އުރީދޫ ނޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ޒަމީލްއަށް- ފޮޓޯ/ އުރީދޫ
ވިޔަފާރި
28 Jun 2026 | 16:29
އުރީދޫ ނޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ޒަމީލް ހޯދައިފި

ފީފާ ވޯލްޑް ކަޕް 2026 އާ ދިމާކޮށް އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ "އުރީދޫ ނޭޝަން ކަޕް 2026" އެފްސީ 26 އީ-ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަންކަން ދެކުނު ކޮރެއާ ތަމްސީލުކުރި މުޙައްމަދު ޒަމީލް ޒިހުނީ ހޯދައިފިއެވެ.

މި މުބާރާތުގައި ރާއްޖޭގެ މޮޅު 48 އެފްސީ 26 ކުޅުންތެރިން ބައިވެރިވެފައިވެއެވެ. ކޮންމެ ކުޅުންތެރިއަކުވެސް ތަމްސީލުކޮށްފައި ވަނީ ފީފާ ވޯލްޑް ކަޕް 2026 ގައި ވާދަކުރާ 48 ޤައުމުގެ ތެރެއިން ޤައުމެކެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފޯރިއާއި ރޫޙު ދައްކުވައިދިން ތަފާތު މުބާރާތެއް ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފައިވެއެވެ.

ވާދަވެރި މެޗުތަކަކަށް ފަހު ޗެމްޕިއަންކަން ހޯދި ޒަމީލް މުޅި މުބާރާތުގައިވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. މުބާރާތުގެ ރަނަރއަޕް މަޤާމު ހޯދީ ސައުދީ އަރަބިއްޔާ ތަމްސީލުކުރި ޢަބްދުﷲ މާހިލެވެ. ތިންވަނަ (ސެކަންޑް ރަނަރއަޕް) ލިބުނީ އޮސްޓްރިއާ ތަމްސީލުކުރި ޒަކްވާން ޝިހާދަށެވެ.

ވަނަވަނައަށް ދިޔަ ފަރާތްތަކަށް ފައިސާގެ އިނާމާއި ހައިސެންސް ސްމާޓް ޓީވީ ދީފައިވެއެވެ. ޗެމްޕިއަން ޒަމީލަށް 8,000 ރުފިޔާ ތަށި ހައިސެންސް 75 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީ އަދި ވޯލްޑް ކަޕް ރެޕްލިކާއެއް ލިބިފައިވެއެވެ. ރަނަރއަޕް މާހިލަށް 5,000 ރުފިޔާ ތަށި އަދި ހައިސެންސް 65 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީއެއް ލިބުނުއިރު ތިންވަނައަށް ދިޔަ ޒަކްވާނަށް 2,000 ރުފިޔާ ތަށި އަދި ހައިސެންސް 55 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީއެއް ލިބިފައިވެއެވެ.

މި މުބާރާތަކީ އުރީދޫ މޯލްޑިވްސްއިން ވޯލްޑް ކަޕާ ދިމާކޮށް މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ފުޓްބޯޅަ ފޯރީގެ ކެމްޕޭނުގެ ބައެކެވެ. އެ ކެމްޕޭނުގެ ތެރެއިން ފުޓްބޯޅަ ސަޕޯޓަރުންނަށް ޚާއްޞަ ޕްރޮމޯޝަންތަކާއި ޑިޖިޓަލް ތަޖުރިބާތަކާއި އީ-ސްޕޯޓްސް މުބާރާތްތައް މެދުވެރިކޮށް ފޯރިގަދަ މާޙައުލެއް ބިނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނެފައިވާ ގޮތުގައި މި ފަދަ ޙަރަކާތްތައް މެދުވެރިކޮށް ގޭމިންގް ދާއިރާގެ ހުނަރުވެރިންނަށް ފުރުޞަތުތައް ފަހިކޮށްދީ އިޖުތިމާޢީ ގުޅުން ބަދަހިކޮށް ފުޓްބޯޅައަށް ދިވެހިންގެ ހިތްތަކުގައި އޮތް ލޯބި ފާހަގަކުރުމަށް ވާދަވެރި މައިދާންތައް ތަނަވަސްކޮށްދީ ރާއްޖޭގެ އީ-ސްޕޯޓްސް ދާއިރާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް އެ ކުންފުނިން ކުރަމުން ގެންދެއެވެ.

އެ ކުންފުނިން ވަނީ މި މުބާރާތުގެ ހުރިހާ ބައިވެރިންނަށާއި ވަނަވަނައަށް ދިޔަ ފަރާތްތަކަށް މަރުޙަބާ ކިޔައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.