ވެއްޓުނު ދޮރުފަތް.. ފޮޓޯ: ވޮއިސް
ހަބަރު
28 Jun 2026 | 01:12
އެރި ވައިގަނޑުގައި ވިނަރެސް އެޕާޓްމަންޓެއްގެ ކުޑަދޮރުފަތެއް މަގުމައްޗަށް ވެއްޓިއްޖެ

މިރޭ ހުޅުމާލެއަށް ޖެހުނު ބާރު ވައިގަނޑުގައި ވިނަރެސް އެޕާޓްމަންޓެއްގެ ކުޑަދޮރުފަތެއް މަގުމައްޗަށް ވެއްޓިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭގެ 01:00 ހާއިރުއެވެ. ދޮރުފަތް ވެއްޓިފައިވަނީ ވިނަރެސް ޓަވަރު 3 އޭގެ އެޕާޓްމަންޓަކުންނެވެ. ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން އެވަގުތު އެތަނުގައި ހުރި މީހަކު ބުނީ ދޮރުފަތް ފެއްޓުނުވަގުތު ވަރަށް ބާރު އަޑުފަށްގަނޑެއް އިވުނުކަމަށެވެ.

މި ހާދިސާގައި ވެއްޓުނު ދޮރުފަތުގެ ބިއްލޫރިގަނޑު ތަޅައިގެންގޮސް މުޅިތަނަށް ބިއްލޫރިތައް ވަނީ ފެތުރިފައެވެ. އެވަގުތަކީ ވިއްސާރަވެހޭ ވަގުތެއްކަމުން އެ ވަގުތު އެ ސަރަހައްދުގައި އެއްވެސް މީހަކު ނެތްކަމަށްވެސް އޭނާ ބުންޏެވެ.

މި ހާދިސާގައި ވެއްޓުނު ދޮރުފަތުގެ ބިއްލޫރިގަނޑު ތަޅައިގެންގޮސް މުޅިތަނަށް ބިއްލޫރިތައް ވަނީ ފެތުރިފައެވެ. އެވަގުތަކީ ވިއްސާރަވެހޭ ވަގުތެއްކަމުން އެ ވަގުތު އެ ސަރަހައްދުގައި އެއްވެސް މީހަކު ނެތްކަމަށްވެސް އޭނާ ބުންޏެވެ.

" އާއްމުކޮށް މި ސަރަހައްދަނީ މިގަޑީގައިވެސް ވަރަށް މީހުން ހިނގާބިނގާވެ އުޅޭ ސަރަހައްދެއް. ނަސީބަކުން ވާރޭވެހޭތީ ދޮރުފަތް ވެއްޓުނު ސަރަހައްދުގައި އެއްވެސް މީހަކުނެތް. މީހެއްގެ ގައިގައި ޖެހުނުނަމަ މިއީ ހަމަ މަރުގެ އެތިފަހަރެއް" ހާދިސާގެ ނުރައްކާތެރިކަން ސިފަކޮށްދެމުން އޭނާ ބުންޏެވެ.

މިރޭ މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން މާލެ ސަރަހައްދުގައި އެކި ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓުމުގެ ހާދިސާއެއްވެސް ވަނީ ހިނގާފައެވެ.  

ކޮމެންޓް
ޙަމް
ޓެމްޕާރޑް ގުލާސް. ވީމާ ނުރައްކަލެއް ނެތް.
28 Jun 2026
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.