އެޗްޑީށީ ގެ ފޮޓޯއެއް.
ހަބަރު
29 Jun 2026 | 14:54
އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކުރި ފުރަތަމަ އެސްއޯއީ އަކަށް އެޗްޑީސީ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގައި އާންމުކުރަންޖެހޭ މައުލޫމާތުތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވެބްސައިޓުގައި އާންމުކޮށްފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިކަން ކުރި ފުރަތަމަ ކުންފުންޏަކީ އެޗްޑީސީއެވެ.

އެޗްޑީސީން ނެރުނު ބަޔާނުގައިވާ ގޮތުން އާރުޓީއައި ގާނޫނުގެ 37 ވަނަ މާއްދާގައި ދައުލަތުގެ މުއައްސަސާތަކުން އަމިއްލަ އިސްނެގުމުގައި 13 ބާވަތެއްގެ މައުލޫމާތު ހާމަކުރުން ލާޒިމުކޮށްފައިވެއެވެ. އޭގެ ތެރޭގައި އިދާރާގެ މަސްއޫލިއްޔަތުތަކާއި އޮނިގަނޑާއި ވާޖިބުތަކާއި އަހަރީ ބަޖެޓާއި ރާވާފައިވާ ހަރަދުތަކާއި މުވައްޒަފުންނަށް ވަކިވަކިން ދޭ އުޖޫރައާއި ނިންމުންތައް ނިންމާ މަރުހަލާތައް ހިމެނެއެވެ.

އެ ކުންފުނިން ބުނީ މިއީ ރައްޔިތުންގެ މަސްލަހަތަށްޓަކައި މަދުވެގެން އަހަރަކު އެއްފަހަރު އާންމުކުރަން ގާނޫނުން ލާޒިމުކުރާ މައުލޫމާތު ކަމަށެވެ. މި މައުލޫމާތު ފަސޭހައިން ބެލޭ ގޮތް ހެދުމަށްޓަކައި އެ ކޯޕަރޭޝަނުގެ ރަސްމީ ވެބްސައިޓުގައި ހާއްސަ އިންފޮމޭޝަން ޑައިރެކްޓްރީއެއް ވަނީ ގާއިމުކޮށްފައެވެ.

އެޗްޑީސީން އިތުރަށް ބުނި ގޮތުގައި ސަރުކާރުގެ ހުރިހާ ވުޒާރާތަކުން ވެސް މިހާރު މި މައުލޫމާތު އާންމުކޮށްފައިވާ ކަމަށާއި މިއީ 2014 ވަނަ އަހަރު މި ގާނޫނަށް އަމަލުކުރަން ފެށި ފަހުން ދައުލަތުގެ އިދާރާތަކުން މި ގޮތަށް މައުލޫމާތު ހާމަކުރި ފުރަތަމަ ފަހަރެވެ. އެ ކުންފުނިން ބުނީ އަބަދުވެސް މަސައްކަތް ކުރަނީ ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ކުންފުނީގެ ކަންކަން ހިންގައި ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.