އިލެކްޝަން ކޮމިޝަންސް-
ހަބަރު
05 Jul 2026 | 12:59
އިލެކްޝަންސް ކޮމިޝަންގެ 2024 ހަރަދުތައް ކޮށްފައިހުރީ ރަނގަޅަށް: އޮޑިޓް

އިލެކްޝަންސް ކޮމިޝަން (އީސީ) އިން 2024 ވަނަ އަހަރު ކޮށްފައިވާ ޚަރަދުތަކަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޚަރަދުތަކެއް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އިލެކްޝަންސް ކޮމިޝަންގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ކޮމިޝަނަށް ފާސްކޮށްދީފައިވާ ބަޖެޓުގެ ޚަރަދުތައް މައިގަނޑު ގޮތެއްގައި ހިންގާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށެވެ.

މި އޮޑިޓްގައި އެންމެ ބޮޑު އިސްކަމެއް ދީގެން ބަލާފައިވާ "ކީ އޮޑިޓް މެޓަރސް" ތަކުގެ ތެރޭގައި އިންތިޚާބުތަކަށް ކުރެވުނު ޚަރަދާއި ސިޔާސީ ޕާޓީތަކަށް ދޫކޮށްފައިވާ ފައިސާ ހިމެނެއެވެ.

އިންތިޚާބުތަކަށް ކުރި ޚަރަދު

2024 ވަނަ އަހަރު ބޭއްވުނު އިންތިޚާބުތަކަށް ޖުމުލަ 68,525,472 (ފަސްދޮޅަސް އަށް މިލިއަން ފައްސަތޭކަ ފަންސަވީސް ހާސް ހަތަރު ސަތޭކަ ހަތްދިހަ ދެ) ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިކަން ޚާއްސަ ގޮތެއްގައި ބަލާފައިވަނީ އިންތިޚާބާ ގުޅިގެން ގިނަ އަދަދެއްގެ ވަގުތީ މުވައްޒަފުން ނަގައި، މުސާރައާއި ދަތުރުފަތުރުގެ ޚަރަދުތައް ބޮޑުވެފައިވާތީއެވެ.

އޮޑިޓްގައި ބަލާފައިވަނީ މި ޚަރަދުތައް ކޮށްފައިވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށްތޯއާއި، އިތުރުގަޑީގެ ފައިސާއާއި އިނާޔަތްތައް ދީފައިވަނީ ކަނޑައެޅިފައިވާ ރޭޓުތަކުގައިތޯއެވެ.

ސިޔާސީ ޕާޓީތަކަށް ދޫކުރި ފައިސާ

މިއަހަރުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ޖުމުލަ 44,099,905 (ސާޅީސް ހަތަރު މިލިއަން ނުވަދިހަ ނުވަ ހާސް ނުވަސަތޭކަ ފަސް) ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ ދައުލަތުގެ ބަޖެޓުގެ އާމްދަނީގެ %0.1 އާއި %0.2 އާ ދެމެދުގެ އަދަދަކަށް ވާންޖެހޭތީއާއި، މިއީ ހިރާސް އެކުލެވޭ ކަމަކަށްވާތީ، އޮޑިޓަރުން ވަނީ މި ފައިސާ ދޫކޮށްފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށްތޯ ކަށަވަރުކޮށްފައެވެ.

އޮޑިޓްގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަންގެ 2024 ވަނަ އަހަރުގެ ބަޖެޓުން ޚަރަދުކޮށްފައިވަނީ ފާސްކޮށްފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށެވެ.

އަދި ކޮމިޝަންގެ އެހެނިހެން މާލީ ކަންކަންވެސް ބަލަހައްޓާފައިވަނީ ގާނޫނީ އިމުގެ ތެރެއިންކަން އޮޑިޓުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.