ސަޢުދީ ޢަރަބިއްޔާ
ދުނިޔެ
01 Jul 2026 | 08:46
ޖީ20 ގައުމުތަކުގެ ތެރެއިން އެންމެ ރައްކާތެރި ޤައުމަކަށް ސައުދީ އަރަބިއްޔާ

ޖީ 20 ޤައުމުތަކުގެ ތެރެއިން 2025 ވަނަ އަހަރުގެ ސޭފްޓީ އިންޑެކްސް/ ރައްކާތެރިކަމުގެ އިންޑެކްސްގައި އެއްވަނަ، ސަޢުދީ ޢަރަބިއްޔާއަށް ލިބިއްޖެއެވެ.

ސަޢޫދީ ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސް ހިސާބުތައް ބިނާވެފައިވަނީ އދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ އިންޑިކޭޓާ ޑޭޓާބޭހުގެ މައްޗަށެވެ. ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޤައުމުގެ އާބާދީގެ 97.7 އިންސައްތަ މީހުން ރޭގަނޑު އެކަނި އެ މީހުންގެ އަވައްޓެރި ސަރަހައްދުތަކުގައި ހިނގާފައި އުޅެން ރައްކާތެރި ކަމަށް ދެކެއެވެ.

މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރޭގަނޑު އެކަނި، އެމީހަކު ދިރިއުޅޭ ސަރަހައްދުތަކުގައި ހިނގާފައި އުޅެން ރައްކާތެރި ކަމަށް ދެކޭ އަންހެނުންގެ ނިސްބަތް 94.9 އިންސައްތައިގައި ހުރި އިރު ސައުދީ ރައްޔިތުންގެ ތެރެއިން 97 އިންސައްތަ އަދި 60 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންގެ 97.2 އިންސައްތަ މީހުން ވެސް އެ ގޮތަށް ދެކޭ ކަމަށް ދައްކައެވެ.

އެސްޕީއޭ އިން ބުނެފައިވާ ގޮތުގައި މި ނަތީޖާތައް ދައްކައިދެނީ މުޅި ޤައުމުގައި ރައްކާތެރިކަމުގެ މަތީ ފެންވަރެއް ދެމެހެއްޓުމަށް ސަރުކާރުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތެވެ.

މި ނަތީޖާ ގުޅިފައިވަނީ ސައުދީ ވިޝަން 2030 އާ އެއްގޮތަށް އިޤުތިޞާދީ، ކާބޯތަކެތީގެ، ތިމާވެށީގެ، ޞިއްޙީ، އިޖުތިމާޢީ، ސިޔާސީ، ފިކުރީ، ޓެކްނޮލޮޖީ އަދި ސައިބާ ސެކިއުރިޓީ ދާއިރާތަކުގައި ސަލާމަތީ ކަންކަމާއި ހަމަޖެހުން ވަރުގަދަ ކުރުމުގެ އިސްނެގުންތަކާއެވެ.

ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސް އިން އެ އިދާރާގެ މަސައްކަތް ކުރަނީ ބައިނަލްއަޤުވާމީ ތަފާސް ހިސާބުގެ މިންގަނޑުތަކާ އެއްގޮތް ސްޓެޓިސްޓިކަލް ބިޒްނަސް ޕްރޮސެސް މެނުއަލް އަށް ބިނާކޮށް އެކުލަވައިލެވިފައިވާ އެއް މެތޮޑޮލޮޖީއެއްގެ ދަށުންނެވެ.

ވަކި ރިޕޯޓެއްގައި އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ އާބާދީގެ 75.3 އިންސައްތަ ސަގާފީ ހަރަކާތްތަކުގައި ބައިވެރިވެފައިވެއެވެ. މި އަދަދު ދައްކައިދެނީ މުޅި ޤައުމުގައި ސަގާފީ ހަރަކާތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވަމުން އަންނަ ކަމެވެ.

މި ތަފާސް ހިސާބުތައް ޢާންމުކޮށްފައިވަނީ "ރަޤަމް ސައުދީ" އިސްނެގުމުގެ ދަށުންނެވެ.

ޖީ20 ގައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ގައުމުތަކާއި އޭޝިޔާ ބައްރުގެ ބައެއް ޤައުމުތައް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.