ސްޓެލްކޯ
ހަބަރު
04 Jul 2026 | 12:47
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި

އެކިއެކި ފަރާތްތަކުގެ އަތުން ސްޓެލްކޯއަށް ނުލިބިވާ ފައިސާގެ އަދަދު ބިލިއަން ރުފިޔާ އާ ގާތްކުރާކަމަށް ސްޓެލްކޯގެ މާލީ ބަޔާންތަކުން ދައްކައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ސްޓެލްކޯގެ 2025 ވަނަ އަހަރުގެ މާލީ ބަޔާނަށް ބަލާއިރު އެ އަހަރު ނިމުނުއިރު ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ހުރީ 948.6 މިލިއަން ރުފިޔާގައެވެ. މިއީ އޭގެ ކުރީ 2024 ވަނަ އަހަރާ އަޅާބަލާއިރު، 201 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މާލީ ބަޔާނަށް ބަލާއިރު ސްޓެލްކޯއަށް އެންމެގިނައިން ފައިސާ ދައްކަންޖެހޭ ފަރާތެއްގެ ގޮތުގައި އޮތީ ފިނޭންސް މިނިސްޓްރީއެވެ. ފިނޭންސުން ސްޓެލްކޯއަށް 333.3 މިލިއަން ރުފިޔާ ދައްކަން ޖެހޭއިރު، ދެން އެންމެ ބޮޑު އަދަދެއް ދައްކަންޖެހެނީ ދައުލަތުގެ ޕަބްލިކް ސާވިސް މީޑިއާއިންނެވެ. ޕީއެސްއެމުން ސްޓެލްކޯއަށް 163.3 މިލިއަން ރުފިޔާ ދައްކަން އެބައޮތެވެ.

ސްޓެލްކޯއަށް އެންމެގިނައިން ފައިސާ ދައްކަންޖެހޭ ފަރާތްތައް:

1. ފިނޭންސް މިނިސްޓްރީ: 333.3 މިލިއަން ރުފިޔާ

2. ޕީއެސްއެމް: 163.3 މިލިއަން ރުފިޔާ

4. މާލެސިޓީ ކައުންސިލް: 53.8 މިލިއަން ރުފިޔާ

5. ހައުސިން މިނިސްޓްރީ: 43.4 މިލިއަން ރުފިޔާ

6. އެޗްޑިސީ: 33.4 މިލިއަން ރުފިޔާ

7. އެމްޑަބްލިއުއެސްސީ: 24.3 މިލިއަން ރުފިޔާ

ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ. މާނައަކީ އެފައިސާ އަކީ ކައިރި މުސްތަގްބަލެއްގައި ލިބޭނޭކަމުގެ ޔަގީންކަން ނެތް ފައިސާއެވެ.

ސްޓެްލްކޯއަށް 2025 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު ތެލަށާއި ހަރަދުތަކަށް 2.6 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރަންޖެހުނެވެ. އެއަހަރު ސްޓެލްކޯއަށް ސާފްފައިދާގެ ގޮތުގައި ލިބިފައިވަނީ، 238.7 މިލިއަން ރުފިޔާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.