ޕެރެގުއޭ ކުޅުންތެރިން އުފާ ފާޅުކުރަނީ-
ދުނިޔެ
30 Jun 2026 | 11:18
ޕެރަގުއޭއިން ޖަރުމަނު ބަލިކޮށް ހޯދި ތާރީޚީ މޮޅާއެކު މިއަދު ސަރުކާރު ބަންދު ކޮށްފި

ފީފާ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަނު ބަލިކޮށް ޕެރަގުއޭ ތާރީޚީ މޮޅެއް ހޯދައިފިއެވެ.

މި ތާރީޚީ މޮޅާ ގުޅިގެން ޕެރަގުއޭގެ ރައީސް ސެންޓިއާގޯ ޕެންޏާ ވަނީ ޖޫން 30 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި އިޢުލާނުކުރައްވައިފައެވެ.

ޕެނެލްޓީ ޝޫޓްއައުޓުގައި ޕެރަގުއޭއަށް މި ތާރީޚީ މޮޅު ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އުމުރުން 26 އަހަރުގެ ގޯލްކީޕަރު އޯލެންޑޯ ގިލްއެވެ. ފުރަތަމަ ވޯލްޑް ކަޕްގައި ކުޅެމުންދާ ގިލް ވަނީ ޕެނެލްޓީ ޝޫޓްއައުޓުގައި ކާއި ހެވާޓްޒް އާއި ނިކް ވޮލްޓެމާޑެގެ ޕެނެލްޓީ މަތަކޮށްފައެވެ. ޖަރުމަނުގެ ޖޮނަތަން ޓާ ކްރޮސްބާ މަތިން ބޭރުކޮށްލުމުން ޕެރަގުއޭގެ ހޮސޭ ކެނާލޭ ނޯޔާ ބީޓުކޮށް މެޗު ކާމިޔާބުކޮށްދިނެވެ.

ރެގިއުލޭޝަން ވަގުތުގައި ހެވާޓްޒް 54 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. އިތުރު ވަގުތުގެ 12 ވަނަ މިނެޓުގައި ޖަރުމަނުގެ ޓާ ޖެހި ގޯލެއް ވީއޭއާރު ރިވިއުއަށްފަހު ބާތިލުކުރެވުނީ ވެލްޑެމާ އެންޓޮން ގޯލްކީޕަރު ގިލްއަށް ހުރަސް އެޅި ކަމަށް ކަނޑައެޅުމުންނެވެ. ޖަރުމަނުން ޕެރަގުއޭއަށް ވުރެ ދެ ގުނަ އިތުރަށް ބޯޅަ ގެންގުޅެ 21 ޝޮޓު ގޯލާ ދިމާއަށް ފޮނުވާލި އިރު ޕެރަގުއޭއިން ފޮނުވާލީ ހަތް ޝޮޓެވެ.

"މިއީ ބިރުވެރި ފިލްމެއް ކަހަލަ ކަމެއް. ކޮންމެ ދިމާލަކުން ޖަރުމަނު ކުޅުންތެރިން ފެންނަމުން ދިޔަ. އަހަންނަށް ވެސް އަދިވެސް ޤަބޫލު ނުކުރެވޭ" ގިލް ބުންޏެވެ.

"ނޯޔާ (މެނުއެލް ނޯޔާ) އަކީ ވޯލްޑް ކްލާސް ގޯލްކީޕަރެއް. އަހަރެން އޭނާއާ އެކު ޕެނެލްޓީ ޝޫޓްއައުޓެއް ހިއްސާކުރިން. އޭނާ ވެސް ޕެނެލްޓީއެއް މަތަކުރި. އެ ފަދަ މީހެއްގެ ކިބައިން އިޙްތިރާމް ނޫން އެހެން އެއްޗެއް ނެތް" ގިލް ބުންޏެވެ.

އާޖެންޓީނާގެ ސެން ލޮރެންޒޯ ކްލަބަށް ކުޅެމުންދާ 6 ފޫޓު 6 އިންޗީގެ ގިލް ވަނީ ގްރޫޕް ސްޓޭޖުގައި ތުރުކީ ކޮޅަށް ލަނޑެއް ނުވައްދައި 1-0 އިން މޮޅުވެ އޮސްޓްރޭލއާއާ 0-0 އިން އެއްވަރުކޮށް ދެ ކްލީން ޝީޓް ހޯދައިފައެވެ. ޕެރަގުއޭގެ ދެން ކުޅޭ މެޗުގައި ފިލަޑެލްފިއާގައި ބައްދަލުކުރާނީ ފްރާންސް ނުވަތަ ސްވީޑެންއާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ