"މަންފާ" ގެ ފަރާތުން އުފެއްދި "މަންފާ އެކަޑަމީ" ރޭ ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައި --
ހަބަރު
04 Jul 2026 | 09:06
ކުޅިވަރަށް ހާއްސަ ރެއެއް: "މަންފާ އެކަޑަމީ" އިފްތިތާހު ކޮށްފި

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ "މަންފާ" ގެ ފަރާތުން އުފެއްދި "މަންފާ އެކަޑަމީ" ރޭ ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.

ޣިޔާސުއްދީން ސުކޫލު ހޯލްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މަންފާ އެކަޑަމީ އިފްތިތާހު ކޮށްދެއްވީ ދިވެހި ފުޓްބޯޅައަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުޅިވަރު ލެޖެންޑް އަލީ ސުޒެއިންނެވެ.

"މަންފާ" ގެ ފަރާތުން އުފެއްދި "މަންފާ އެކަޑަމީ" ރޭ ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައި --

މަންފާ އެކަޑަމީ އިފްތިތާހުކުރުމުގެ ގޮތުން އެކަމަށް ހާއްސަ ވީޑިއޯއެއް ވަނީ ދައްކާލާފަ އެވެ. އޭގެ ފަހުން މަންފާ އެކަޑަމީގެ ރަސްމީ ޖާޒީ ވަނީ ކޯޗް ސުޒެއިންނަށް ހަދިޔާކޮށްފަ އެވެ.

ސުޒެއިނަށް ޖާޒީ ހަދިޔާކުރެއްވީ މަންފާ އެކަޑަމީގެ ޗެއާމަން އަލީ ރަމީޒް އާއި މަންފާ އެކަޑަމީގެ ރައީސް މުހައްމަދު ސާޖިދު (ސާޖިދު ކޯޗް) އެވެ.

"މަންފާ" ގެ ފަރާތުން އުފެއްދި "މަންފާ އެކަޑަމީ" ރޭ ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައި --

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަންފާ އެކަޑަމީގެ ޗެއާމަން އަލީ ރަމީޒް ވިދާޅުވީ މިއީ އޭނާގެ ހަޔާތުގައި ވަރަށް އުފާވެރި އެހާމެ ތާރީހީ ރެއެއް ކަމަށެވެ.

"މަންފާ" ގެ ފަރާތުން އުފެއްދި "މަންފާ އެކަޑަމީ" ރޭ ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައި --

އިސްލާމީ ދައުވަތުގައި ހޭދަކުރެވުނު މިދިޔަ 22 އަހަރުގެ ތެރޭގައި ރޭ ފެށުނީ އައު ބާބެއްކަން ފާހަގަކޮށް އަލީ ވިދާޅުވީ މަންފާ އެކަޑަމީ ވެގެން ދާނީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ނަމޫނާ, އަދި އިސްލާމީ ދައުވަތު އެ ދާއިރާއަށް ފޯރުކޮށްދިނުމުގައި މުހިންމު ބައިވެރިއަކަށް ކަމަށެވެ.

"މަންފާ" ގެ ފަރާތުން އުފެއްދި "މަންފާ އެކަޑަމީ" ރޭ ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައި --

"މަންފާ އެކަޑަމީ އިފްތިތާހުކުރެވިގެންދިޔައިރު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަދި އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެކަޑަމީގެ މަސައްކަތުގައި އިސްކޮށް ވަރަށް ޤާބީލް, އެހާމެ މުރާލި އަދި ދިވެހި ކުޅިވަރުގައި ވަރަށް ފާހަގަކޮށްލެވޭ ބޭފުޅުންތަކެއް ތިއްބެވުން. މި މަސައްކަތުގައި އެ ބޭފުޅުންގެ ބައިވެރިވުމާއި އިސްނެގުން ފާހަގަކޮށް އަޅުގަނޑުގެ ފަރާތުން އިޚްލާސްތެރި ޝުކުރެއް އެންމެ ބޭފުޅުންނަށް އަރިސްކުރަން," އަލީ ރަމީޒު ވިދާޅުވި އެވެ.

"މަންފާ" ގެ ފަރާތުން އުފެއްދި "މަންފާ އެކަޑަމީ" ރޭ ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައި --

އަލީ ވަނީ މަންފާ އެކަޑަމީ އުފެއްދުމުގެ މި މަސައްކަތުގައި އެތައް ބައެއްގެ އެހީތެރިކަމާއި ބައިވެރިވުން ލިބިފައިވާކަން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.

"މަންފާ" ގެ ފަރާތުން އުފެއްދި "މަންފާ އެކަޑަމީ" ރޭ ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައި --

ކުޅިވަރުގެ ދާއިރާގެ ކުރީގެ ވަރަށް ގިނަ ޝަހުސިއްޔަތުން ބައިވެރިވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަންފާ އެކަޑަމީގެ ނާއިބު ރައީސް މުހައްމަދު ތައުފީގު ވިދާޅުވީ މަންފާ އެކަޑަމީ އަކީ "މަންފާ" ޖަމިއްޔާ ވުޖޫދުވެ ދަޢުވަތުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށާ ލިބުނު ތަޖުރިބާގެ އަލީގައި ދިވެހި ޤައުމުގައި އިސްލާމްދީނުގެ ދަޢުވަތު އިތުރަށް ފުޅާކޮށް ވަރުގަދަކުރުމަށް ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އުފެދިގެން އައި އެކަޑަމީއެއް ކަމަށެވެ.

"މަންފާ" ގެ ފަރާތުން އުފެއްދި "މަންފާ އެކަޑަމީ" ރޭ ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައި --

ކުޅިވަރުގެ ދާއިރާއަކީ އެންމެ ޝާމިލުވުން ބޮޑު ދާއިރާ ކަން ފާހަގަކޮށް ތައުފީގު ވިދާޅުވީ ދައުވަތުގެ މަސައްކަތުން މި ދާއިރާ އެކަހެރިވެފައި އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މަންފާ" ގެ ފަރާތުން އުފެއްދި "މަންފާ އެކަޑަމީ" ރޭ ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައި --

"މަންފާ އެކަޑަމީގެ މަގްސަދަކީ ކުޅިވަރުގެ ދާއިރާއަށް އެހީތެރިވުން. އިސްލާމްދީނަށް ލޯބިކުރާ, އެ ދީނުގެ ސައްޙަ މައުލޫމާތު ލިބިފައިވާ އަދި އަޚްލާޤު ރަނގަޅު ކުޅިވަރު ޖީލެއް ބިނާކުރުމަށް އެހީތެރިވެދީ މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު މަޤްސަދު," ތައުފީގު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ