ރޭގެ ރަސްމިއްޔާތުގައި ކޯޗް ސުޒެއިން ވާހަކަ ދައްކަވަނީ --
ހަބަރު
04 Jul 2026 | 15:36
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ

މަންފާ އެކަޑަމީއާއެކު ދިވެހި ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ ވަރަށް މުހިންމު ކަންކަމަށް ހައްލު ލިބިގެންދާނެ ކަމަށް ޔަގީންކުރާ ކަމަށް މަޝްހޫރު ފުޓްބޯޅަ ކޯޗް އަދި ލެޖެންޑް އަލީ ސުޒައިން (ސުޒޭން ކޯޗް) ވިދާޅުވެއްޖެ އެވެ.

ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ކަމާއި ފަސްޓް ޑިވިޝަންގެ ވަރަށް ގިނަ ކުލަބުގެ އެއް ނަންބަރު ކޯޗްކަން ކޮށްފައިވާ އަލީ ސުޒައިން މިހެން ވިދާޅުވީ މަންފާ އެކަޑަމީ އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

މަންފާ އެކަޑަމީ އިފްތިތާހު ކުރުން -- 

މަންފާ އެކަޑަމީ އިފްތިތާހުކޮށްދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ސުޒެއިން ވިދާޅުވީ ކުޅިވަރުގެ ކެރިއަރުގައި ހޭދަވި 40 އަހަރުގެ ތެރޭގައި ރެ އަކީ އެންމެ އުފާވި ރޭ ކަމަށެވެ.

"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.

މަންފާ އެކަޑަމީ އިފްތިތާހު ކުރުން -- 

ސުޒެއިން ވިދާޅުވީ ކުޅިވަރު ކަމެއްގައި މިހާ އުފާވި ރެއެއް ނާންނަ ކަމަށެވެ. އެއީ ސަބަބުތަކެއް ހުރެގެން ކަމުގައި ވިދާޅުވި އެވެ. ސުޒައިން ވިދާޅުވީ ދިވެހީންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމުގައިވީއިރު ދިވެހި ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ ވަރަށް މުހިންމު ކަންކަން އެބަހުރި ކަމަށެވެ.

މަންފާ އެކަޑަމީ އިފްތިތާހު ކުރުން -- 

ޚާއްސަކޮށް ކުޅިވަރު ކުޅުންތެރީންނަށް ދީނީ ކަންކަން ބުނެދޭނެ ބަޔަކު ތިބުމުގެ މުހިންމުކަން ފާހަގަ ކުރެއްވި އެވެ. އަދި ކޮންމެ ކުޅިވަރު އެކަޑަމީއަކުން ވެސް ހިފަހައްޓަން ޖެހޭ ދީނީ މިންގަނޑުތަކެއް ހުންނަން ޖެހޭ ކަމުގައި ވިދާޅުވި އެވެ. ސުޒެއިން ވިދާޅުވީ މަންފާ އެކަޑަމީއާ އެކު ދިވެހި ކުޅިވަރަށް މިދިޔަ ދިގު މުއްދަތުގައި މަދުވެފައިވާ ކަންކަމުގެ ހައްލު ލިބިގެންދާނެ ކަމަށް ޔަގީން ކުރާ ކަމަށެވެ.

ސާޖިދު ކޯޗާއި ނިސްތާރު ކޯޗަށް ތައުރީފު

ދިވެހި ފުޓްބޯޅައިގެ އެންމެ ޚިދުމަތްތެރި ކޯޗް, ސުޒެއިންގެ ވާހަކަގައި މަންފާ އެކަޑަމީގެ ނާއިބު ރައީސް އަލީ ނިސްތާރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައިވެ އެވެ. މަންފާ އެކަޑަމީގެ އިސް މަގާމެއްގައި ކޯޗް ނިސްތާރު ހުންނެވުމަކީ ދިވެހި ފުޓްބޯޅައަށް އެ އެކަޑަމީގެ ފަރާތުން ހެޔޮ ބަދަލެއް އަންނާނެ ކަމެއްގެ ގޮތުގައި ސުޒެއިން ވަނީ ފާހަގަ ކުރައްވާފަ އެވެ.

މަންފާ އެކަޑަމީ އިފްތިތާހު ކުރުން -- 

ގްރީން ސްޓްރީޓްގެ ކޯޗްކަން ކުރެއްވި ނިސްތާރު ކޯޗުގެ އިތުރުން ވޮލީގެ ލެޖެންޑް އަދި މަންފާ އެކަޑަމީގެ ރައީސް މުހައްމަދު ސާޖިދު (ސާޖިދު ކޯޗް) އަށްވެސް ސުޒެއިން ވަނީ ތަޢުރީފު ކުރައްވާފަ އެވެ. އަދި މަންފާ އެކަޑަމީގެ ޗެއާމަން އަލީ ރަމީޒުގެ އެ އިސްނެންގެވުމަށް ވެސް ތައުރީފު ކުރެއްވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.