މަންފާގެ ނަމާދު އެޕް "ބަންގި" ލޯންޗުކުރުން --
ހަބަރު
04 Jul 2026 | 09:45
މަންފާގެ ނަމާދު އެޕް "ބަންގި" - މުހިންމު ފީޗާސްތަކާއެކު، މިހާރު ޑައުންލޯޑްކޮށްލެވޭނެ

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ "މަންފާ" އިން ނަމާދު އެޕްލިކޭޝަނެއް ތައާރަފުކޮށްފި އެވެ.

މި އެޕްލިކޭޝަން ތައާރަފުކޮށްފައިވަނީ "ބަންގި" ނަމުގަ އެވެ. މި އެޕްގައި ގިނަ ފީޗާސްތަކެއް ހިމަނާފައިވެ އެވެ.

އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ވެސް މައުލޫމާތު ހިމެނޭ "ބަންގި" އެޕްލިކޭޝަންގައި ނަމާދުގައި ކިޔާ ޒިކުރުތަކާއި ދުއާތަކާއި އެ ދުއާތަކާއި ޒިކުރުތަކުގެ މާނަ ދެ ބަހުން ހިމަނާފައިވެ އެވެ.

އަދި ކޮންމެ ގައުމެއްގައި ހުރެގެން ވެސް އެ ގައުމެއްގެ ނަމާދު ވަގުތު ބަލާލެވޭނެ އެވެ. އަދި އެ ތަނެއްގެ ގިބުލަ ދައްކައިދޭނެ އެވެ.

މަންފާގެ ނަމާދު އެޕް "ބަންގި" ލޯންޗުކުރުން --

މީގެ އިތުރުން ހޯމް ސްކްރީނު ނަމާދު ވަގުތުތަކާއި ކުރިއަށް އޮތް ނަމާދަށް އޮތީ ބާކީ ކިހާ ވަގުތެއްކަން އަންގައިދޭނެ އެވެ.

"ބަންގި" އެޕްލިކޭޝަންގައި ހިޖުރީ ތާރީހު އިރުއޮއްސުމާއެކު ބަދަލުވާނެ އެވެ. މިއީ "އައްްތިބްޔާން" އިން ޑިވެލޮޕްކުރި އެޕެކެވެ.

މަންފާގެ ނަމާދު އެޕް "ބަންގި" ލޯންޗުކުރުން --

މަންފާގެ ބަންގި އެޕް ލޯންޗުކުރުން އޮތީ ރޭ ޣިޔާސުއްދީން ސުކޫލު ހޯލްގައި އޮތް މަންފާ އެކަޑަމީ ރަސްމީކޮށް އިފްތިތާހު ކުރުމުގެ ހަފްލާގަ އެވެ. 

މަންފާ އެކަޑަމީ އިފްތިތާހު ކުރުން 

ކުޅިވަރުގެ ވަރަށް ގިނަ ޝަހުސިއްޔަތުންނާއި ގިނަ އަދަދެއްގެ ދީނީ އިލްމުވެރީން ބައިވެރިވި މި ހަފްލާގައި މަންފާ އެކަޑަމީ ރަސްމީކޮށް އިފްތިތާހުކޮށް ދެއްވީ ދިވެހި ފުޓްބޯޅައަށް 40 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ކޯޗް, އަލީ ސުޒައިން އެވެ.

ކޮމެންޓް
އަލީއަލީ
މި ހަމަ ޖަމިއްޔަތު ސަލަފްގެ އެޕް އެއްނޫންތަ
04 Jul 2026
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.