ލަނޑު ޖެހުމަށްފަހު އެމްބާޕޭ.. ފޮޓޯ'؛ ސްކައި ސްޕޯޓްސް
ކުޅިވަރު
01 Jul 2026 | 06:23
އެމްބާޕޭގެ މޮޅު ކުޅުމާއެކު ފްރާންސް ގަދަ 16 ޓީމްގެ ތެރެއަށް

ސްވިދަން ބަލިކުރުަށްފަހު ވަރލްޑްކަޕް ގަދަ 16 އަށް ފްރާންސް ދަތުރުކޮށްފިއެވެ.

ނޮކްއައުޓް ސްޓޭޖްގައި ފްރާންސް އާއި ސްވިޑަން ބައްދަލުކުރި މިމެޗް ފްރާންސުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ. މިމެޗްގައި ފްރާންސްގެ ތަރިއަކަށްވީ ކިލިއަން އެމްބާޕޭ އެވެ. އޭނާ ވަނީ މިމެޗްގައި މޮޅު ކުޅުމެއް ދައްކައި ފްރާންސަށް ދެ ގޯލް ކާމިޔާބުކޮށްދީފައެވެ. 

މެޗްގައި ފްރާންސުން ވަނީ ފުރަތަމަ ހާފްގައި އެއްލަނޑު އަދި ފަހު ހާފްގައި ދެ ލަނޑު ޖެހާފައެވެ. ފްރާންސްގެ ފުރަތަމަ ލަނޑު އެމްބާޕޭ ޖަހާފައިވަނީ، ފުރަތަމަ ހާފްގެ 45 ވަނަ މިނެޓް ތެރޭގައި. ފްރާންސްގެ ދެވަނަ ލަނޑު ޖަހައިދިނީ ބާކޯލާއެވެ. ތިންވަނަ ލަނޑު އެމްބާޕޭ ޖަހާފައިވަނީ، 74 ވަނަ މިނެޓް ތެރޭގައެވެ. މެޗްގައި އެމްބާޕޭގެ އިތުރުން އޮލިސޭގެ ކުޅުންވެސް ފާހަގަވެގެން ދިޔައެވެ. އޭނާ ވަނީ މިމެޗްގައި ދެ ލަނޑު ޖެހުމަށް ފުރުސަތު ފަހިކޮށްދީފައެވެ. 

މުބާރާތުގެ މިހާހިސާބަށް އާއިރު އެންމެ ވަރުގަދަކޮށް ފެނުނު އެއް ޓީމަކީ ފްރާންސެވެ. އެޓީމްވަނީ ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗްތަކުގައިވެސް މޮޅުކުޅުމެއް ދައްކާފައެވެ. މެޗްގައި ފްރާންސަށް އިރުޝާދު ދީފައިވަނީ ކޯޗް ދިދިއޭ ޑެޝޯމްޕް އެވެ. މިމެޗްގެ ކުރީ މެޗްގައި ބެންޗުން ޑެޝޯމްޕް ފެނިފައި ނުވަނީ އޭނާގެ މަންމަގެ ޒަނާޒާގެ ކަންކަމުގައި ބައިވެރިވުމަށް ފްރާންސަށް ދިއުމުންނެވެ.

މުބާރާތުގެ ކުރިއަށް އޮތް ބުރުގައި ފްރާންސް ނިކުންނާނީ ޕަރަގުއޭ އާ ދެކޮޅަށެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ