މާދަމާ ރިޔާސީ ކޮމިޝަން ކޯޓަށް ހާޒިރުވާން އަންގައިފި

17 Jul 2019 | 19:03

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ރިޔާސީ ކޮމިޝަން ''އެސެޓް ރިކަވަރީ ކޮމިޝަން'' ސިވިލް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

ރިޔާސީ ކޮމިޝަން މާދަމާ ކޯޓަށް ހާޒިރުކުރަނީ ދެ އެކައުންޓެއްގެ މައުލޫމާތު ދިނުމަށް އެދިފައިވާތީއެވެ.

ބީއެމްއެލްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ދެ އެކައުންޓެއްގެ މައުލޫމާތު ހޯދުމަށް ރިޔާސީ ކޮމިޝަނަށް ދިނުމަށް އެދުމުން އެކަމުގައި ބޭންކުން އަމަލުކުރާނެ ގޮތެއް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.

ނަމަވެސް އެކައުންޓްގެ ވެރިފަރާތެއް ހާމައެއް ނުކުރެއެވެ.

އިއްޔެ ބޭއްވި މާލިއްޔަތު ކޮމެޓީ ބައްދަލުވުމަށް ބީއެމްއެލް ހާޒިރުކުރުމުން ދެ ފަރާތެއްގެ އެކައުންޓް މައުލޫމާތު ދިނުމަށް އެދުނު މައްސަލަ ކޯޓަށް ހުށަހަޅާފައިވާކަން ހާމަކޮށްފައެވެ.

އަދި މީގެކުރިން ހައިކޯޓުންކުރި ހުކުމަކާއި ގުޅިގެން އެކައުންޓްގެ މައުލޫމާތު ދިނުމަށް ހުރަސްތަކެއް ހުރިކަން ވެސް ފާހަގަކޮށްފައިވެއެވެ. ރިޔާސީ ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ކޮމިޝަނެކެވެ. ދާދިފަހުން ވަނީ ރައްޔިތުންގެ މަޖިލީހުން ރިޔާސީ ކޮމިޝަނަށް ބާރުތައް ދިނުމަށް ފާސްކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement