރު އެއީ 5 ޕަސެންޓުވިޔަސް 2 ޕަސެންޓުވިޔަސް އެބައި ސަލާމަތްކުރުމުގެ ފުރުސަތު އަދި ދިގު މުއްދަތަކަށް ބޭނުންކުރުމުގެ ފުރުސަތު އެބަ ބޮޑުވޭ ހީމޯ ޑައިލިސިސްއަށްވުރެ ބޮޑަށް ޕެރިޓޯނިއަލް ޑައިލިސިސްއާއެކު." ކަމަށް ޑރ. ޝިހާމް ވިދާޅުވިއެވެ.

ޕެރިޓޯނިއަލް ޑައިލިސިސްގައި ބަނޑަށް ޚާއްޞަ ކެތީޓަރެއް ލައްވައެވެ. މި ޑިވައިސް މެދުވެރިކޮށް ހަށިގަނޑުން ބޭރުކުރަންޖެހޭ ދިޔާ ޖަރާސީމުގެ ބައި ބޭރުކޮށްދެއެވެ. މިއީ އެއް ފަހަރު ލެއްވުމަށްފަހު ޢުމުރަށް ބޭނުންކުރާ ޑިވައިސެކެވެ. ބަލި މީހާއަށް އަމިއްލައަށް ޑައިލިސިސް ހެދުމަށް 5 ދުވަހުގެ ތަމްރީނު ދެވެއެވެ.

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޮންސަލްޓެންޓް ސަބް-ސްޕެޝަލިސްޓް އިން ނެފްރޮލޮޖީ ޑރ. އަޙްމަދު ޢަބްދުﷲ ވިދާޅުވީ ސަރުކާރު ހޮސްޕިޓަލްތަކުގެ ތެރެއިން މި ޚިދުމަތް މިވަގުތު ފޯރުކޮށްދެނީ ހަމައެކަނި އައިޖީއެމްއެޗުން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހަކަށް ވެސް މި ޚިދުމަތް ލިބޭނެ ކަމަށް ވިދާޅުވިއެވެ. ނަރުހުންނަށް ރާއްޖެ އަދި އިންޑިއާގައި ވެސް ތަމްރީނު ފޯރުކޮށްދީފައިވާ ކަމަށް ޑރ. އަޙްމަދު ވިދާޅުވިއެވެ.

ރާއްޖޭގައި ކިޑްނީގެ ބަލިތައް އާންމުވަމުންދާއިރު ދާއިމީ ބޮޑެތި ބަލިތަކުގެ ތެރެއިން އާސަންދަ މެދުވެރިކޮށް އެންމެ ގިނަ މީހުން ޚިދުމަތް ހޯދާ އެއް ބައްޔަކީ ކިޑްނީ ބައްޔެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ