ދިރާގު ޖެހީ ލިބޭ ޕޯސްޓަރެއް- ފޮޓޯ/ ދިރާގު
ވިޔަފާރި
29 Jun 2026 | 15:30
ދިރާގު ޖެހީ ލިބުނީގެ ޕެނަލްޓީ ޝޯޑައުން ކުޅެގެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު އިތުރުކޮށްލާ

ދިރާގުން ފުޓުބޯޅަ މޫސުމާ ދިމާކޮށް ތައާރަފްކޮށްފައިވާ ކަސްޓަމަރުންގެ މެދުގައި މަގުބޫލު'ޖެހީ ލިބުނީ' އިން ލިބޭ އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު 'ޕެނަލްޓީ ޝޯޑައުން' ގޭމް މެދުވެރިކޮށް އިތުރުކޮށްލުމުގެ ފުރުސަތު ހުޅުވައިލައިފައިވާ ކަމަށް ދިރާގުން ބުނެފިއެވެ.

މި ގޭމްގެ އެހީގައިލީޑަރބޯޑުގެ އެންމެ ކުރިޔަށް އެރުމަށް އިތުރު ޕޮއިންޓްތައް ހޯދޭނެއެވެ.

'ޖެހީ ލިބުނީ'ގައި ބައިވެރިވުމަށް، ދިރާގުއެޕްގައިވާ 'ޖެހީ ލިބުނީ' ބެނަރއަށް ފިއްތާލުމަށްފަހު، ސަޕޯޓުކުރާ ޓީމެއް އިހުތިޔާރުކޮށްގެން ފަސޭހަކަމާއެކު ބައިވެރިވެވޭނެއެވެ. އަދި އެއަށްފަހު އިހުތިޔާރުކޮށްފައިވާ ޓީމުން ޖަހާ ކޮންމެ ލަނޑަކާއެކު 1 ޖީބީ ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެއެވެ.

މި ލަނޑުތަކާއެކު ހިލޭ ޑޭޓާގެ އިތުރުން ލިބޭ ޕޮއިންޓްގެ އެހީގައި މި ޕްރޮމޯޝަންގެ ނިމިގެންދާއިރު ލީޑަރބޯޑުގެ އެއް ވަނަ ހާސިލުކުރާ ފަރާތައް ޕީއެސް5 ސްލިމް 1ޓީބީ، އީއޭ އެފްސީ 26 ބަންޑްލްއެއް އަދި ސެމްސަން އޮޑިސީ ޖީ5 27 އިންޗީގެ 165ހަރޒް ކިއުއެޗްޑީ ކަރވްޑް މޮނިޓަރއެއް ލިބިގެންދާނެއެވެ. އަދި، ޖެހީ ލިބުނީގައިވާ 'ޕެނަލްޓީ ޝޯޑައުން' ގޭމްކުޅެގެން ލީޑަރބޯޑުގެ އެއްވަނަ ހޯދުމަށްޓަކައި ޕޮއިންޓް އިތުރުކުރެވޭނެއެވެ.

ޖެހީ ލިބުނީއަކީ ދިރާގުން މިހާރު ކުރިއަށްގެންދާ 'ފޯރިން ގުގުމާލާ' ކެމްޕެއިންގެ ތެރެއިން ހިންގާ ފޯރިގަދަ ޕްރޮމޯޝަނެކެވެ. 'ފޯރިން ގުގުމާލާ' ކެމްޕެއިންއަށް ނަން ދެވިފައިވަނީ ފުޓުބޯޅަ ބަލަމުންދާއިރު ސަޕޯޓު ކުރާ ޓީމުން ލަނޑެއް ޖަހާނެ ވަގުތަކަށް ކެތްމަދުވެފައި ވަނިކޮށް އެ ޓީމުން ލަނޑެއް ޖެހުމުން އެ ކުރެވޭ ފޮނި އިހުސާސާއި، ފޯރީގައި އެންމެން އެއް އަޑަކުން ގުގުމާލާއިރު އެ ކުރެވޭ އުފާވެރި ތަޖުރިބާގެ މައްޗަށެވެ. އެހެންކަމުން، ދިރާގުގެ މަގުސަދަކީ، މި ކެމްޕެއިންގެ ތެރެއިން އަގުހުރި އިނާމުތަކާއި އައު ތަޖުރިބާތަކާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަކަމާއި އުފާވެރި ވަގުތުތައް ގެނެސްދިނުމެވެ. 

މި ކެމްޕެއިނާ ގުޅޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ: 

https://www.dhiraagu.com.mv/personal/promotions/FoarinGugumaalaa

ދިރާގުން ދަނީ މި ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު ޑިޖިޓަލް ތަޖުރިބާތަކާއި އަގުހުރި އިނާމުތައް ގެނެސްދެމުންނެވެ. ދިރާގުގެ އުންމީދަކީ މި ފުޓްބޯޅަ މޫސުމުގައި އެއް ކުޅިވަރެއް، އެއް ގައުމެއްގައި އެއް ނެޓްވޯކެއް މެދުވެރިކޮށް ތަޖުރިބާކުރަމުންދާ ވަގުތު ކަސްޓަމަރުންނަށް މި ކަމުގެ ފޯރިއާއިއުފާވެރިކަން އިތުރުވެގެން ދިއުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.