-
ދުނިޔެ
24 Jun 2026 | 10:35
ނިރުބަވެރި އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ 21 މީހަަކު ހައްޔަރުކޮށްފި

އިސްތިއުމާރީ އިސްރާއީލުގެ ސިފައިން އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް ވަދެ ހިންގި ރެއިޑުތަކެއްގައި ކުރީގެ ހައްޔަރީން ހިމެނޭ ގޮތަށް 21 ފަލަސްޠީނުގެ ރައްޔިތުން ހައްޔަރުކޮށްފިއެވެ.

ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ ޚަލީލް (ހެބްރޯން) ގެ ދެކުނުން އޮންނަ އަލް ފައްވާރު ރެފިއުޖީ ކޭމްޕަށް ވަދެ ގިނަ ގެތަކެއް ބަލައި ފާސްކޮށް ގާތްގަނޑަކަށް 25 ފަލަސްޠީނީން ހިފެހެއްޓައި ފީލްޑް އިންޓެރޮގޭޝަނަށް ހާޒިރުކުރި ކަމަށް ޕްރިޒަނާޒް މީޑިއާ އޮފީހުން ބުނެފައިވެއެވެ. އެ މީހުންގެ ތެރެއިން ގިނަ ބަޔަކު ދޫކޮށްލި ނަމަވެސް ހަ މީހަކު ހައްޔަރުގައި ބައިތިއްބާފައިވެއެވެ.

ބެއިތުލަހަމް ގަވަރުނަރޭޓުން 11 ފަލަސްޠީނީން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ޢައިދާ ރެފިއުޖީ ކޭމްޕުގެ ފަތަޙް ޖަމާޢަތުގެ ސެކްރެޓަރީ އަދި ކުރީގެ ހައްޔަރީ މަރުވާން މަޙުމޫދު ފަރާރުޖާ ހިމެނެއެވެ. އުތުރު ހުޅަނގު އައްސޭރީގެ ނާބުލުސް ކައިރީ ކަފްރު ޤަލީލުންނާއި ޠޫބާސް ގަވަރުނަރޭޓުގެ ތައްމޫނުން ދެ މީހަކު އަދި ޠޫލްކަރިމް ގަވަރުނަރޭޓުން ދެ ފަލަސްޠީނު ރައްޔިތުން ހައްޔަރުކޮށްފައިވެއެވެ.

"ގިނަ ގަވަރުނަރޭޓުތަކެއްގައި އެއް ވަގުތެއްގައި ފުޅާ ދާއިރާއެއްގައި ހައްޔަރުކުރުމުގެ ކެމްޕެއިންތައް ހިންގުމަކީ ފަލަސްޠީނީންނާ ދެކޮޅަށް ޚާއްޞަކޮށް ކުރީގެ ހައްޔަރީންނާއި ޙަރަކާތްތެރީންނާ ދެކޮޅަށް ރޭގަނޑުގެ ރެއިޑުތަކާއި ފީލްޑް އިންޓެރޮގޭޝަންތައް ހިންގައިގެން އިސްތިއުމާރީ ބާރުގެ ސިޔާސަތު ވަރުގަދަކުރަމުންދާ ކަމުގެ ހެއްކެއް" ކަމަށް ޕްރިޒަނާޒް މީޑިއާ އޮފީހުން ބުނެފައިވެއެވެ.

ވަކިން ހިނގި ހާދިސާއެއްގައި ޖެނީންގެ އިރުމަތީ އަރުބޫނާ އަވަށުގެ ފަލަސްޠީނީ ޒުވާނެއް ޓެލެގްރާމް ގުރޫޕެއް މެދުވެރިކޮށް އިސްރާއީލު ސިފައިންގެ ހަރަކާތްތައް ބެލުމުގެ ތުހުމަތުގައި ހައްޔަރުކޮށް އޭނާ ލައްވައި ގަދަކަމުން ވީޑިއޯ މެސެޖެއް ރެކޯޑުކުރުވި ކަމަށް ދައުރުވާ ވީޑިއޯއަކުން ހާމަވެފައިވެއެވެ. އެ ވީޑިއޯގައި ދެ ސިފައިން ބަޑި އަމާޒުކޮށް "ކެޕްޓަން ޔޫސުފް" ގެ ނަމުން ފާހަގަކުރެވޭ ސިފައިންގެ މީހެއް ވީޑިއޯ ކުރާ މަންޒަރު ފެނެއެވެ. "ގުރޫޕުގައި ހިމެނޭ ކޮންމެ މީހެއް އަހަންނަށް އެނގޭ ސިފައިންގެ ވީޑިއޯ ނެގި ކޮންމެ މީހެއް ވެސް އެނގޭ" ކަމަށް އެ އިސްރާއީލު އޮފިސަރު ބުނެފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހުޅަނގު އައްސޭރީގައި ހިންގާ ޢުދުވާނުގައި 1173 ފަލަސްޠީނީން ޝަހީދުވެ 12666 މީހުން ޒަޚަމްވެ ގާތްގަނޑަކަށް 23000 މީހުން ހައްޔަރުކޮށް 33000 މީހުން ގެދޮރުން ބޭރުކޮށްފައިވާ ކަމަށް ފަލަސްޠީނުގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ