ހަރީ ކޭން ލަނޑުޖެހުމަށްފަހު
ކުޅިވަރު
02 Jul 2026 | 06:26
ނޭވާ ހިފަހައްޓާލަން ޖެހުނު 75 މިނެޓަށްފަހު، އިނގިރޭސިން ގަދަ 16 އަށް

ނޭވާ ހިފަހައްޓާލަން ޖެހުނު 75 މިނެޓަށްފަހު ވަރލްޑްކަޕް ގަދަ 16 ގެ ޖާގައެއް އިނގިރޭސިން ހޯދައިފިއެވެ.

ވަރލްޑްކަޕް ނޮކްއައުޓް ބުރުގައި އިނގިރޭސިން ރޭ ނިކުތީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާ ދެކޮޅަށެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް އިނގިރޭސިން ކާމިޔާބުކުރިނަމަވެސް މެޗްގެ ބޮޑު ބައި ލީޑްގައި އޮތީ ކޮންގޯއެވެ. ކޮންގޯއިން ލަނޑު ޖަހާފައިވަނީ، މެޗުގެ ހަތްވަނަ މިނެޓުގައި ބްރަޔަން ސިޕެންގާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އިނގިރޭސިންގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސިޕެންގާ ޖެހި ލަނޑެކެވެ.

މި ލަނޑަށްފަހު ފުރަތަމަ ހާފް ނިމުނީވެސް ކޮންގޯ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފްގައި އިނގިރޭސިވިލާތުގެ ކޯޗް ތޯމަސް ޓުޗިލް ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ، މެޗުގެ ފަހު 15 މިނެޓަށް ވެފައިވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެންތަނީ ގޯޑަން ތަނަވަސްކޮށްދިން ފުރުސަތަކުން ހަރީ ކޭން ލަނޑެއް ޖެހުމެވެ. 

މެޗްގައި ހަރީކޭންގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައިވަނީ މެޗްގެ ފަހު ފަނަރަ މިނެޓަށް ވީފަހުންނެވެ. ފުރަތަމަ ލަނޑު 75 ވަނަ މިނެޓް ތެރޭގައި ޖެހިއިރު، މެޗުން މޮޅުވި ލަނޑު ކޭން ޖަހާފައިވަނީ 86 ވަނަ މިނެޓް ތެރޭގައެވެ. ކޭންގެ މި ދެ ލަނޑާއެކު މި މުބާރާތުގައި މިހާތަނަށް އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 5 ކަށް އަރާފައެވެ.

މިއީ ވަރލްޑްކަޕްގެ ތާރީހުގައިވެސް ނޮކްއައުޓް ސްޓޭޖުގައި ކޮންގޯ ކުޅުނު ފުރަތަމަ ފަހަރެވެ. ވަރލްޑްކަޕް ގަދަ 16 ގައި އިނގިރޭސިން ނިކުންނާނީ މުބާރާތް ބާއްވާ އެއް ޤައުމުކަމަށްވާ މެކްސިކޯއާ ދެކޮޅަށެވެ. މިމެޗް ކުޅޭނީވެސް މެކްސިކޯ ސިޓީގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ