އަލީބާބާގެ ސައިޓެއް.. ފޮޓޯ: ރޮއިޓާސް/ނަކަމޫރާ
ދުނިޔެ
27 Jun 2026 | 17:47
އެންތުރޮޕިކް އިން އަލީބާބާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް


އެމެރިކާގެ މަޝްހޫރު އާޓިފިޝަލް އިންޓެލިޖެންސް ކުންފުނި އެންތުރޮޕިކް އިން، ޗައިނާގެ ޓެކްނޮލޮޖީ އަދި އީ-ކޮމާސް ކުންފުނި އަލީބާބާގެ މައްޗަށް އެ ކުންފުނީގެ ކްލޯޑް އޭ.އައި މޮޑެލްގެ ބޭނުން ނަހަމަގޮތުގައި ހިފިކަމުގެ ބޮޑު ތުހުމަތެއް ކޮށްފިއެވެ.

އެންތުރޮޕިކް އިން އެމެރިކާގެ ސެނެޓަރުންނަށާއި ވައިޓް ހައުސްގެ އޮފިޝަލުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުގައި، އަލީބާބާގެ ކިއުވެން އޭ.އައި ލެބާ ގުޅުންހުރި ފަރާތްތަކުން ވަނީ ގަވާއިދާ ހިލާފަށް 25،000 އަށްވުރެ ގިނަ ފޭކު އެކައުންޓު ހަދައިގެން ކްލޯޑް މޮޑެލްއަށް އެކްސެސް ހޯދާފައެވެ. އަދި މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ކުރީކޮޅާ ހަމައަށް، މި އެކައުންޓުތައް މެދުވެރިކޮށް 28.8 މިލިއަނަށްވުރެ ގިނަ މުއާމަލާތް ކްލޯޑްއާއެކު ކޮށްފައިވާކަމަށް ކަމަށް އެންތުރޮޕިކް އިން ބުނެއެވެ. މިއީ މިހާތަނަށް ޗައިނާގެ ކުންފުންޏަކުން އެމެރިކާގެ އެންމެ ކުރިއަރާފައިވާ އޭއައި ޓެކްނޮލޮޖީ ކޮޕީ ކުރުމަށް ނުވަތަ ވަގަށް ނެގުމަށް ހިންގި އެންމެ ބޮޑު ހަރަކާތް ކަމަށް އެންތުރޮޕިކް އިން ސިފަކުރެއެވެ.

އެންތުރޮޕިކް އިން ބުނާ ގޮތުގައި އަލީބާބާ އިން މިކަން ކޮށްފައިވަނީ އެޑްވާސަރިއަލް ޑިސްޓިލޭޝަން ކިޔާ އުކުޅެއް ބޭނުންކޮށްގެންނެވެ. މިއީ މާ ބޮޑު ހަރަދެއް ނުކޮށް، ކުރިއަރާފައިވާ އޭއައި މޮޑެލްއަކަށް ގިނަ ސުވާލުތަކެއް ހުށަހަޅައި، އެއިން ލިބޭ ޖަވާބުތައް ބޭނުންކޮށްގެން އަމިއްލަ އޭއައި މޮޑެލްއެއް ތަމްރީނުކޮށް ފެންވަރު މަތިކުރުމެވެ. މި ހަމަލާގައި އަލީބާބާ އިން ހާއްސަކޮށް އަމާޒުކޮށްފައިވަނީ ކްލޯޑްގެ އެންމެ އަގުހުރި ހާއްސަ ސިފަތަކަށެވެ. އޭގެ ތެރޭގައި ސޮފްޓްވެއާ އިންޖިނިއަރިން ނުވަތަ ކޯޑު ކުރުމުގެ ގާބިލުކަމާއި، އަމިއްލައަށް ވިސްނައިގެން ކަންކަން ނިންމުމުގެ ބާރު އަދި ގިނަ ވަގުތު ނަގާ ބޮޑެތި މަސައްކަތްތައް ރޭވުމުގެ ހުނަރު ހިމެނެއެވެ.

މި މައްސަލަ ފެންމަތިވެފައި މިވަނީ އެމެރިކާ އާއި ޗައިނާއާ ދެމެދު އޭ.އައި ރޭހުގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ސަރުކާރުން ދަނީ ޗައިނާގެ ކުންފުނިތަކަށް އެމެރިކާގެ އެންމެ ފަހުގެ އޭ.އައި ޓެކްނޮލޮޖީތަކާއި ޗިޕްތައް ލިބުން ދަތިކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. އެންތުރޮޕިކް އިން ވެސް ވަނީ ދާދިފަހުން ޗައިނާގެ ކުންފުނިތަކަށް އެމީހުންގެ ހިދުމަތްތައް ބޭނުންކުރުން މަނާކޮށްފައެވެ.

މި ތުހުމަތުތަކާ ގުޅިގެން އަލީބާބާ ގްރޫޕުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މި ހަބަރާއެކު އެމެރިކާގެ ހިއްސާގެ ބާޒާރުގައި އަލީބާބާގެ ހިއްސާގެ އަގު ވަނީ 3 އިންސައްތައަށްވުރެ ދަށަށް ގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ