މިސްރުކުޅުންތެރިން... ފޮޓޯ: ފީފާ
ކުޅިވަރު
04 Jul 2026 | 07:33
އޮސްޓްރިއާ ބަލިކޮށް މިސްރު ގަދަ 16 އަށް

އޮސްޓްރިއާ ބަލިކޮށް މިސްރު ވަރލްޑްކަޕް ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

ޑަލަސްގައި ކުޅުނު މިމެޗް އޮސްތްރިއާގެ މައްޗަށް މިސްރުކުރި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓިއަށް ގޮސްގެން މެޗްގެ ނަތީޖާ ނެރުނީ، މެޗްގެ 90 މިނެޓާއި އިތުރުވަގުތުގެ ކުޅުމުގައި ނަތީޖާ ނުނެރެވުމުންނެވެ. މިމެޗްގެ 90 މިނެޓްގެ ކުޅުން ނިމުނީ 1-1 ގެ ނަތީޖާއިންނެވެ.

މެޗުގެ ކުރީކޮޅު އޮސްޓްރޭލިއާގެ ކްރިސްޓިއަން ވޮލްޕާޓޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑީގައި ޖެހުނު ނަމަވެސް، ފުރަތަމަ ހާފުގައި މޮޅަށް ކުޅުނީ މިޞްރުންނެވެ. އެގޮތުން އިމާމް އަޝޫރު ބޮލުން ޖެހި ލަނޑާއެކު މިޞްރުން ފުރަތަމަ ހާފުގައި ލީޑު ނެގިއެވެ. އަދި ދެވަނަ ހާފު ފެށުނުތަނާހެން އޮމަރު މާމޫޝްއަށް ލީޑު ފުޅާކޮށްދޭން ރަނގަޅު ފުރުޞަތެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

މިޞްރުން އަތުން މެޗުގެ ކޮންޓްރޯލް ގެއްލުނީ އެޓީމުގެ މުޙައްމަދު ހާނީ އަތުން ބައިކޮޅަށް ވަން ލަނޑުން އޮސްޓްރޭލިއާ ނަތީޖާ ހަމަހަމަކުރުމުންނެވެ. މެޗުގެ 94 ވަނަ މިނެޓުގައި ރާމީ ރާބިއާ ފޮނުވާލި ނުރައްކާތެރި ހަމަލާ އޮސްޓްރޭލިއާގެ ކީޕަރު ޕެޓްރިކް ބީޗް ހުޝިޔާރުކަމާއެކު ދިފާޢު ނުކުރިނަމަ، އިތުރު ވަގުތަށް ނުގޮސް މިޞްރަށް މެޗު ކާމިޔާބު ކުރެވުނީހެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އޮސްޓްރޭލިއާގެ ހެރީ ސޫޓާ އާއި ލޫކަސް ހެރިންގްޓަން ފޮނުވާލި ޕެނަލްޓީތައް ނާކާމިޔާބުވިއިރު، މިޞްރުން ވަނީ ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ