ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން..
ހަބަރު
04 Jul 2026 | 16:57
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކުރިއަށްއޮތް އެތެރޭގެ އިންތިހާބުގައި 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރާނޭކަމަށް އެޕާޓީން ބުނެފިއެވެ.

އިންތިހާބަށް ތައްޔާރުވުމުގެ ކަންކަން ކުރިއަށް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރަމުން ޕީއެންސީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ، އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލުމުގެ މުއްދަތު ހުސްވި ޖޫންމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު، ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ކުރިމަތިލާފައިވާކަމަށެވެ. އެގޮތުން އެކި މަގާމްތަކަށް 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލާފައިވާކަން ފިރްޒުލް ފާހަގަކުރެއްވިއެވެ.

ފިރްޒުލް ވިދާޅުވީ އިންތިހާބަށް ތައްޔާރުވުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތަށް ކުރިއަށްދާ ކަމަށާއި، އެހާގިނަ އަދަދެއްގެ މެމްބަރުން ކުރިމަތިލުމަކީ ޕާޓީގެ ކަންކަން ކުރިއަރުވަން ކުރާ މަސައްކަތްތަކަށް ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމެއްކަމަށެވެ. 

އިންތިހާބުގައި ވާދަކުރުމަށް މެމްބަރުން ލިޔެކިޔުންތައް ހުށަހަޅާފައިވަނީ އެކަމަށް ތައްޔާރުކޮށްފައިވާ ހާއްސަ ޕޯޓަލް މެދުވެރިކޮށެވެ. ޕީއެންސީގެ އިންތިހާބު 131 ރަށުގެ ދާއިރާގައި ކުރިއަށްދާއިރު، މި އިންތިހާބު ވާދަވެރި އިންތިހާބެއްގެ ގޮތުގައި ކުރިއަށްދާތަން ފެނިެގންދާނޭކަމަށް ފިރުޒުލް ވިދާޅުވިއެވެ. އިންތިހާބުގެ ވޯޓާސް ލިސްޓް އާއްމުކުރެވިގެންދާނީ، އިލެކްޝަން ކޮމިޝަނުގައިވާ ކޮންގްރެސް ޕާޓީގެ ދަފްތަރުގެ މައްޗަށް ބިނާކޮށްކަމަށްވެސް ފިރްޒުލް ފާހަގަކުރެއްވިއެވެ.

ވޯޓާސް ލިސްޓް އަޅުގަނޑުމެން ދެގޮތަކަށް އެބަ އާއްމުކުރަން. އެއްގޮތަކީ އެއީ، ކުރިމަތިލެއްވި ކެންޑިޑޭޓުންނަށް، ކެންޑިޑޭޓް ޕޯޓަލްގެ ތެރެއިން އެ ކެންޑިޑޭޓަކު ނިސްބަތްވެވަޑައިގަންނަވާ ދާއިރާގެ ވޯޓާސް ލިސްޓް ލިބިވަޑައިގަންނަވާނެ. އަދި ހަމަ އެހެންމެ ޕާޓީ ވެބްސައިޓުން

ފިރްޒުލް

ވޯޓާސް ލިސްޓް އާއްމުކުރުމާއެކު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ، ޕޯޓަލްގެ ޕޯތަލް މެދުވެރިކޮށެވެ. ވޯޓާސް ލިސްޓްގެ އިތުރުން ކެނޑިޑޭސީއާ ގުޅުންހުރި ޝަކުވާތައްވެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. 

އިންތިހާބުކުރެވޭ މަގާމުތައް:

- ދާއިރާގެ ރައީސުން

- ދާއިރާގެ ނައިބުރައީސް

- އަންހެނުންގެ ހަރަކާތުގެ ރައީސުން

- ޒުވާނުންގެ ހަރަކާތުގެ ރައީސުން

- ސްޓިއަރިން ކޮމިޓީގެ މެންބަރުން

ޕީއެންސީގެ އެތެރޭގެ އިންތިހާބްގެ ވޯޓުލުމަށް ރަޖިސްޓްރޭޝަނަށް މިއަދު ހުޅުވާލާނޭކަމަށް އެޕާޓީން ވަނީ ބުނެފައެވެ. ޕާޓީގެ އެތެރޭގެ އިންތިހާބު ވޯޓު ނަގައިގެން ކެނޑިޑޭޓަކު އިންތިހާބުކުރަންޖެހޭ ހުރިހާ ރަށެއްގައި ކުރިއަށްދާނޭކަމަށް އެޕާޓީން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ސަޢޫދީގެ މަތިންދާބޯޓުތަކަށް ތެޔޮއަޅައިދޭން އިނގިރޭސިވިލާތުން އެހީވަނީ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކުން ސަޢޫދީ ޢަރަބިއްޔާ ދިފާޢުވުމަށް އެހީތެރިވުމުގެ ގޮތުން، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮއަޅައިދިނުމުގެ ލިމިޓެޑް އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.
22 Sep 2026
ކޮންގްރެސްގައި 986 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާނެ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.